ކ. މާލެ
|
20 ސެޕްޓެންބަރ 2020 | އާދީއްތަ 21:24
ނީސް އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 3-0 ން
ނީސް އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 3-0 ން
ގެޓީ އިމޭޖަސް
ފްރެންޗް ލީގު
ނީސް އަތުން ޕީއެސްޖީއަށް ފަސޭހަ މޮޅެއް
 
މި މޮޅާއެކު ޕީއެސްޖީ ވަނީ ލީގު ތާވަލުގެ ހަތްވަނައަށް ޖެހިލާފައި
 
ނީސް އަތުން ޕީއެސްޖީ މޮޅުވީ 3-0 ގެ ނަތީޖާއަކުން

ފްރެންޗް ލީގުގައި އާދީއްތަ ދުވަހު ކުޅުނު މެޗުން ނީސް އަތުން އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

އާދީއްތަ ދުވަހު ރަށުން ބޭރުގައި ކުޅުނު މި މެޗުން ޕީއެސްޖީ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ޕީއެސްޖީގެ ތަރި ނޭމާ ނުފެނުނު ނަމަވެސް، މި މަހުގެ ކުރީކޮޅު ކޮވިޑް-19 އަށް ޕޮޒިޓިވްވި ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭ ވަނީ ބަލިން ރަނގަޅުވެ މި މެޗުގައި ކުޅެފައެވެ.

މެޗުގެ 38 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޕީއެސްޖީއަށް ލީޑު ނަގައިދިނީ އެމްބާޕޭއެވެ. މިއީ އޭރިއާ ތެރެއިން އެމްބާޕޭއަށް ނީސްގެ ކެފެރޭ ތުރާމް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީން ވަނީ ލީޑު ފުޅާކޮށްފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މި ލަނޑު ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ ފޯވާޑް އެންހެލް ޑި މާރިއާއެވެ.

ދެވަނަ ހާފުގައިވެސް ޕީއެސްޖީން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެޓީމުގެ ތިންވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ 66 ވަނަ މިނެޓުގައެވެ. ޑި މާރިއާ ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މާކީނިއޯސްއެވެ.

މި މޮޅާއެކު އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ ޕީއެސްޖީ ވަނީ ލީގު ތާވަލުގެ ހަތްވަނައަށް ޖެހިލާފައެވެ. އެޓީމަށް ވަނީ ކުޅުނު ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފައެވެ. އަދި ތާވަލުގެ 10 ވަނައިގައި އޮތް ނީސްއަށްވެސް ވަނީ ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފައެވެ.

ލީގުގައި ދެން ޕީއެސްޖީން މެޗެއް ކުޅޭނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. އެ ދުވަހު ޕީއެސްޖީ ނުކުންނާނީ ރެއިމްސްއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް