ކ. މާލެ
|
20 ސެޕްޓެންބަރ 2020 | އާދީއްތަ 21:48
ގުޅީފަޅު ހިއްކުމުގެ މަޝްރޫއުކުރިއަށްގެންދަނީ
ގުޅީފަޅު ހިއްކުމުގެ މަޝްރޫއުކުރިއަށްގެންދަނީ
މުހައްމަދު ޝާމް / އިންސްޓަރގްރާމް
ބަނދަރު ބަދަލު ކުރުމުގެ މަޝްރޫއަށް ހިޔާލު ހޯދަނީ
ގުޅީފަޅުގައި ބައިނަލްއަގްވާމީ ބަނދަރެއް ހެދުމާއި ގުޅޭގޮތުން އާއްމުންގެ ހިޔާލު ހޯދަނީ
 
ތިން ބަނދަރެއްގެ ހިދުމަތްތައް ގުޅީފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވޭ
 
މި ސާރވޭ އަކީ މި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށާއި މުޖުތަމަޢުއަށް އަސަރު ފޯރާނޭ މިންވަރު ބެލުމުގެ ގޮތުން ކުރެވޭ ސަރވޭއެއް

ގުޅީފަޅުގައި ބައިނަލްއަގްވާމީ ބަނދަރެއް ހެދުމާއި ގުޅޭގޮތުން އާއްމުން ދެކޭ ގޮތް ބެލުމަށް ސަރވޭއެއް ކުރަން ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ސާރވޭ އަކީ މި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށާއި މުޖުތަމަޢު އަށް އަސަރު ފޯރާނޭ މިންވަރު ބެލުމުގެ ގޮތުން، ލޭންޑް އެންޑް މެރިން އެންވަޔަރަމަންޓަލް ރިސޯސް ގްރޫޕް (ލަމަޔަރ) އިން ތައްޔާރު ކުރާ ރިޕޯޓުގެ ބައެއް ކަމަށެވެ.

ސާރވޭގައި މަޝްރޫއުގެ ތައާރަފެއްގެ ގޮތުގައި ބުނެފައިވަނީ ގުޅީފަޅުގައި އިންޓަރނޭޝަނަލް ޕޯރޓް ހެދުމަށް ކުރިއަށް ގެންދެވޭ މަޝަރޫޢުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަޙައްދުގައި މިހާރު ހުރި ހުރިހާ ވިޔަފާރި ބަނދަރުތަކުގެ މަސައްކަތްތައް ގުޅީފަޅަށް ބަދަލު ކުރުން ކަމަށެވެ. އަދި މާލޭގެ ވިޔަފާރި ބަނދަރުތަކުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން މި ބަނދަރުތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ގިނަގުނަ ދަތިތަކާ ދަނީ ކުރިމަތިވަމުން ކަމަށެވެ.

މި ބަނދަރުތަކުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ވެސް ވަނީ މިކަމުގެ ސަބަބުން ވަރަށް ބޮޑަށް ހުރަސް އެޅިފައި ކަމަށާއި، މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މި ކަންކަމަށް ޙައްލެއް ހޯދުން ކަމަށް ބުނެފައިވެއެވެ. މިގޮތުން މި ފިޔަވަހީގައި މާލޭ ކޮމާރޝަލް ހާރބަރ، ނޯތު ހާރބަރ އަދި ޓީ ޖެޓީ ސަރަހައްދުގެ ބައެއް ޚިދްމަތްތަކާއި މަސައްކަތްތައް ގުޅިފަޅު ޕޯރޓް 2023 ގައި ހުޅުވުމުން އެސަރަޙައްދަށް ބަދަލު ކުރެވޭނެ ކަމަށް ބުނެފައިވެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ޕޯރޓްގެ ޖާގަ ބޮޑުވެ، ޚިދުމަތް އަވަސްވެ، މަސައްކަތްތަކަށް ފަސޭހަވުމުގެ އިތުރުން، ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ މާލެއިން، އަލުން ތަރައްގީ ކުރުމަށް ޖާގަ ލިބިގެންދާނެ ކަމަށް ވެސް މަޝްރޫއުގެ ތައާރަފްގެ ގޮތުގައި ސަރވޭ ކަރުދާހުގައި ހިމަނާފައިވެއެވެ.

ސަރވޭގައި އާންމުގެ ހިޔާލު ހޯދުމަށް ހަމަޖެހިފައިވަނީގޫގުލް ފޯމްމެދުވެރިކޮށެވެ.

ގުޅީފަޅަށް ބަދަލުކުރެވޭ ހިދުމަތްތައް:

  • މާލޭ ކޮމާރޝަލް ހާބަރ:

މާލޭގެ ހުޅަނގު އުތުރު ފަރާތުގައި އޮންނަ މި ބަނދަރަކީ ރާއްޖެއަށް ބޭރުން އަންނަ ހުރިހާ ބޯޓު ފަހަރުތައް ބަނދަރުކޮށް، ކޮންޓޭނަރތައް ބާލާ އަދި ކްލިއަރ ކުރާ ސަރަޙައްދެވެ. މި ސަރަޙައްދުގައި ކުރެވޭ ހުރިހާ މަސައްކަތެއް ގުޅީފަޅަށް ބަދަލު ކުރުމަށް ހަމަޖެހިފައިވެއެވެ.

  • ނޯރތު ހާރބަރ:

ނޯރތު ހާރބަރަކީ، މާލޭ ކޮމާރޝަލް ހާރބަރގެ އިރަށް އޮންނަ ބަނދަރު ސަރަޙައްދެވެ. މިސަރަޙައްދަކީ ރާއްޖޭގެ އަތޮޅުތަކުން އަންނަ ދޯނިފަހަރާއި (މީހުން އަދި މުދާ އުފުލާ)، މަސް ދޯނި ފަހަރުވެސް ބަނދަރު ކުރާ ސަރަޙައްދެވެ. މީގެއިތުރުން އަތޮޅުތަކަށް މުދާ ގެންދިއުމަށް ދޯނިތަކަށް މުދާ އަރުވަނީ ވެސް މި ސަރަޙައްދުގައެވެ.

ގުޅިފަޅު ޕޯރޓް ހުޅުވުމުން، ރަށްރަށުން އަދި ރަށްރަށަށް މުދާ އުފުލާ ދޯނި ފަހަރުތަކުގެ ހުރިހާ މަސައްކަތެއް ގުޅީފަޅަށް ބަދަލު ކުރެވޭނެއެވެ. އެހެން ނަމަވެސް، މަސް ދޯނިތަކަށާއި، ރަށްރަށުން އަންނަ މީހުން އުފުލާ ދޯނި ފަހަރުތަކަށް (ފެރީ ސާރވިސްތަކަށް) މިސަރަޙައްދަށް ގާތް ކުރެވޭނެއެވެ.

  • ޓީ-ޖެޓީ ސަރަހައްދު:

މާލޭގެ ހުޅަނގު ދެކުނު ކަނުގައި ހެދިފައިވާ ބަނދަރާއި ޓީ ޖެޓީ ސަރަޙައްދަކީ ތަފާތު މަސައްކަތްތަކެއް ކުރިއަށްދާ ތަނެކެވެ. މިގޮތުން ކައިރި ރަށްތަކަށް ފެރީ ދަތުރުތައް، ރިސޯރޓް ބޯޓު ފަހަރަށް މުދާ ބަރު ކުރުން، ދޯނިފަހަރަށް ތެޔޮ އެޅުމުގެ އިތުރުން، އެސަރަހައްދުގައި ވަރަށް ގިނަ ލޯންޗް ފަހަރު އަޅާފައި އޮވެއެވެ.

އިކޮނޮޮމިކް މިނނިސްޓްރީން ބުނާގޮތުގައި ގުޅީފަޅު ޕޯރޓް ހުޅުވުމުން، ރިސޯރޓް ބޯޓުފަހަރަށް މުދާބަރުކުރުމުގެ މަސައްކަތް އެޕޯރޓް އަށް ބަދަލުކުރެވިގެން ދާނެއެވެ. އެހެންނަމަވެސް، ރަށްރަށަށް ކުރެވޭ ފެރީ ދަތުރުގެ ޚިދްމަތްތަކާއި، ބޯޓުފަހަރު އެޅުމުގެ ޚިދްމަތް މި ސަރަޙައްދުން ލިބޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި ސަރވޭގައި ބުނެފައިވާގޮތުން މިކަންކަން ގުޅީފަޅަށް ބަދަލު ކުރެވިގެންދާނެ ކަމަށް ބެލެވެނީ 2023 ވަނަ އަހަރު ހާތާނގައެވެ. އަދި މިހާތަނަށް މާލެ، ވިލިނގިލި އަދި ގުޅީފަޅު ގުޅުވައިދޭ ބްރިޖް އެޅުމުގެ މަޝްރޫއު ވެސް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
20%
60%
0%
0%
0%
20%
ކޮމެންޓް