ކ. މާލެ
|
21 ސެޕްޓެންބަރ 2020 | ހޯމަ 13:09
މި ބިލް ތަސްދީގު ކުރެއްވީ އާދިއްތަ ދުވަހު، ރައީސް ސޮއިކުރައްވަނީ
މި ބިލް ތަސްދީގު ކުރެއްވީ އާދިއްތަ ދުވަހު، ރައީސް ސޮއިކުރައްވަނީ
ރައީސް އޮފީސް
އީސީގެ ގާނޫނަށް އިސްލާހުގެ ގެނައުން
އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އެއްވަނަަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި
 
މި ބިލު މަޖިލީހުން ފާސްކުރީ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު މަޖިލީހުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައި
 
އިސްލާހާއެކު، ކޮމިޝަނުގެ ރައީސާއި މެންބަރުންގެ މަސްއޫލިއްޔަތުތަކަށް ވަނީ ބަދަލުތަކެއް އައިސްފަ
 
މި ބިލު ގެޒެޓުގައި ވަނީ ޝާއިއުކޮށްފައި

އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު (ޤާނޫނު ނަންބަރު: 2008/8) އަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ 2020 ސެޕްޓެންބަރު 06 ވީ އާދީއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

މި އިސްލާހާއެކު، ކޮމިޝަނުގެ ރައީސާއި މެންބަރުންގެ މަސްއޫލިއްޔަތުތަކަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އަދި ނުފޫޒެއްނެތި މިނިވަންކަމާއިއެކު މަސައްކަތްކުރުމަށް ކުރިއަށްވުރެ ބޮޑަށް މި އިސްލާހުގައި ބާރުއަޅައި، މި ކަމަށް ހާއްސަކޮށް މާއްދާއެއް ވަނީ އިތުރުކޮށްފައެވެ. އެގޮތުން، ކޮމިޝަންގެ ޖަމާޢީ ސުލޫކީ ހަމަތަކަށާއި، މެންބަރުންގެ ޒާތީ ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމަށް ވެސް މި އިސްލާހުގައި ބާރުއަޅައެވެ.

މީގެ އިތުރުން ކޮމިޝަނުގެ މެންބަރުންގެ މާލީ ހިސާބު ހުށަހެޅުމަށާއި، އިތުރު ވަޒީފާ އަދާނުކުރުމަށާއި، މަސްލަހަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމަށް މި އިސްލާހުގައި ބާރުއަޅައެވެ. މިގޮތުން، ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތައް ތަފުސީލުކޮށް މި އިސްލާހުގައި ފާހަގަކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރެއްވުމާއި ގުޅިގެން މި ބިލު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިކޮށްފައެވެ. އަދި އާދިއްތަ ދުވަހުން ފެށިގެން މި ޤާނޫނަށް ޢަމަލުކުރަން ފެށޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް