ކ. މާލެ
|
20 ސެޕްޓެންބަރ 2020 | އާދީއްތަ 21:58
މުދާ ބޭލުމުގައި އެމްޓީސީސީން ހަރަކާތްތެރިވަނީ - ފެނަކަ ކޯޕަރޭޝަން
މުދާ ބޭލުމުގައި އެމްޓީސީސީން ހަރަކާތްތެރިވަނީ - ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން
ފެނަކައިގެ ކޮޅުވެއްޓި ފަރަށް އެރުން
ކޮޅުވެއްޓީގައި ހުރި 90 އިންސައްތަ މުދާ ބޭލިއްޖެ: ސައީދު
 
ކޮޅުވެއްޓި ފަރަށް އަރާފައިވަނީ ށ. ނިލަންދޫ އިރުމަތީ ފަރަށް
 
މިހާތަނަށް ބެލި ބެލުމުން މުދަލަށް މާ ބޮޑު ގެއްލުމެއް ލިބިފައިވާކަން ފާހަގަވެފައި ނުވޭ
 
ކޮޅުވެއްޓި ފުން ކުރުމަށް ކޮންޓްރެކްޓަރު މަސައްކަތް ކުރި

ފެނަކައިގެ ޖެނަރޭޓަރު ސެޓްތައް ހިފައިގެން ދަތުރު ކުރި ކޮޅުވެއްޓީގައި ހުރި 90 އިންސައްތަ މުދާ ބޭލިއްޖެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، އެ ހާދިސާ ހިނގުމާއެކު އެންމެ ފުރަތަ މަވެސް އެ މައުލޫމާތުތައް ޖެނަރޭޓަރުތައް ގެންދަން ނިންމާފައިވާ ދާއިރާތަކުގެ މަޖިލިސް މެމްބަރުންނާއި ހިއްސާ ކުރެވިފައިވާ ކަމަށެވެ. އަދި ކޮޅުވެއްޓި ފުން ކުރުމަށް ކޮންޓްރެކްޓަރު މަސައްކަތް ކުރި ކަމަށާއި، އެހެން ނަމަވެސް އެކަން ކާމިޔާބު ނުވުމުން ދެން ބެލީ މުދާތައް ރައްކާތެރި ކުރުމަށް ކަން ސައީދު ފާހަގަ ކުރެއްވިއެވެ.

ސައީދު ވިދާޅުވީ، ކޮޅުވެއްޓީގައި ހުރި މުދާތަކުގެ ތެރެއިން 90 އިންސައްތަ މުދާ އެމްޓީސީސީގެ ބާޖެއްގައި ރައްކާތެރިކަމާއެކު ށ. މިލަންދޫ ބަނދަރަށް ގެންދެވިފައިވާ ކަމަށާއި، މިހާތަނަށް ބެލި ބެލުމުން މުދަލަށް މާ ބޮޑު ގެއްލުމެއް ލިބިފައިވާކަން ފާހަގަވެފައިނުވާ ކަމަށެވެ.

ފަރަށް އެރި ކޮޅުވެއްޓީގައި، ހއ. އަތޮޅުގެ އިހަވަންދޫ، ދިއްދޫ އަދި ފިއްލަދޫ އަށް ގެންދާ 3 ޖެނަރޭޓަރަކާއި ބާރަށަށް ގެންދާ ކޭބަލްތަކެއް ވެސް ހުރި ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. ޖުމްލަ 13 މިލިއަން ރުފިޔާގެ މުދާ ކޮޅުވެއްޓީގައި ހުރިކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ ހުރިހާ މުދަލެއް ވެސް ހުރީ އިންޝުއަރ ކޮށްފައި ކަމަށެވެ. އަދި މޫސުން ރަނގަޅުނަމަ، ކުރިޔަށް އޮތް 3 ދުވަސް ތެރޭ އެ މުދާތައް ގެންދިއުމަށް ހަމަޖެހިފައިވާ ރަށްތަކަށް ގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ މުދަލާއި އެކު އުތުރުގެ ރަށްތަކަށް ދަތުރު ކުރަމުންދަނިކޮށް ކޮޅުވެއްޓި ފަރަށް އަރާފައިވަނީ ށ. ނިލަންދޫ އިރުމަތީ ފަރަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް
20 ސެޕްޓެންބަރ 2020 | އާދީއްތަ 22:02
މުހައްމަދު
*މިލަންދޫ