ކ. މާލެ
|
20 ސެޕްޓެންބަރ 2020 | އާދީއްތަ 14:09
ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ މުދާ އަގުމަގުކޮށް ނިމުން ފާހަގަކުުރުން
ރާއްޖެއެމްވީ
ފެނަކައިގެ ކަރަންޓްގެ ޚިދުމަތް
ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރާ ހަރުމުދަލުގެ އަގަކީ 2.1 ބިލިއަން ރުފިޔާ
 
އަގުމަގު ކޮށްފައިވަނީ ފެނާ ނަރުދަމާ ނުހިމަނާ
 
މިއީ 152 ރަށުގައި ޤާއިމްކޮށްފައިވާ ހަރުމުދަލުގެ އަގު

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ހަރުމުދަލުގެ އަގަކީ 2.1 ބިލިއަން ރުފިޔާ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ މުދާ އަގުމަގުކޮށް ނިމުން ފާހަގަކުރުމަށް ބޭއްްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ 2012 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަން އުފައްދައި އަމިއްލަ ކުންފުނިތަކުން ދެމުން ގެންދިޔަ ޚިދުމަތްތައް ފެނަކަ ކޯޕަރޭޝަނާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ދަށުން ދެމުން ގެންދާ ގޮތަށް ސަރުކާރުން ބަދަލު ކުރި ނަމަވެސް އެ ރަށްތަކުގައި ކަރަންޓްގެ ޚިދިމަތް ފޯރުކޮށްދެމުންދާ ހަރު މުދަލުގެ ރަޖިސްޓްރީއެއް މިހާތަނަށް އެކުލަވާލެވިފައި ނުވާ ކަމަށެވެ.

އެހެންކަމުން އިންޖީނުގެ ތަކާއި އެތަންތައް ހިންގުމަށް ޤާއިމް ކުރެވިފައިވާ އެންމެހާ ވަސީލަތްތައް އަގުކުުރުމުގެ މަސައްކަތެއް އެންމެ ފުރަތަމަ ކުރެވޭ ޔުޓިލިޓީ ކުންފުންޏަކަށް ވެގެން ދިޔައީ ފެނަކަ ކޯޕަރޭޝަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފެނަކަ އަކީ ރާއްޖޭގެ އެންމެ ގިނަ ރަށްތަކުގައި ކަރަންޓްގެ ޚިދުމަތްދޭ ކުންފުނި. ރާއްޖޭގެ އެންމެ ގިނަ މީހުންނަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދޭ އެއް މުއައްސަސާއަކީ އެއީ. އޭގެތެރޭގައި ރަށްރަށުގައި ޤާއިމްކޮށްފައިވާ އިންޖީނުގެ އާ އެއާއި ގުޅިގެން ހުރި ހަރުމުދަލުގެ ޖުމްލަ އަގަކީ ކިހާވަރެއްކަން މިހާތަނަށް އޮޓީ ރަސްމީކޮށް ނުހޯދިފައި.މިކަން މުހިއްމުވާ ވަރަށް ގިނަ ސަބަބުތަކެއްވެސް ހުރޭ.
މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ހުސައިން ރަޝީދު ހަސަން

މިނިސްޓަރ ވިދާޅުވީ އެތަކެތި އަގުކުުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މިނިސްޓްރީ އާއި ފެނަކަ ކޯޕަރޭޝަން ގުޅިގެން ކަމަށާއި، ރާއްޖޭގެ 152 ރަށުގައި ޤާއިމް ކޮށްފައިވާ ކަރަންޓް ވިއުގައިގައި ހިމެނޭ ހަރުމުދަލުގެ އަގަކީ ގާތްގަނޑަކަށް 2.1 ބިލިއަން ރުފިޔާ ކަމަށެވެ. އަދި މިއީ ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ހަރުމުދަލުގެ އަގު ނުހިމަނާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިއަދު ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރެވޭ މި ރިޕޯޓްގެ ސަބަބުން ރާއްޖޭގެ ރަށްރަށުގައި ކަރަންޓްގެ ޚިދުމަތް މިހާރަށްވުރެ ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ބޭންކްތަކާއި އަދި ލޯނުދޭ ފަރާތްތަކުން ފައިސާ ފޯރުކޮށްދިނުމުގެ ދޮރު ހުޅުވިގެންދާނެ ކަމަށް ޤަބޫލު ކުރައްވާކަމަށެވެ.

ފެނަކައަށް ލިބިގެންވާ އެސެޓްތަކުގެ ވެލިއުއަކީ ކޯޗެއްކަން ނޭނގޭތީ އިންޖީނުގެތަކުގެ އަގަކީ ކޯޗެއްކަން ނޭނގޭތީ ފައިސާދޭ ލޯނުދޭ ފަރާތަކުން އެކުންފުންޏަށް ފައިސާ ދިނުމުގައި ދަތތަކެއް ހުރޭ. މިކަމުގެ ސަަބަބުން އެކަން ހައްލުވެގެން މިދަނީ.
މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ހުސައިން ރަޝީދު ހަސަން

މިނިސްޓަރ ވިދާޅުވީ ފެނަަކައިގެ އައު މެނޭޖްމަންޓް ހަވާލުވިފަހުން އެކުންފުނިން ދަނީ ތަފާތު ދައްކަމުން ކަމަށެވެ. ޚާއްސަކޮށް ކަރަންޓްގެ ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތައް ވަރަށް ބޮޑަށް ރަނގަޅު ކުރެވިފައިވާ ކަަމަށް މިނިސްޓަރ ހުސައިން ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖްމަންޓަށް މިނިސްޓަރ ވަނީ ޝުކުރު ދަންނަވާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް