ކ. މާލެ
|
19 ސެޕްޓެންބަރ 2020 | ހޮނިހިރު 14:36
އީވާން ނަސީމް މަރާލި ދުވަހު ހިނގި ހަމަނުޖެހުން
އީވާން ނަސީމް މަރާލި ދުވަހު ހިނގި ހަމަނުޖެހުން
ޓްވިޓަރ
އީވާން ނަސީމްގެ މަރު
"އީވާން ނަސީމް މަރާލި ދުވަހަކީ މައުމޫންގެ ވެރިކަމުގެ އަނިޔާވެރިކަން ހައްދު ފަހަނައަޅާފައިވާކަން ފާހަގަވި އެއް ދުވަސް"
 
މިއަދަކީ އަނިޔާވެރިކަމާއި ދެކޮޅަށް ދިވެހިން ރާއްޖެ ބަދަލުކުރަން ނިކުތް ދުވަސް
 
މިއީ އީސް މައުމޫންގެ ވެރިކަމުގެ އަނިޔާވެރިކަން ހައްދުފަހަަނައަޅާ ގޮސްފައިވާކަން ފާހަގަވި އެއް ދުވަސް
 
އީވާން ނަސީމް މަރާލާފައިވަނީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެރޭ

އީވާން ނަސީމް މަރާލި ދުވަހަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގެ އަނިޔާވެރިކަން ހައްދުފަހަނައަޅައިވާކަން ފާހަގަވި އެއް ދުވަސްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އީވާން ނަސީމްގެ މަރަށް ބުރާސްފަތި ދުވަހަށް 16 އަހަރު ވުމާއި ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަނިޔާވެރިކަމާއި ދެކޮޅަށް ރާއްޖެ ބަދަލުކުރަން ދިވެހިން ނިކުތް ދުވަހަކީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ކަމަށް ވިދާޅުވިއެވެ. ޓްވީޓުގައި ރައީސް ނަޝީދު ވަނީ މަރުހޫމްގެ ފުރާނަޔަށް ސުވަރުގެ މިންވަރު ކޮށްދެއްވުމަށް އެދި ދުއާ ދަންނަވާފައެވެ.

އީވާން ނަސީމް މަރާލާފައިވަނީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެރޭ މާފުށީ ޖަލުގައެވެ. އީވާން ނަސީމްގެ މަރާއެކު އިހުތިޖާޖު ކުރި އެހެން ގައިދީންތަކެއްގެ ގަޔަށް ބަޑިޖަހައި މަރާލާފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
25%
17%
8%
33%
0%
17%
ކޮމެންޓް
19 ސެޕްޓެންބަރ 2020 | ހޮނިހިރު 23:49
ކަމެއް ހަމަޖެހުމަކަށް ގެނެސް ގާނޫނު ނެގެހެއްޓުން އަނިޔާވެރި ކަމަށްވަނީ ކިހިނެއް؟
19 ސެޕްޓެންބަރ 2020 | ހޮނިހިރު 16:42
1828
މީހަކު މަރާލުން ބަލައެއް ނުގަނެވޭނެ. އެދުވަހު ބަޑި ނުޖެހިނަމަ ނަޝީދު އާއި އިބްރާހީމް މުހައްމަދު ސޯލިހް މި ޤައުމުގައި ވެރިކަމެއް ނުކުރީސް. ބަޑި ޖެހީ އިތުރު އެހެން ގޮތެއް ނެތުމުން. އޮޅުވާ ނުލައްވާ.
19 ސެޕްޓެންބަރ 2020 | ހޮނިހިރު 15:33
ބޮޑުހުސޭނު
އިސްތިއުފާ ދެއްވި ރައީސް ނަޝީދު، 8 ފެބްރުައަރީ 2012ގައި ޕާޓީ ކުދިން ގޮވައިގެން ނުކުންނަވާ މާލެ އާ އަތޮޅުތަކުގައި ހުރި ސަރުކާރުގެ އޮފީސްތކާއި، ކޯޓުތަކުގައި ހުޅު ޖަހައި އަންދާލި ދުވަހަކީ ރާއްޖޭގެ ތާރީޚުގައި ބޮޑުހުޙުގެ އެންމެ ފާހަގަ ކުރެވޭ ދުވަސް.