ކ. މާލެ
|
21 ސެޕްޓެންބަރ 2020 | ހޯމަ 11:14
އިލެކްޝަންސް ކޮމިޝަން (އިސީ)ގެ ނައިބު ރައީސް އަހުމަދު އަކްރަމް- އަކްރަމް ވިދާޅުވީ، ދައުލަތުގެ ވަސީލަތެއް ނަހަމަ ގޮތުގައި ބޭނުން ނުކުރައްވާނެ ކަމަށް
އިލެކްޝަންސް ކޮމިޝަން (އިސީ)ގެ ނައިބު ރައީސް އަހުމަދު އަކްރަމް- އަކްރަމް ވިދާޅުވީ، ދައުލަތުގެ ވަސީލަތެއް ނަހަމަ ގޮތުގައި ބޭނުން ނުކުރައްވާނެ ކަމަށް
މުހައްމަދު ޝަރުހާން
އިލެކްޝަންސް ކޮމިޝަން (އީސީ)
ދައުލަތުގެ އެއްވެސް ވަސީލަތެއް ނަހަމަ ގޮތުގައި ބޭނުން ނުކުރާނެ ކަމުގެ ޔަޤީންކަން ދެން: އީސީ
 
ސިޔާސީ ޕާޓީތަކާއެކު ބައްދަލުވުންތައްވެސް ކުރިއަށް ގެންދާނީ ބާޖަމާލުއްދީނުގައި
 
މުވައްޒަފުންގެ ސައިބުއިމާއި ކެއުމުގެ ކަންކަންވެސް ހަމަޖައްސަނީ އެބަޔަކު އަމިއްލައަށް
 
ޖާގައިގެ ދަތިކަމަށް ބަލައި ހެޑް އޮފީހުގައި މީޓިންގ ތައް ބޭއްވުން ދަތިވެފައިވޭ

ދައުލަތުގެ އެއްވެސް ވަސީލަތެއް ނަހަމަ ގޮތުގައި ބޭނުން ނުކުރާނެ ކަމުގެ ޔަޤީންކަން ދޭކަމަށް އިލެކްޝަންސް ކޮމިޝަން (އިސީ) ގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

ބާ ޖަމާލުއްދީން ހިންގި އިމާރާތުގައި ހުރި ދައުލަތުގެ ވަސީލަތްތައް އީސީން ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި ހޯމަ ދުވަހުގެ "ފަށާއިރު" ޕްރޮގްރާމަށް ދެއްވި އިންޓަރވިއުއެއްގައި އަކްރަމް ވިދާޅުވީ، ކޮވިޑުގެ ޙާލަތާއި ގުޅިގެން ޖާގައިގެ ދަތިކަމަށް ބަލައި ހެޑް އޮފީހުގައި މީޓިންގތައް ބޭއްވުން ދަތިވެފައިވާ ކަމަށެވެ. އެއާއެކު ޤާނޫނުތަކަށް ބަދަލު ގެނައުމަށް ކުރަން ޖެހޭ މަޝްވަރާތަކާއި، އެ މަސައްކަތްތައްވެސް ކުރިއަށްދަނީ ބާ ޖަމާލުއްދީނުގައި ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، އިންތިޚާބެއް ނެތް ނަމަވެސް މި ވަގުތު ވެސް އީސީން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، މީޓިންގތައް ދިގުލައިގެން ދާ ދުވަސްތަކުގައިވެސް ކެއުން ހަމަޖައްސަނީ މެމްބަރުން އަމިއްލައަށް ކަމަށެވެ. އަދި މުވައްޒަފުންގެ ސައިބުއިމާއި ކެއުމުގެ ކަންކަންވެސް ހަމަޖައްސަނީ އެބަޔަކު އަމިއްލައަށްކަން އަކްރަމް ފާހަގަ ކުރެއްވިއެވެ.

އަކްރަމް އިތުރަށް ވިދާޅުވީ، ޖާގައިގެ ދަތިކަން ހުރުމާއެކު، ކުރިއަށް އޮތް ތަނުގައި ސިޔާސީ ޕާޓީތަކާއެކު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުންތައްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބާ ޖަމާލުއްދީނުގެ ޓްރެއިނިންގ ހޯލުގައި ކަމަށެވެ. އަދި އެތަނުގައި މަސައްކަތްތައް ކުރިއަށްދާއިރު، ދައުލަތުގެ އެއްވެސް ވަސީލަތެއް ނަހަމަ ގޮތުގައި ބޭނުން ނުކުރާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށް އަކްރަމް ވިދާޅުވިއެވެ.

ކޮމިޝަނުގެ މީޓިންގތައްވެސް ހަމަ އެ ހޯލްގައި މި ކުރިއަށް ގެންދަން ޖެހެނީ، އެއީ އަޅުގަނޑުމެން ހެޑް އޮފީހުގައި ހުންނަ މީޓިންގ ރޫމްއަކީ ކޮވިޑުގެ ޙާލަތުގެ ތެރޭގައި ގައިދުރުކަމާ އެކަންކަމާ އެކުގައި ބޭއްވޭނެ ޖާގައިގެ ތަނަވަސް ތަނަކަށް ނުވާތީ، ސެކްޝަންތަކުގެ މުވައްޒަފުންގެ އިތުރުން އެތަނަށް ދެން ދާނީ މީޓިންގތަކަށް ވަޑައިގަންނަވާ ބޭފުޅުން އެކަނި، އެކަންކަން ނިމުމުން މުވައްޒަފުން އެތަނުގައި ވަގުތު ހޭދަކޮށް ނުހަދާނެ،
އީސީގެ ނައިބްރައީސް އަހުމަދު އަކްރަމް

އަކްރަމް އެހެން ވިދާޅުވެފައިވާއިރު، ސިޔާސީ ޕާޓީތަކުގެ ގާނޫނުތަކުގެ އިލެކްޝަން ކޮމިޝަން (އީސީ) އިން ގެންނަން ބޭނުންވާ އިސްލާހު މި މަހުގެ ތެރޭގައި ބަންޑާރަ ނައިބްގެ އޮފީހަށް ހިއްސާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އީސީން ދަނީ ކުރަމުންނެވެ. އެގޮތުން މިހާރު ކުރެވެމުންދަނީ ޑްރާފްޓް އެކުލަވާލުމުގެ އެންމެ ފަހުގެ މަސައްކަތް ކަމަށާއި، ޑްރާފްޓު ހުށައެޅުމުގެ ކުރިން ސިޔާސީ ޕާޓީތަކާއި އެކު ބައްދަލުވުމެއް ބާއްވާނެ ކަމަށް އަކްރަމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
100%
0%
0%
0%
0%
0%
ކޮމެންޓް
21 ސެޕްޓެންބަރ 2020 | ހޯމަ 12:03
ސައި ދޯ
ދޮގެއް ނޫނީ ނު ހަދާތި. މިނޫނަސް ޖަވާބުދާރީ ވާންޖެ ހޭ ދުވަ ހެއް އެބައޮތް. އެދުވަ ހުން ކީކޭބާ ބުނާނީ.