ކ. މާލެ
|
21 ސެޕްޓެންބަރ 2020 | ހޯމަ 13:57
ބާސެލޯނާއަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް
ބާސެލޯނާއަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް
ގެޓީ އިމޭޖަސް
ސުއަރޭޒް ހޯދުމަށް ކުރާ މަސައްކަތް
ޔުވެންޓަސްއިން ސުއަރޭޒްގެ ސޮއި ނުހޯދާނެކަން ހާމަކޮށްފި
 
މިހާރު ސުއަރޭޒް ހޯދުމަށް މަސައްކަތް ކުރަމުން އަންނަނީ އެތުލެޓިކޯ މެޑްރިޑުން
 
ސުއަރޭޒަށް އިޓަލީގެ ރަށްވެހިކަން ނުލިބުމާ ގުޅިގެން ޔުވެންޓަސްގެ ޑީލް ވަނީ ހުއްޓުމުކަށް އައިސްފައި

ޔުވެންޓަސްއިން ބާސެލޯނާއަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒްގެ ސޮއި ނުހޯދާނެ ކަމަށް އެ ކުލަބުގެ ސްޕޯޓިންގ ޑިރެކްޓަރު ފަބިއޯ ޕަރާޓިޗީ ބުނެފިއެވެ.

މީގެ ކުރިން މީޑިއާތަކުން ވަނީ އުމުރުން 33 އަހަރުގެ ސުއަރޭޒް ޔުވެންޓަސްއާއެކު ތިން އަހަރުގެ އެއްބަސްވުމެއް ހަދަން ނިންމި ކަމަށް ރިޕޯޓުކޮށްފައެވެ. އެކަމަކު ސުއަރޭޒަށް އިޓަލީގެ ރަށްވެހިކަން ނުލިބުމާ ގުޅިގެން އެ ޑީލް ހުއްޓުމުކަށް އައިސްފައިވާ ކަމަށް ދާދި ފަހުން ވަނީ ރިޕޯޓުކޮށްފައެވެ.

"ސްކައި ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ފަބިއޯ ޕަރާޓިޗީ ބުނީ އިޓަލީގެ ރަށްވެހިކަން ހޯދަން ސުއަރޭޒަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށާއި، އެހެންކަމުން ޓްރާންސްފާ ބާޒާރު ނިމޭއިރުވެސް ޔުވެންޓަސްއަށް ސުއަރޭޒްގެ ސޮއި ނުހޯދޭނެ ކަމަށެވެ. އެހެންކަމުން މިހާރު ސުއަރޭޒް ހޯދުމަށް ޔުވެންޓަސްއިން ކުރަމުން އައި މަސައްކަތް ހުއްޓާލާފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މީގެ ކުރިން ޔުވެންޓަސްގެ ކޯޗު އަންދްރެއާ ޕިރްލޯ ބުނީ ސުއަރޭޒަށް އިޓަލީގެ ރަށްވެހިކަން ނުލިބުމުން، ޔުވެންޓަސްއަށް އޭނާގެ ސޮއި ހޯދުން ވާނީ އުނދަގޫ ކަމަކަށް ކަމަށެވެ. އަދި ބުނީ ޔުވެންޓަސްއިން ފޯވާޑެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެކަމަކު އެއީ އަވަސް އަރުވާލައިގެން ކުރާނެ ކަމެއް ނޫން ކަމަށެވެ. އެކަމަކު މި ޓްރާންސްފާ ބާޒާރު ނިމުމުގެ ކުރިން ޔުވެންޓަސްއާ ފޯވާޑެއް ގުޅޭނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ޔުވެންޓަސްއިން ސުަރޭޒް ހޯދުމަށް ކުރަމުން އައި މަސައްކަތް ހުއްޓާލިއިރު، މިހާރު އޭނާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަނީ އެތުލެޓިކޯ މެޑްރިޑުންނެވެ. ބާސާގެ އައު ކޯޗު ރޮނާލްޑް ކޫމަންގެ ޕްލޭނުގައި ސުއަރޭޒް ނުހިމެނޭތީ އޭނާ ވިއްކާލަން ބާސާއިން މަސައްކަތް ކުރަމުން އަންނައިރު، ސުއަރޭޒް މިވަގުތު ބާސާގެ އެއްބަސްވުމުގައި ހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންކަމުން ބާސާއިން ސުއަރޭޒް ވިއްކާލާނަމަ އޭނާގެ ފުރިހަމަ މުސާރަ ކަމަށްވާ 14 މިލިޔަން ޔޫރޯ ބާސާއިން ދައްކަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބާސާއިން ސުއަރޭޒް ވިއްކާލުމަށް މަސައްކަތް ކުރަމުންދާއިރު، ލިވަޕޫލް ދޫކޮށް 2014 ވަނަ އަހަރު 65 މިލިޔަން ޕައުންޑަށް ބާސާއާ ގުޅުނު ފޯވާޑް ވަނީ މިހާތަނަށް ބާސާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ސުއަރޭޒް މިހާތަނަށް ބާސާއަށް ކުޅެދިން 283 މެޗުގައި 198 ލަނޑު ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު ހަތަރު ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
އިނގިރޭސި ލީގު ބަލަން ވަން މީހުންގެ 28 ޕަސެންޓަކީ އަންހެނުން