ކ. މާލެ
|
21 ސެޕްޓެންބަރ 2020 | ހޯމަ 04:41
ޖާސޫސް ކޮށްދިނުމުގެ ތުހުމަތު ގައި ހައްޔަރުކުރި ނޫސްވެރިޔާ ރަޖީވް
ޖާސޫސް ކޮށްދިނުމުގެ ތުހުމަތު ގައި ހައްޔަރުކުރި ނޫސްވެރިޔާ ރަޖީވް
ގޫގުލް
ޗައިނާ އަށް ޖާސުސްކުރި ކަމުގެ ތުހުމަތު
ޗައިނާ އަށް ޖާސޫސް ކޮށްދޭ ކަމަށް ބުނެ އިންޑިއާ ގައި ނޫސްވެރިޔަކު ހައްޔަރުކޮށްފި
 
އިތުރު ދެ މީހަކުވެސް ވަނީ ހައްޔަރު ކޮށްފައި

އިންޑިއާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތުތަކެއް ޗައިނާގެ އިންޓެލިޖެންސް އޮފިސަރުންނަށް ދިންކަމުގެ ތުހުމަތުގައި އިންޑިއާގެ ނޫސްވެރިޔަކު ހައްޔަރުކޮށްފިއެވެ.

ދިއްލީ ފުލުހުން ބުނީ، އުމުރުން 61 އަހަރު ރަޖީވް ޝަރްމާ ހައްޔަރުކޮށްފައިވަނީ މި ހަފްތާގެ ކުރީކޮޅު ކަމަށެވެ. ރަޖީވް ދިރިއުޅޭ ގެ ބަލާ ފާސްކުރުމުގެ ތެރެއިން އިންޑިއާގެ އަސްކަރިއްޔާއާ ގުޅޭ ސިއްރު ލިޔެކިޔުންތަކެއް ފުލުހުންނަށް ވަނީ ފެނިފައެވެ.

އޭގެ އިތުރުން ޗައިނާގެ ޖާސޫސީ އިދާރާއަށް މައުލޫމާތު ފޯރުކޮށްދޭން ރަޖީވް އަށް ބޮޑެތި އަދަދުން ފައިސާ ދިން ޗައިނާގެ މީހެއްގެ އިތުރުން ނޭޕާލުގެ މީހެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ދިއްލީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ޝަރްމާ ވިދާޅުވީ، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށާއި، މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.

ރަޖީވްގެ ބަންދާއި މެދު ގޮތެއް ނިންމަން މި މަހުގެ 15 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރަން ހަ ދުވަހުގެ މުއްދަށް ވަނީ ބަންދުކޮށްފައެވެ.

ޗައިނާ އަށް ޖާސޫސުް ކޮށްދިނުމުގެ ތުހުމަތުގައި ރަޖީވް ހައްޔާރުކޮށްފައިވާ މި ދަނޑިވަޅަކީ، ހިމާލިޔާ ސަރަހައްދުގައި އޮންނަ ޗައިނާ އާއި އިންޑިއާ ދެމެދު ބަޑީގެ ހަމަލާތައް ބަދަލުކުރެވެމުންދާ ކަމަށެވެ.

ޖޫން މަހު އިންޑިއާ އާއި ޗައިނާގެ ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުމުގައި އިންޑިއާގެ 29 ސިފައިން ވަނީ މަރުވެފައެވެ. އެއަށް ފަހު ދެ ގައުމު ދޭތެރޭގައި ދޭތެރެ ދޭތެރެއިން ހަމަލާތައް ދަނީ ބަދަލުކުރެވެމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
20%
60%
0%
0%
20%
ކޮމެންޓް