ކ. މާލެ
|
20 ސެޕްޓެންބަރ 2020 | އާދީއްތަ 19:07
ފިނޭންސް މިނިސްޓްރީ - އެލަވަންސް ދޫކުރުމުގެ މަސައްކަތް ކުރަނީ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް
ފިނޭންސް މިނިސްޓްރީ - އެލަވަންސް ދޫކުރުމުގެ މަސައްކަތް ކުރަނީ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް
ރާއްޖެއެމްވީ
އިންކަމް ސަޕޯޓް އެލަވަންސް ދިނުމުގެ މަސައްކަތް
އިންކަމް ސަޕޯޓް އެލަވަންސް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް ސަޕޯޓް ސްޓާފުން ހޯދަނީ
 
އެލަވަންސްގެ ގޮތުގައި ކޮންމެ މީހަކަށް 7000 ރުފިޔާ ލިބޭނެ
 
ވޮލަންޓިއަރުންގެ ގޮތުގައި ޖުމްލަ 15 ފަރާތެއް ނަގާނެ
 
އިދާރީ މަސައްކަތަށް އެހީތެރިކަން ބޭނުންވޭ

ކޮވިޑް-19 އާ ގުޅިގެން އާމްދަނީ އަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ފޯރުކޮށްދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވުމަށް ސަޕޯޓް ސްޓާފުން ހޯދުމަށް އިއުލާންކޮށްފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބުނީ ދިވެހި ސަރުކާރުން ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމުގެ އުސޫލުގެ ދަށުން އެލަވަންސް ދިނުމަށް ހަމަޖެހިފައިވާ މުއްދަތުގައި (ޖުލައި، އޯގަސްޓް އަދި ސެޕްޓެމްބަރ 2020) މިނިސްޓްރީގެ ފަރާތުން އިންކަމް ސަޕޯޓް އެލަވަންސް އާ ގުޅޭގޮތުން ކުރިއަށް ގެންދާ އިދާރީ މަސައްކަތަށް އެހީތެރިވުމަށް ވޮލަންޓިއަރުން ބޭނުންވާ ކަމަށެވެ.

އެކޮނޮމިކް މިނިސްޓްރީން ބުނީ ވޮލަންޓިއަރުންގެ ގޮތުގައި ޖުމްލަ 15 ފަރާތެއް ނެގުމަށް ހަމަޖެހިފައިވާއިރު، މި ފަރާތްތަކަށް މަސައްކަތް ހަވާލުކުރެވިގެންދާނީ ދެ ޓީމަކަށް ބަހާލެވިގެން ކަމަށެވެ. އެއީ ކޯލް ސެންޓަރ ޓީމާއި ޑޮކިއުމެންޓޭޝަން ޓީމް ކަމަށާއި އެލަވަންސްގެ ގޮތުގައި ކޮންމެ މީހަކަށް 7000 ރުފިޔާ ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ބުނީ އިންކަމް ސަޕޯޓް އެލަވަންސްގެ މަސައްކަތަށް ވޮލަންޓިއަރ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 20 ސެޕްޓެމްބަރ 2020 ގެ 23:59 ގެ ކުރިން މި އިއުލާނާއެކު އެޓޭޗް ކުރެވިފައިވާ 'ސަޕޯޓް ސްޓާފް އިންފޮމޭޝަން ފޯމް' ފުރިހަމަ ކުރެއްވުމަށްފަހު، ލިޔެކިޔުންތަކާއެކުއީމެއިލްއަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

މިނިސްޓްރީން ބުނީ ވޮލަންޓިއަރުން އިޚްތިޔާރު ކުރުމުގައި އިދާރީ މަސައްކަތްކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށާއި ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް