ހޯމަ 26 އޮކްޓޯބަރ 2020
09 ހެއި
1442 ރަބީއުލް އައްވަލް 09
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
އިރުއޮއްސޭ 17:52
އިޝާ 19:04
ކޮވިޑް-19 އިނގިރޭސިވިލާތުގެ ހާލަތު

އިނގިރޭސިވިލާތުގައި ސެލްފް-އައިސޮލޭޓް އަމުރާ ހިލާފުވާ މީހުން 12،000 ޑޮލަރުން ޖޫރިމަނާކުރަނީ

  • ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވާން ފެށުމާއެކު ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އައު ފިޔަވަޅުތަކެއް ވަނީ އަޅާފައި
  • ސެޕްޓެމްބަރ މަހުގެ 28ން ފެށިގެން މި އައު ގަވާއިދަށް އަމަލުކުރަން ފަށާނެ
  • ފުރަތަމަ ފަހަރަށް ގަވާއިދާ ޚިލާފުވާ މީހަކު ޖޫރިމަނާކުރާނީ 1000 ޕައުންޑުން

ކ. މާލެ | 20 ސެޕްޓެންބަރ 2020 | އާދީއްތަ 09:24 | 2,765

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން - ރޮއިޓަރސް

ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ނުވަތަ ޑައިރެކްޓް ކޮންޓެކްޓުން އަމިއްލައަށް އެކަހެރިވާން އަންގާ އަމުރާ ޙިލާފުވެއްޖެނަމަ، 10،000 ޕައުންޑް (12،914 އެމެރިކާ ޑޮލަރު) އާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް ގަވައިދަށް ބަދަލު ގެނެސްފިއެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު އިތުރުވާން ފެށުމާއެކު، ބަލިން ރައްކާތެރިވާން އެ ގައުމުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް ވަނީ ނިންމާފައެވެ. މި ފިޔަވަޅުތަކާ ގުޅޭގޮތުން އެ ގައުމުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން ވިދާޅުވީ މި ގަވާއިދަށް އަމަލުކުރަން ފަށާނީ ސެޕްޓެމްބަރު މަހުގެ 28 ގައި ކަމަށެވެ.

މި ގަވާއިދާ ފުރަތަމަ ފަހަރަށް ޚިލާފުވާ މީހަކު ޖޫރިމަނާކުރާނީ 1000 ޕައުންޑުންނެވެ. އެއަށްފަހު ތަކުރާރުކުރާނަމަ 10،000 ޕައުންޑާ ހަމައަށް ޖޫރިމަނާކުރާނެއެވެ. މީގެ އިތުރުން މުވައްޒަފުން އައިސޮލޭޝަނަށް ދިއުން މަނާކޮށް ވަޒީފާގެ ބިރުދައްކާ ވިޔަފާރިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭނެއެވެ. އައިސޮލޭޝަނަށް ދާ ފަރާތަކީ މަދުން އާމްދަނީ ލިބޭ ފަރާތެއް ކަމުގައިވަނީނަމަ، 500 ޕައުންޑުގެ އެހީއެއް ލިބޭނެއެވެ.

މިހާރު އަމަލުކުރަމުން އަންނަ ގަވާއިދުގެ ދަށުން ކޮވިޑް-19 ގެ އަލާމާތްތައް ފެންނަން ފަށާތާ މަދުވެގެން 10 ދުވަސް ވަންދެން އެމީހަކު ގޭގައި ހުންނަންޖެހޭނެއެވެ. އަދި އެމީހަކު އުޅޭ ގެއެއްގައި ދިރިއުޅޭ މީހުން 14 ދުވަސްވަންދެން ގެއިން ނުނިކުމެ ގޭގައި މަޑުކުރަން ޖެހޭނެއެވެ.

މިހާތަނަށް އައިއިރު އަމިއްލައަށް އެކަހެރިވާން އަންގާފައިވަނީ އިނގިރޭސިވިލާތަށް "ހައި-ރިސްކް" ގައުމުތަކުން އެތެރެވާ ފަތުރުވެރިން އެކަންޏެވެ. އެހެންނަމަވެސް މިހާރު ކޭސްތައް އިތުރުވާން ފެށުމާއެކު ކޭސްތައް ގިނަ ސަރަހައްދުތަކުގައި މި ގަވާއިދުތަކާއި އެއްގޮތަށް މީހުން އަމަލުކުރޭތޯ ފުލުހުން ބަލަމުން ގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކޭސްތައް އިތުރުވާން ފެށުމާއެކު ދެވަނަ ލޮކްޑައުން އަކަށް ދިޔުމަށް ޖޯންސަންއަށް ކުރިމަތިކުރުވާ ޕްރެޝަރ ވަނީ ބޮޑުވެފައެވެ. އެގޮތުން އެ ގައުމުގެ ސައިންސްވެރިން ވަނީ ދެ ހަފުތާގެ މުއްދަތަށް ލޮކްޑައުން ކުރުމަށް ޖޯންސަން އަށް ބާރު އަޅަމުންނެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ލޮކްޑައުންއަކަށް ދިއުން ގާތީ، އޮކްޓޯބަރ މަހު ފަހުކޮޅު ޗުއްޓީއަށް ދިޔުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.