ކ. މާލެ
|
20 ސެޕްޓެންބަރ 2020 | އާދީއްތަ 10:20
ޤަވާއިދާ ޚިލާފްވި ފަރާތްތަކަށް ފުލުހުން ނަސޭހަތްތެރިވަނީ
ޤަވާއިދާ ޚިލާފްވި ފަރާތްތަކަށް ފުލުހުން ނަސޭހަތްތެރިވަނީ
ރާއްޖެއެމްވީ
ކޮވިޑުން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތައް
ރައްކާތެރިވުމުގެ ފިޔަވަޅުތަކާ ޚިލާފްވެގެން ފާއިތުވި ހަފްތާގައި 7 ލައްކައިން ޖޫރިމަނާކޮށްފި
 
221 އުޅަނދެއް ޖޫރިމަނާކޮށްފައިވޭ
 
ކާފިއު ގަވާއިދާއި ހިލާފުވެގެން 326 މީހުން ޖޫރިމަނާ ކޮށްފައިވޭ
 
މާސްކު އެޅުމުގެ ގަވާއިދާއި ހިލާފުވެގެން 244 މީހުން ޖޫރިމަނާ ކޮށްފައިވޭ

ކޮވިޑުން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކާއި ޚިލާފްވެގެން ފާއިތުވި ހަފުތާގައި އެކަނިވެސް ހަތް ލައްކަ ރުފިޔާއަށް ވުރެ މަތިން ޖޫރިމަނާކޮށްފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުންނަމަ މި ފިޔަވަޅުތަކާއި ޙިލާފުވެގެން 791،000ރ. އާމްދަނީއެއް ދައުލަތުން ވަނީ ލިބިފައެވެ. އެގޮތުން މާސްކު އެޅުމުގެ ގަވާއިދާއި ހިލާފުވެގެން 244 މީހުން ޖޫރިމަނާ ކޮށްފައިވާއިރު، 306 މީހަކަށް ވަނީ ނަސޭހަތްތެރިވެފައެވެ. ކާފިއު ގަވާއިދާއި ހިލާފުވެގެން 326 މީހުން ޖޫރިމަނާ ކޮށްފައިވާއިރު، 519 މީހަކަށް ވަނީ ނަސޭހަތް ދީފައެވެ. އަދި ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައި ދުއްވައިގެން 221 ވެހިކަލެއް ޖޫރިމަނާ ކޮށްފައިވާއިރު، 1228 ފަރާތަކަށް ވަނީ ނަސޭހަތް ދީފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގަވާއިދުގެ ދަށުން ކުރާ ކޮންމެ ޖޫރިމަނާ އަކީ ވެސް 1000 ރުފިޔާއިން ކުރެވޭ ޖޫރިމަނާއެކެވެ. މި ފިޔަވަޅުތަކަކީ ފުރަބަންދުގެ ހާލަތުގައި ގައުމު އޮތުމަށް ފަހު އަލުން ހުޅުވާލި ފަހުން ކޭސްތައް އިތުުރުވާން ފެށުމާއި ގުޅިގެން އެޅީ ފިޔަވަޅުތަކަކެވެ. އޭގެ ތެރޭގައި މާސްކު އެޅުމާއި، ރޭގަނޑު 22:00ން ފަތިހު 05:00ށް ބޭރު ތެރޭގައި އުޅުން ވަނީ މަނާކޮށްފައެވެ. އަދި ރޭގަނޑު 20:00ން އާއި ފަތިހު 05:00ށް ދެމެދު އެއްގަމު އުޅަނދު ދުއްވުންވެސް ވަނީ މަނާކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް