ކ. މާލެ
|
20 ސެޕްޓެންބަރ 2020 | އާދީއްތަ 22:26
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ޓްވިޓަރ
އިންޑިއާގެ ބަޖެޓް ސަޕޯޓް
އިންޑިއާގެ 250 މިލިއަން ޑޮލަރުގެ ބަޖެޓު ސަޕޯޓަށް ރައީސްގެ ޝުކުރު
 
މި ފައިސާ އަނބުރާ ދައްކަން ޖެހޭނީ 10 އަހަރުގެ ރީޕޭމެންޓް ޓެނިއާ އަކަށް ފަހު
 
މި އެހީ ފޯރުކޮށްދެނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލެ ބްރާންޗް މެދުވެރިކޮށް ޓްރެޝަރީ ބޮންޑް ސޭލްއެއްގެ ގޮތުގައި
 
ރާއްޖެ އަށް އެހީ ބޭނުންވާ ކޮންމެ ފަހަރަކުވެސް އިންޑިއާ އިން ރާއްޖެއަށް އެހީތެރިވެދޭ

އިންޑިއާ ސަރުކާރުން ރާއްޖެ އަށް 250 މިލިއަން ޑޮލަރު ބަޖެޓު ސަޕޯޓް ދިނުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް ސޯލިހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖެ އިން ރަހުމަތްތެރިއެއްގެ އެހީއަށް ބޭނުންވާ ކޮންމެ ފަަހަރަކުވެސް އިންޑިއާއިން ރާއްޖެ އަށް އެހީތެރިވެދޭ ކަމަށާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށާއި އިންޑިއާގެ ސަރުކާރުގެ އިތުރުން އިންޑިއާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މި އެހީ އިންޑިއާ އިން ދިނުމުން އިންޑިއާ ސަރުކާރަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި މިދަނޑުވަޅުގައި މިފަދަ އެހީ އަކީ ވަރަށް މުހިންމު އެހީއެއް ކަމަށް ވެސް ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ޓުވީޓުގައި ފާހަގަ ކުރައްވާފައެވެ.

ރައީސް ނަޝީދު ވަނީ މި ފައިސާ ދިވެހި ސަރުކާރުން ހަރަދު ކުރާނީ ވަރަށް ވިސްނައިގެން ކަމަށް ވިދާޅުވެފައެވެ.

އިންޑިއާ އިން ރާއްޖެ އަށް ބަޖެޓު ސަޕޯޓްގެ ގޮތުގައި 250 މިލިއަން ޑޮލަރު ހަދިޔާ ކުރައްވާފައި ވަނީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ދެންނެވުމުންނެވެ. އަދި މި އެހީ ފޯރުކޮށްދެވިފައިވަނީ ދިވެހި ސަރުކާރަށް އެންމެ ލުއި އަދި އެންމެ ހެޔޮ ޓާމް ތަކުގެ ދަށުންނެވެ.

މާލީ އެހީތެރިކަމުގެ މި ފައިސާގެ ވާހަކަ ފުރަތަމަ އިއުލާނު ކުރެވުނީ ފޮރިން މިނިސްޓަރ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ޖެއިޝަންކަރުގެ މެދުގައި ބޭއްވުނު ވާޗުއަލް ބައްދަލުވުމުގެ ތެރެއިންނެވެ. އަދި ފޯރުކޮށް ދިނުމަށް ހަމަޖެހުނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލެ ބްރާންޗް މެދުވެރިކޮށް ޓްރެޝަރީ ބޮންޑް ސޭލްއެއްގެ ގޮތުގައެވެ. މި ފައިސާ އަނބުރާ ދައްކަން ޖެހޭނީ 10 އަހަރުގެ ރީޕޭމެންޓް ޓެނިއާ އަކަށް ފަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
100%
0%
0%
ކޮމެންޓް