ކ. މާލެ
|
20 ސެޕްޓެންބަރ 2020 | އާދީއްތަ 20:50
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގ ލީ ޖޮންގް
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގ ލީ ޖޮންގް
ރާއްޖެއެމްވީ
ޗައިނާއިން ރާއްޖެއަށް ލޯނުއެހީ ދިނުން
ޗައިނާއިން ދޫކޮށްފައިވާ ލޯނުތައް ދެއްކުން ފަސް ކުރުމަށް މަޝްވަރާ ކުރަނީ
 
މިކަމުގެ ސަބަބުން ރަނގަޅު ނަތީޖާތަކެއް ނުކުންނާނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށް ވިދާޅުވި
 
ކޮމާރޝަލް ލޯނުތައް ދެއްކުން ފަސްކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވެމުންދޭ
 
ކޮވިޑުގެ ޙާލަތާއި ގުޅިގެން ސިޔާސަތުތައް އަލުން "އެޑްޖަސްޓް" ކުރަން ޖެހިފައިވޭ

ޗައިނާއިން ރާއްޖެއަށް ދީފައިވާ ލޯނުތައް ދެއްކުން ފަސް ކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގ ލީ ޒޮންގް ވިދާޅުވެއްޖެއެވެ.

ދަރަނީގެ މައްސަލައަށް އަލިއަޅުވާލައްވާ ޒަންގ ޓްވިޓަރގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، އެކަމާ ގުޅިގެން ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަ ކުރެވޭ ކަމަށެވެ. ޒަންގ ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްޤީ ޤާއިމު ކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަން އައު ސަރުކާރު ވެރިކަމަށް އައިއިރު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް ވިދާޅުވެފައިވާ ކަމަށެވެ. އަދި ކުއްލި ގޮތަކަށް ދިމާވެފައިމިވާ ކޮވިޑުގެ ޙާލަތާއި ގުޅިގެން އެ ސިޔާސަތުތައް އަލުން "އެޑްޖަސްޓް" ކުރަން ޖެހިފައިވާކަން ޒަންގ ފާހަގަ ކުރެއްވިއެވެ.

ޒަންގ އިތުރަށް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު ރާއްޖެއަށް ކުރިމަތިވެފައިވާ ދަތިތައް ޗައިނާ ސަރުކާރަށްވެސް ޤަބޫލުކުރެވޭ ކަމަށެވެ. އެގޮތުން ކޮމާރޝަލް ލޯނުތައް ދެއްކުން ފަސްކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވެމުންދާކަން ޒަންގ ފާހަގަކުރެއްވިއެވެ.

ޒަންގ ވިދާޅުވީ، ކޮމަރޝަލް ލޯނުތައް ގިނައިން ދޫކޮށްފައިވަނީ ދައުލަތުގެ ކުންފުނިތަކަށް ކަމަށާއި، ޕްރައިވެޓް ރަށެއްވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ. އަދި މި ލޯނުތައް ދެއްކުމާ ގުޅޭގޮތުން ޗައިނާގެ މާލީ އިންސްޓިޓިއުޝަންތަކުން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެ ޤައުމުގެ ސަރުކާރުންވެސް ބާރު އަޅަމުންދާކަން ޒަންގ ފާހަގަ ކުރެއްވިއެވެ.

ޒަންގ ވިދާޅުވީ، މިކަމުގެ ސަބަބުން ރަނގަޅު ނަތީޖާތަކެއް ނުކުންނާނެ ކަމަށް ޤަބޫލު ކުރެއްވޭ ކަމަށެވެ.

ދިވެހިރާއްޖެއަށް ޗައިނާއިން ދޫކޮށްފައިވާ ލޯނުތަކަކީ ލޯނުގެ ދަންތުރަތަކެއް ކަމަށް ދެކެވޭ ވާހަކަތަކަށް ސަފީރު ޒަންގ ލީ ޒޮންގް ވަނީ ރައްދުދެއްވާފައެވެ. ސަފީރު ވިދާޅުވެފައިވަނީ ޗައިނާގެ ލޯނުތަކަކީ ދަރަނީގެ ދަންތުރައެއް ކަމުގައި ދެކެވޭ ވާހަކަތަކަކީ ހިޔާލީ ވާހަކަތަކެއް ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި