ކ. މާލެ
|
20 ސެޕްޓެންބަރ 2020 | އާދީއްތަ 22:23
ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގަނީ
ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގަނީ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
މިހާރު ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދަނީ 1،424 މީހުން
 
ބަލިޖެހުނު މީހުންގެ ތެރެއިން 8،261 މީހުން ވަނީ ބަލިން ރަނގަޅުވެފައި
 
މިވަގުތު ހޮސްޕިޓަލްގައި ފަރުވާދެމުން ދަނީ 107 މީހުންނަށް
 
ރާއްޖެ އިން ޕޮޒިޓިވްވި މީހުންގެ އަދަދު 9،724ށް އަރައިފި

ރާއްޖޭގައި މިވަގުތު ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނީ 1،424 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ 18:00ން 20 ވަނަ ދުވަހުގެ 18:00ށް 75 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެއީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 72 މީހުންނާއި އަތޮޅުތެރޭގެ ރަށްތަކުން އަދި ރިސޯޓްތަކުން ޕޮޒިޓިވްވި ތިން މީހުންނެވެ.

އާދިއްތަ ޕޮޒިޓިވްވި މީހުންގެ ތެރެއިން 22 މީހުންނަކީ ދިވެހިން ކަމަށާއި 53 މީހުންނަކީ ބިދޭސީން ކަމަށް އެޗްޕީއޭ އިން ފާހަގަކުރެއެވެ. މިއާއި އެކު ރާއްޖެ އިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 9،724ށް އަރާފައެވެ. އަދި ބަލިޖެހުނު މީހުންގެ ތެރެއިން 8،261 މީހުން ވަނީ ބަލިން ރަނގަޅުވެއްޖެއެވެ.

މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން 686 މީހުންނަށް އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ދެމުންދާ އިރު، 107 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
100%
0%
0%
ކޮމެންޓް