ކ. މާލެ
|
20 ސެޕްޓެންބަރ 2020 | އާދީއްތަ 15:07
ކްރިމިނަލް ކޯޓުގައި ޝަރީއަތުގެ އަޑުހުން ބާއްވާ މާލަމެއް: ބައެއް ހާލަތްތަކުގައި އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދިއުމާއި، އޮންލައިންކޮށް ލިޔެކިޔުންތައް ބަދަލު ކުރުންފަދަ ހެޔޮ ބަދަލުތައްވެސް އަ
ކްރިމިނަލް ކޯޓުގައި ޝަރީއަތުގެ އަޑުހުން ބާއްވާ މާލަމެއް: ބައެއް ހާލަތްތަކުގައި އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދިއުމާއި، އޮންލައިންކޮށް ލިޔެކިޔުންތައް ބަދަލު ކުރުންފަދަ ހެޔޮ ބަދަލުތައްވެސް އަ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ކްރިމިނަލް ކޯޓު
2013 ވަނަ އަހަރުގެ ކުރިން ހުށަހެޅުނު ހުރިހާ މައްސަލަތަކެއް މިހާރު ވަނީ ނިންމާފަ: ކްރިމިނަލް ކޯޓު
 
ޖުޑީޝަރީ އިސްލާހުކޮށް، ހަރުދަނާ ކުރުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެއް

ގިނަ ދުވަސް ވެފައިވާ މައްސަލަތަކުގެ ތެރެއިން، 2013 ވަނަ އަހަރުގެ ކުރިން ހުށަހަޅާފައިވާ ހުރިހާ މަސައްކަތްކެއް މިހާރު ނިންމާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

ކްރިމިނަލް ކޯޓުން ބުނީ، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން މައްސަލަތައް އަވަސް ކުރުމަށް އެ ކޯޓުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، ގިނަ ދުވަސްވެފައިވާ މައްސަލަތައް މަދުކުރުމަށް ކުރެވުނު މަސައްކަތުން، 2013 ވަނަ އަހަރުގެ ކުރިން ހުށަހެޅުނު ހުރިހާ މައްސަލަތަކެއް ވަނީ ނިންމާފަ ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުނެ އެވެ.

ޖުޑީޝަރީ އިސްލާހުކޮށް، ހަރުދަނާ ކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން، ސަރުކާރާއި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލިސް އަދި މިހާރު އެކުލަވާލެވިފައިވާ ޖުޑީޝާލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އެކުގައި މަސައްކަތްކޮށް، ޖުޑީޝަރީ އަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެސްފައެވެ.

މިބަދަލުތަކުގެ ސަބަބުން، އަދުލް އިންސާފުގެ ދާއިރާއަށް ނުވަތަ ޝަރުއީ ކޯޓުތަކަށް ކުރިން ރައްޔިތުން ތުހުމަތު ކުރަމުންދިޔަ ކަންކަމާއި ކުރަމުންދިޔަ ޝަކުތައް، މަދުވެ، ރަނގަޅު މިސްރާބަކަށް ޖުޑީޝަރީ ދާކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަ އެކަށީގެންވާ މުއްދަތެއްގައި ނިންމުމަށް ބާރު އެޅުމަކީ ވެސް ޖުޑީޝަރީ ހަރުދަނާ ކުރުމުގެ ބައެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
100%
0%
0%
0%
0%
0%
ކޮމެންޓް
20 ސެޕްޓެންބަރ 2020 | އާދީއްތަ 15:54
ކޮސްބެ
kada.