ކ. މާލެ
|
20 ސެޕްޓެންބަރ 2020 | އާދީއްތަ 09:47
ގދ. ހޯނޑެއްދޫ: މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ކޮވިޑް-19 ކޭސް ފެނުނު ރަށް
ގދ. ހޯނޑެއްދޫ: މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ކޮވިޑް-19 ކޭސް ފެނުނު ރަށް
ފޭސްބުކް
ކޮވިޑް-19: ހޯނޑެއްދޫގެ ހާލަތު
ހޯނޑެއްދޫގައި އެކްޓިވް ކޭސް 19، މިހާތަނަށް 25 މީހުން ރަނގަޅު ވެއްޖެ
 
ރަށުގެ އާންމު ހާލަތުވެސް ރަނގަޅު
 
މިހާރު ފަރުވާ ދެމުންދަނީ 19 މީހަކަށް، ހުރިހާ އެންމެންގެ ހާލަ ރަނގަޅު
 
ހޯނޑެއްދޫގައި ޖުމްލަ 44 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި

ގދ. ހޯނޑެއްދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި، 44 މީހުންގެ ތެރެއިން 25 ރަނގަޅުވެ، މިހާރު ފަރުވާ ދެމުންދަނީ 19 މީހަކަށް ކަމަށް ހެލްތް ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، ހޯނޑެއްދޫގައި މިހާރު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބި 19 މީހުންނަކީ، ކޮވިޑަށް ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓް ވެގެން ކަރަންޓީން ކުރެވިފައިވާ 19 މީހުން ކަމަށެވެ. ހޯނޑެއްދޫ ކައުންސިލުން މައުލޫމާތު ދިންގޮތުގައި، އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބި މީހުންގެ ހާލު ރަނގަޅެވެ.

ހޯނޑެއްދޫ ކައުންސިލުން ވަނީ ޕޮޒިޓިވް ކޭސްތައް ފެންނަމުން ދަނީ، ޑައިރެކްޓް ކޮންޓެކްޓުވި މީހުންގެ ތެރެއިން ކަމަށްވާތީ އެ އެންމެން ކަރަންޓީނު ކުރެވުނު ކަމަށެވެ. އަދި މިއާއި ގުޅިގެން ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ވެސް ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ. ރަށުގެ އާންމު ހާލަތުވެސް ރަނގަޅު ކަމަށް ކައުންސިލް މެމްބަރަކު "ރާއްޖެއެމްވީ" އަށް ވަނީ ވިދާޅުވެފައެވެ.

ހޯނޑެއްދޫއިން އެންމެ ފުރަތަމަ ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ތިބި ބަޔެކެވެ. ހޯނޑެއްދޫއަކީ މާލެ ސަރަހައްދު ފިޔަވައި، ކޮވިޑް-19 ގެ ކޭސްތައް އެންމެ ގިނައިން ފެނުނު ރަށެވެ. ހޯނޑެއްދޫ އަދިވެސް އޮތީ މޮނިޓަރިންގ ހާލަތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް