ކ. މާލެ
|
19 ސެޕްޓެންބަރ 2020 | ހޮނިހިރު 09:05
ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރު އަދި ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު
ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރު އަދި ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު
ރާއްޖެ އެމްވީ
ސިޔާސީ ދުނިޔެ
ރައީސް ޔާމީން ސަރުކާރުގައި މުއައްސަސާތަކުގެ ވެރިން ތިބީ ކަނުބަނދެފަ: އިލްހާމް
 
ރައީސް ޔާމީންގެ ސަރުކާރުގައި ގާނޫނާއި ހިލާފު ގިނަ ކަންތައްތަކެއް
 
އެއިރު އެ މުއައްސަސާގެ ވެރިން ތިއްބެވީ ކަނުބަނދެފައި ކަމަށް މީހަކު ބުނި
 
އެވެރިން މިހާރު ރިޕޯޓުތައް ނެރުމުގައި ވަރަށް ފަރިތަ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މުއައްސަސާތަކުގެ ވެރިން ތިބީ ކަނުބަނދެފައި ކަމަށާއި އެވެރިން މިހާރު ރިޕޯޓުތައް ނެރުމުގައި ވަރަށް ފަރިތަ ކަމަށް ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި އެކި މުއައްސަސާތަކުން ކުރަމުންދާ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ބަލައި އޮޑިޓްތައް ހަދަމުންދާއިރު، އެކަމުގައި ސަރުކާރުން ދަނީ މުއައްސަސާ ތަކަށާއި އޮޑިޓަރ ޖެނެރަލްއަށް އެއްބާރުލުން ދެއްވަމުންނެވެ. ވަކިން ހާއްސަ ގޮތެއްގައި ކޮވިޑް-19 އާއި ގުޅިގެން ކުރަމުންދާ ހަރަދުތަކުގެ އޮޑިޓް ރިޕޯޓުތައް ހަދައި އާންމު ކުރުން ވަނީ އިތުރުވެފައެވެ.

މިކަމަށް އިޝާރާތް ކުރައްވާ އިލްހާމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މީގެ ދުވަސްތަކެއް ކުރިން މުއައްސަސާތަކުގައި ތިއްބެވީ ވެސް މިހާރު އެ މުއައްސަސާތަކުގައި ތިއްބެވި ވެރިން ކަމަށެވެ. އަދި އޭރު ގައުމުގައި ހިނގާދިޔަ ކަންކަން ހާމަކޮށް، ސުރުހީ އަޅާލަން ކެރުނު މުއައްސަސާއެއް ނެތްއިރު، މިއަދު އެންމެ އެކްޓިވްކޮށް މަސައްކަތް ކުރަނީ އެ މުއައްސަސާތަކުން ކަމަށް އިލްހާމު ވިދާޅުވިއެވެ.

އިލްހާމު ވިދާޅުވީ މުއައްސަސާތަކުގެ ތެރެއިން ފަރިތަކަމާއެކު ރިޕޯޓްތައް ނެރެމުންދާ ގިނަ މުއައްސަސާތަކުގައި މިހާރުވެސް ތިއްބެވީ މީގެކުރިން އެ މުއައްސަސާތައް ހިންގެވުމުގައި ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން ކަމަށެވެ.

"އެއިރު އެ މުއައްސަސާގެ ވެރިން ތިއްބެވީ ކަނުބަނދެފައި ކަމަށް މީހަކު ބުނި. މިހާރުވެސް ތިއްބެވީ ހަމަ އެ ވެރިން ކަމަށްވަނީ ތަފާތަކީ ރިޕޯޓްތައް ނެރެން މިހާރު ވަރަށް ފަރިތަވެފައި ހިމަނަންޖެހޭ މަޢުލޫމާތުވެސް ނުހިމަނައި ވަރަށް ކެރޭކަން ދައްކަން އުޅޭކަން."
ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމު އަހުމަދު

އިލްހާމު ވިދާޅުވީ އޭރާއި މިހާރުގެ ތަފާތަކީ މުއައްސަސާތަކުގެ ވެރިންގެ ގޮތުގައި ތިއްބަވައިގެން ރިޕޯޓުތައް ނެރެން އެބޭފުޅުން ވަރަށް ފަރިތަ ކަމަށާއި އަދި ހިމަނަން ޖެހޭ މައުލޫމާތު ވެސް ނުހިމަނައި ރިޕޯޓުތައް ނެރުމަށް އެބޭފުޅުން ވަރަށް ކެރޭކަން ދައްކަން އުޅުއްވާ ކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ގާނޫނާއި ހިލާފު ގިނަ ކަންތައްތަކެއް ފާޅުކަން ބޮޑު ގޮތެއްގައި ހިނގަމުން ދިޔައިރު، އެކަންކަން ބަލާ ފިޔަވަޅު އަޅަން ކެރުނު މުއައްސަސާއެއް ނެތެވެ. އަދި އެސަރުކާރުން ކުރަމުންދިޔަ ކަންކަމުގައި ބަސް ބުނެ ރިޕޯޓެއް އާންމު ކުރަން ނުކެރުނުއިރު، އެ މުއައްސަސާތަކުގެ ވެރިން ތިއްބެވީ ވަޒީފާގެ ބިރަށް ކަނުބަނދެ ތަޅު އެޅުވިފައެވެ.

މިސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު ވަނީ މުއައްސަސާތަކުގެ އޮޑިޓް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދަވާނެ ކަމަށާއި އެކަމުގައި އޮޑިޓަރ ޖެނެރަލަށް އެއްވެސް ސިޔާސީ ނުފޫޒެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި އޮޑިޓް ރިޕޯޓުތަކުން ފާހަގަވާ ކަންކަމުގައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމުގައި ފަހަތަަށް ޖެހި ވަޑައިނުގަންނަވާނެ ކަމަށް ވެސް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
60%
0%
7%
7%
27%
ކޮމެންޓް
19 ސެޕްޓެންބަރ 2020 | ހޮނިހިރު 12:52
އެއިރު ކަނުބަދެފަ ރައިސް ސާލިހުގެ.ސަރުކާރުގައި ބޭރުނުފެންނަ ގޮތްނޭގޭ އަދިރި ކަޅުފޮއްޓަކަށްލާފައި
19 ސެޕްޓެންބަރ 2020 | ހޮނިހިރު 12:04
ވަހީއްތާ
އެއީ ރަނގަޅު ވާހަކައެއް. އިސްލާމިކް މިނިސްޓްރީގައި އިލްހާމުގެ ކޮއްކޮ މައުރޫފު، ހައުސިން މިނިސްޓްރީގައި ދެބެއިންގެ ދެދަރި ސަލާމު އާއި އަޖުވަދު، ސްޕްރީމް ކޯޓުގައި އެއްބަނޑު ކޮއްކޮއެއް، އެފްއޭއެމްގައި އެއްބަނޑު ކޮއްކޮއެއް، ސްޕޯޓްސް މިނިސްޓްރީގައި އެއްބަނޑު ކޮއްކޮއެއް، މީގައި ނެތެ ޖީސީން ފާސްވި މީހަމީހަކު. އެކަމަކު ކަނނު ބަދެގެން މަޤާމުތައް ހޯދީ އިލްހާމްބެ.
19 ސެޕްޓެންބަރ 2020 | ހޮނިހިރު 10:29
މަރޭ
ކުރާނެ ކަމެއްނެތިހެން ހީވަނީ. ދައްކަން ވީ ވާހަކަ އަކީ މިހާރު ގެ ސަރުކާރުގެ ވާހަކް. އޭރުން ގައުމު ކުރިއަރާނީ.އަބަދުޔާމީނުގެ ވާހަކަ ދއްކައިގެނަ މީހުންގެ ރުހުން ނުހޯދަބަލަ. ސަރުކާރު ބަދަލު ވީ ތިހުރިހާވާހަ އެއް ދައްކައިގެން އެހެން ވީމަ އެނަ އެވަނީ ޖަލުގަ.ދެންކުރަންވީ ކަމަކީ ގައުމު ކުރިއަރުވަން ތިބުނާ މިނިވަން ކަމާއެކު.