ކ. މާލެ
|
21 ސެޕްޓެންބަރ 2020 | ހޯމަ 14:19
ރެސްކިއު ޓީމުން ހަރަކާތްތެރިވަމުންދަނީ
ރެސްކިއު ޓީމުން ހަރަކާތްތެރިވަމުންދަނީ
އަލްޖަޒީރާ
އިންޑިއާގެ އިމާރާތެއް ވެއްޓުން
އިންޑިއާގައި އިމާރާތެެއް ވެއްޓި، ގިނަ ބަޔަކު މަރުވެއްޖެ
 
ހާދިސާ ހިނގާފައިވަނީ އިންޑިއާ ގަޑިން ދަންވަރު 3:40 ހާއިރު
 
މި ހާދިސާގައި 10 މީހަކު ވަނީ މަރުވެފަ

އިންޑިއާގެ ބިވާންޑީގައި ހުރި ތިން ބުރީގެ އިމާރާތެއް ވެއްޓި، ގިނަ ބަޔަކު މަރުވެއްޖެއެވެ.

އިންޑިއާގެ މީޑިއާތައް ރިޕޯޓުކޮށްފައި ވާގޮތުން މި ހާދިސާގައި 10 މީހަކު ވަނީ މަރުވެފައެވެ. މީގެއިތުރުން 25 މީހަކު މި އިމާރާތުގެ ދަށުވެފައިވާ ކަމަށް ވެސް ރިޕޯޓުކުރެއެވެ.

މިއާއި އެކު، އިންޑިއާގެ ނޭޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯރސް އިން ވަނީ އެ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފަށާފައެވެ. ރެސްކިއު ޓީމުގައި 30 މީހެއް ހަރަކާތްތެރި ވަމުންދާއިރު 40 އިމަރޖެންސީ ވަރކަރުންގެ ޓީމެއް ވެސް ވަނީ އެކްޓިވޭޓްވެފައެވެ.

25ށް ވުރެ ގިނަ މީހުން އިމާރާތުގެ ދަށުގައި ތާށިވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނާއިރު، ރެސްކިިއު ޓީމަށް މިހާތަނަށް ސަލާމަތް ކުރެވިފައިވަނީ އެންމެ ދެ މީހުންނެވެ. މި ހާދިސާ ހިނގާފައިވަނީ އިންޑިއާ ގަޑިން ދަންވަރު 3:40 ހާއިރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
100%
0%
0%
0%
0%
0%
ކޮމެންޓް