ކ. މާލެ
|
21 ސެޕްޓެންބަރ 2020 | ހޯމަ 10:01
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އޮތް މޯލްޑިވިއަންގެ ފްލައިޓެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އޮތް މޯލްޑިވިއަންގެ ފްލައިޓެއް
މޯލްޑިވިއަން
ރާއްޖެއަށް މީހުން އައުން
އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް މީހުން އައި ދުވަހަކީ ހޮނިހިރު ދުވަސް!
 
މިއީ 800 އަށް ވުރެ ގިނަ މީހުން އެއްދުވަހާ އައި ފުރަތަމަ ދުވަސް
 
ހޮނިހިރު ދުވަހު އައިސްފައި ވަނީ 859 މީހުން

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލުމާއި އެކީ އެންމެ ގިނަ އަދަދެއްގެ މީހުން ރާއްޖެ އައިސްފައި ވަނީ ފާއިތުވި ހޮނިހިރު ދުވަހު ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ބުނެފިއެވެ.

ރާއްޖެޓީވީގެ 'ފަށާއިރު' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވީއައިއޭގެ ޓާމިނަލް އޮޕަރޭޝަންސް، ޖެނެރަލް މެނޭޖަރ އިބްރާހިމް ހުސެއިން ވިދާޅުވީ ހޮނިހިރު ދުވަހު 859 މީހުން ރާއްޖެ އައިސްފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން 800 އަށް ވުރެ ގިނަ މީހުން އެއްދުވަހާ ރާއްޖެ އައި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން އެންމެ ގިނަ އަދަދެއްގެ މީހުން އައި ދުވަހަކަށް ފާއިތުވި ހުކުރު ދުވަސް ވީއިރު، އެދުވަހު ރާއްޖެ އައިސްފައި ވަނީ 708 މީހުންނެވެ.

ރާއްޖެ އަންނަ މީހުން އައުން މަޑުމަޑުން އިތުރުވާން ފަށާފައިވާއިރު، އެއާލައިން ތަކުން ރާއްޖެއަށް ކުރާ ދަތުރުތައް ވެސް އަންނަނީ އިތުރު ވަމުންނެވެ. އެގޮތުން، ފްލައި ދުބާއީގެ ދަތުރުތައް އޮކްޓޫބަރު މަހު ފަށަން ހަމަޖެހިފައިވާ އިރު، އެެއޮރޮފްލޯޓް އަދި އެއަރ ސީޝެލްސް، އެޑެލްވިސް އެއާލައިންގެ ދަތުރުތައް ވެސް ވަނީ މިހާރި ފަށާފައެވެ.

މީގެ އިތުރުން، ބްރިޓިޝް އެއާވޭސް، ގަލްފް އެއާލައިން ވެސް އޮކްޓޫބަރު މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
50%
0%
50%
0%
0%
ކޮމެންޓް