ކ. މާލެ
|
20 ސެޕްޓެންބަރ 2020 | އާދީއްތަ 05:08
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ހެދި ފުރަތަމަ ނިއުރޯސަރޖަރީ- މި ސަރޖަރީ ހަދާފައިވަނީ އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުގެ އެހީއާއެކު
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ހެދި ފުރަތަމަ ނިއުރޯސަރޖަރީ- މި ސަރޖަރީ ހަދާފައިވަނީ އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުގެ އެހީއާއެކު
އޭ.ޑީ.ކޭ ހޮސްޕިޓަލް
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ނިއުރޯސަރޖަރީއެއް ހަދައިފި
 
ބަލިމީހާ ވަނީ އިތުރަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެނެވިފަ
 
އާސަންދައިގެ އެހީއާއެކު، ބޭނުންވާ ސާމާނު ހިފައިގެން އައްޑޫއަށް ދިޔަ
 
ބޮލުގެ ނާށިގަނޑުގެ ތެރެއަށް ލޭ ބޭރުވެފައިވޭ

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ނިއުރޯސާޖަރީއެއް ހަދައިފިއެވެ.

އޭޑީކޭގެ ޑޮކްޓަރުންގެ އެހީއާއެކު ހެދި މި ސަރޖަރީއާ ބެހޭގޮތުން އޭޑީކޭއިން ބުނީ، ބޮލަށް އަނިޔާތަކެއް ވުމުގެ ސަބަބުން ހުކުރު ދުވަހު އިކުއިޓޯރިއަލް ހޮސްޕިޓަލަށް 62 އަހަރުގެ މީހަކު ގެންދެވުނު ކަމަށާއި، އޭނާގެ ބޮލުގެ ނާށިގަނޑުގެ ތެރެއަށް ލޭ ބޭރުވެފައިވާ ކަމަށެވެ. އެގޮތުން ހޮސްޕިޓަލުން އޭޑީކޭގެ މެޑިކަލް ޓީމުގެ އެހީއަށް އެދުނު ކަމަށާއި، ބަލި މީހާގެ ޙާލަތު އިތުރަށް ގޯސްވެގެންދާނެތީ އޭނާ މާލެ ގެނައުމަކީ އެންމެ ބުއްދިވެރި ގޮތް ނޫން ކަމަށް ޑޮކްޓަރުންގެ ޓީމަށް ފެނިވަޑައިގަތް ކަމަށެވެ.

އެއާއެކު އޭޑީކޭގެ ޑޮކްޓަރުންގެ ޓީމަކުން ވަނީ ވަގުތުން ދަތުރު ހަމަޖައްސައި އާސަންދައިގެ އެހީއާއެކު، ބޭނުންވާ ސާމާނު ހިފައިގެން އައްޑޫއަށް ގޮސްފައެވެ. މި ޓީމުގައި ހިމެނިވަޑައިގަންނަވަނީ އޭޑީކޭގެ ނިއުރޯސާރޖަން ޓީމުގެ ޑޮކްޓަރު އަލީ ނިޔާފްއާއި، ނިއުރޯސާރޖަރީ ސްކްރަބް ނަރސް ޝަމޫނާ އަލީއާއި، ކްރިޓިކަލް ކެއަރ މެޑިކަލް އޮފިސަރ ޑރ އަދީލް ޝަރީފެވެ.

ޑޮކްޓަރުންގެ ޓީމުން އައްޑޫއަށް ގޮސް، އައްޑޫ ހޮސްޕިޓަލުގެ ޓީމާއެކު ސާރޖަރީ ކާމިޔާބުކަމާއެކު ވަނީ ނިންމާލާފައެވެ. އަދި ބަލިމީހާގެ ޙާލަތުވެސް ރަނގަޅުވަމުން އައިކަން އޭޑީކޭއިން ވަނީ ފާހަގަ ކޮށްފައެވެ. އެއާއެކު، ސަރޖަރީއަށްފަހު އެރޭ 4:45 ހާއިރު ބަލިމީހާ ވަނީ އިތުރަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެނެވިފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
33%
67%
0%
0%
0%
0%
ކޮމެންޓް