ކ. މާލެ
|
19 ސެޕްޓެންބަރ 2020 | ހޮނިހިރު 15:21
ގަތަރު އެއާވޭސްގެ ގެ ފްލައިޓެއްގައި ދަތުރުކުރި މީހުން ފްލައިޓުން ފައިބަނީ
ގަތަރު އެއާވޭސްގެ ގެ ފްލައިޓެއްގައި ދަތުރުކުރި މީހުން ފްލައިޓުން ފައިބަނީ
ސިމާހާ ނަސީމް
ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައުން
ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނަ އަދަދެއްގެ މީހުން ރާއްޖެ އައީ އިއްޔެ
 
597 މީހުން ވަނީ ރާއްޖެ އިން ފުރާފައި
 
އެންމެ ގިނަ މީހުން އައިސްފައި ވަނީ ރަޝިއާއިން
 
ސެޕްޓެމްބަރު 18 ގައި 708 މީހުން ރާއްޖެ އައި

ރާއްޖޭގެ ބޯޑަރު ޖުލައި 15 ވަނަ ދުވަހު ހުޅުވާލިފަހުން އެންމެ ގިނަ އަދަދެއްގެ މީހުން ރާއްޖެ އައިސްފައި ވަނީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަން ވީއައިއޭ ގެ ޓާމިނަލް އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ހުސެއިން ވިދާޅުވީ ސެޕްޓެމްބަރު 18 ވަނަ ދުވަހު ރާއްޖެއަށް 708 މީހުން އައިސްފައިވާ ކަމަށެވެ. އެގޮތުން އެންމެ ގިނައިން މީހުން އައިސްފައި ވަނީ ރަޝިއާއިން ނެވެ.

ރަޝިއާގެ އެއޮރޯފްލޯޓު ފްލައިޓްގައި 335 މީހުން ވަނީ ރާއްޖެ އައިސްފައެވެ. މީގެ އިތުރުން އިއްތިހާދު އެއާވޭސް އިން 13 މީހުން އައިސްފައިވާ އިރު، އެމިރޭޓްސް އިން 153 މީހުން ވަނީ އައިސްފައެވެ. އަދި ގަތަރު އެއާވޭސް އިން 121 މީހުން ވަނީ ރާއްޖެ އައިސްފައެވެ.

ވީއައިއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޓާކިޝް އެއާލައިނުގެ ފްލައިޓެއްގައި ރާއްޖެ އަށް ފަސް މީހުން އައިސްފައިވާ އިރު، ސްރީލަންކަން އެއާލައިންސް އިން އައިސްފައި ވަނީ 16 މީހުންނެވެ. އަދި މޯލްޑިވިއަން ގެ ފްލައިޓެއްގައި 65 މީހުން ވަނީ ރާއްޖެ އައިސްފައިވެއެވެ.

ސެޕްޓެމްބަރު 18 ވަނަ ދުވަހު ރާއްޖެއަށް އަށް ފްލައިޓް ދަތުރު ކޮށްފައިވާ ކަމަށާއި ޖުމްލަ 597 މީހުން ރާއްޖެ އިން ފުރާފައިވާ ކަމަށް ވެސް ވީއައިއޭ އިން ބުނެއެވެ.

މީގެ އިތުރުން ޑޮމެސްޓިކް އަށް ފްލައިޓެއް ވެސް ވަނީ ސެޕްޓެމްބަރު 18 ގައި އޮޕަރޭޓް ކޮށްފައެވެ. އެގޮތުން މާލެ އަށް 153 މީހުން އައިސްފައިވާ އިރު، ރާއްޖޭގެ އެކި ރަށްރަށަށް 161 މީހުން ވަނީ ފުރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް