ހޯމަ 26 އޮކްޓޯބަރ 2020
09 ހެއި
1442 ރަބީއުލް އައްވަލް 09
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
އިރުއޮއްސޭ 17:52
އިޝާ 19:04
ޑރ މައުސޫމް ފަށާއިރަށް ތައުރީފް ކުރެއްވުން

ޓޫރިޒަމް މިނިސްޓަރު ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ދެވި ހިފައިފި

  • ފަށާއިރު ޕްރޮގްރާމަކީ ފަސް އަހަރަށްވުރެ ގިނަ ދުވަހު މެދުކެނޑުމެއްނެތި ގެނެސްދެމުންދާ ޕްރޮގްރާމެއް
  • ރައީސް ޞާލިހު ވެސް ވަނީ ޕްރޮގްރާމަށް ތައުރީފުކުރައްވާ ވާހަކަފުޅު ދައްކަވާފަ
  • ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ އާންމުން ހޭލުންތެރި ކުރުވުން

ކ. މާލެ | 19 ސެޕްޓެންބަރ 2020 | ހޮނިހިރު 11:16 | 18,449

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް - ރާއްޖެއެމްވީ

ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމު ބެއްލެވުމަށް ދެވި ހިފައިފިއެވެ.

ބޮޑު ހެނދުނާ ކޮންމެ ދުވަހަކު ރާއްޖެޓީވީން ގެނެސްދޭ ފަށާއިރު ޕްރޮގްރާމަކީ ފަސް އަހަރަށްވުރެ ގިނަ ދުވަހު މެދުކެނޑުމެއްނެތި ގެނެސްދެމުންދާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމަކީ އެދުވަސްވަރެއްގައި ހިމެނޭ މުހިންމު ގިނަ ކަންކަމަށް އަލި އަޅުވާލައިގެން ކުރިއަށްގެންދާ އުފެއްދުންތެރި، މައުލޫމާތު މުއްސަނދި ޕްރޮގްރާމެކެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ފަށާއިރު ޕްރޮގްރާމު ޓެގް ކުރައްވާ ޓޫރިޒަމް މިނިސްޓަރު މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދުވަސް ފަށާއިރު ހޭލުންތެރިކަން އިތުރުކުރުވާ، "ފަށާއިރު" ޕްރޮގްރާމަށް ދެވި ހިފަން ފަށައިފި ކަމަށެވެ. އިތުރަށް މިނިސްޓަރު ވިދާޅުވެފައި ވަނީ މިފަދަ މޮޅު ޕްރޮގްރާމުތައް ގިނަވުމުން ހޭލުންތެރިކަން އިތުރުވުމަށް މަގު ފަހިވެގެންދާ ކަމަށެވެ.

ފަށާއިރު ޕްރޮގްރާމަށް ތައުރީފުކުރައްވާ ޓޫރިޒަމް މިނިސްޓަރު ޓްވީޓު ކުރެއްވިއިރު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހު ވެސް ޕްރޮގްރާމަށް ތައުރީފުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. މި ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގަންނަވާ އެދުވަހު ރައީސް ވިދާޅުވެފައި ވަނީ، އެމަނިކުފާނު ކޮންމެ ދުވަހަކުވެސް ހެނދުނު ހޭފުޅުލައްވައިގެން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމު ގަވާއިދުން ބައްލަވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރުގެ ޓްވީޓަށް އިޝާރާތް ކުރައްވާ ޕްރޮގްރާމުގެ ޕްރޮޑިއުސަރ އަދި ހޮސްޓް އާމިރު ސަލީމް ވިދާޅުވީ، މި ޕްރޮގްރާމަކީ ރާއްޖޭގެ ސީނިއާ ލެވެލްގެ ހުރިހާ ބޭފުޅުންވެސް ގަވާއިދުން ބައްލަވާ، ރާއްޖޭގެ އެންމެ އޯޑިއަންސް ބޮޑު އެއް ޕްރޮގްރާމު ކަމަށެވެ. އަދި މިނިސްޓަރު މައުސޫމް ޕްރޮގްރާމަށް ތައުރީފުކުރެއްވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި އެކަމަށްޓަކައި މިނިސްޓަރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އިތުރަށް އާމިރު ވިދާޅުވީ، މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ އާންމުން ހޭލުންތެރިކުރުވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް ވީހާވެސް ތިލަކޮށް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުން ކަމަށެވެ. އެގޮތުން އެފަދަ ވާހަކަތައް ގެނެސްދޭއިރު، ރައްޔިތުން ހިތްދަތި ނުވެ އުފާވާ ގޮތަށް ހަބަރާއި މައުލޫމާތު ގެނެސްދެވޭތޯ އަބަދުވެސް މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމަކީ ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ކަންކަމަށާއި، ސިޔާސީ މަސްރަހު އަދި މުނިފޫހިފިލުވުމުގެ ކަންކަމަށްވެސް އަލިއަޅުވާލައިގެން ގެނެސްދޭ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމުގެ ވާހަކަތައް ގެނެސްދޭއިރު "ސަރކާސްޓިކް" ކޮށް ސިޔާސީ ފަރާތްތަކުގެ ވާހަކަތަކާއި، ސަރުކާރުގެ ވާހަކަތައްވެސް ހަމަހަމަކަމާއެކު އެއްވަރަކަށް ގެނެސްދެމުންދާކަން ވެސް ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ނާޒުމީ ސައީދު

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.