ބުދަ 28 އޮކްޓޯބަރ 2020
11 ހެއި
1442 ރަބީއުލް އައްވަލް 11
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
އިރުއޮއްސޭ 17:51
އިޝާ 19:04
މިފްކޯ އިން މަސްވެރިންނަށް ދޫކުރާ ފައިސާ

އަހަރުގެ މިހާތަނަށް މަސްވެރިންނަށް 525 މިލިއަން ރުފިޔާ ދޫކުރެވިއްޖެ: މިފްކޯ

  • މިފްކޯގެ ކަލެކްޓިން ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރަމުން
  • ލޮކްޑައުންގެ ތެރޭގައިވެސް 3500 ޓަނުގެ ކަޅުބިލަ މަސް އެކްސްޕޯޓްކުރި
  • 2019 ވަނަ އަހަރު މަސްވެރިންނަށް 901 މިލިއަން ރުފިޔާ ދޫކުރި

ކ. މާލެ | 19 ސެޕްޓެންބަރ 2020 | ހޮނިހިރު 23:01 | 4,067

ދިވެހި މަސްވެރިން - ފިޝަރީސް މިނިސްޓްރީ

އަހަރުގެ މިހާތަނަށް މަސްވެރިންނަށް 525 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރު، އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފައުޒީ ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަން ދަނީ ތަރައްގީވަމުން ކަމަށާއި، މިހާރު ރާއްޖޭގެ އިގްތިސާދުގެ ހާލަތު އޮތް ގޮތުން އެންމެ ހިނގަމުންދާ ސިނާއަތަކީ މަސްވެރިކަން ކަމަށެވެ. މަސްވެރިކަން ތަރައްގީވެގެން އަންނަ އިރު މަސްވެރިންގެ ކެޕޭސިޓީ ވެސް ތަރައްގީ ވާނެ ކަމަށާއި އެހެން ކަމުން މިފްކޯގެ ކަލެކްޓިން ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފައުޒީ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ މި ބަލިމަޑުކަމުގެ ތެރޭގައި ވެސް މަސްވެރި ކަމަށް ހީކުރި ވަރުގެ ގެއްލުމެއް ނުލިބޭ ކަމަށާއި ލޮކްޑައުންގެ ތެރޭގައި އެކަނިވެސް 3500 ޓަނުގެ ކަޅުބިލަ މަސް ގަނެވިފައިވާ ކަމަށް ފައުޒީ ފާހަގަކުރެއްވިއެވެ. މިހާރު ޔޫރަޕުގެ ހާލަތު އޮތް ގޮތުން ކޮންމެވެސް ވަރަކަށް މަހުގެ އަގުތައް މާކެޓުގައި ދަށްވެފައި ވީނަމަވެސް ކުރިއަށް އޮތްތާނގައި މަހުގެ އަގުތައް ފްލޯޓް ކޮށްފިނަމަ މިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ގޭދޮށު މަސްޕްލާންޓްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ އިރު، މިއީ ވަރަށް ރަނގަޅު މޮޑެލް އެއް ކަން ފާހަގަކޮށް ފައުޒީ ވިދާޅުވީ، ރާއްޖޭގެ މަސްވެރި ކަމަކީ ކޮމިއުނީޓީ ބޭސްޑް ސިނާއަތެއް ކަމުން މީގެ ސަބަބުން ރަށްތަކަށް ވަގުތުން ވަގުތަށް ލިބޭ ފައިދާތަށް ވަރަށް ގިނަ ވާނެ ކަމަށެވެ.

ފާއިތުވި 2019 ވަނަ އަހަރަކީ މިފްކޯ އިން އެންމެ ގިނަ އަދަދަކަށް ރާއްޖޭގެ މަސްވެރިންނަށް ފައިސާ ދޫކުރި އަހަރު ކަމަށް ފައުޒީ ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.