ކ. މާލެ
|
19 ސެޕްޓެންބަރ 2020 | ހޮނިހިރު 21:41
ކަންގަނާ ރަނައުތު
ކަންގަނާ ރަނައުތު
ގޫގުލް
މުނިފޫހިފިލުވުން
ޒުވާބުތައް ފައްޓަނީ އަހަންނެއް ނޫން: ކަންގަނާ
 
މުމްބާއީ އަކީ އިންޑިއާގެ ކަޝްމީރުގެ ގޮތުގައި ކަންގަނާ ވަނީ ސިފަކޮށްފައި
 
ކަންގަނާ ބުނީ އޭނާ ދުވަހަކުވެސް އެއްވެސް ޒުވާބެއް ފަށާފައި ނުވާކަމަށް

ބޮލީވުޑްގައި ހިނގާ ހުރިހާ ބޮޑެތި މައްސަލަތަކެއްގައި، މަޝްހޫރު ބަތޮލާ ކަންގަނާ ރަނައުތު އަންނަނީ އަބަދުވެސް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ފާޑުކިޔަމުންނެވެ.

އެހެންކަމުން އާންމުންނަށް ހީވެފައި އޮންނަނީ އޭނާއަކީ އަބަދުވެސް ޒުވާބު ކުރާ މީހެއް ކަމަށެވެ. ނަމަވެސް ކަންގަނާ ވަނީ އެއީ ދޮގެއް ކަމަށް ބުނެ ޓްވީޓެއް ކޮށްފައެވެ.

ޓްވީޓްގައި ކަންގަނާ ބުނެފައިވަނީ ޒުވާބު ފަށަނީ އޭނާ ނޫން ކަމަށެވެ. އަދި އޭނާގެ އެކަހަލަ އެއްވެސް ރެކޯޑެއް ވެސް ނޯންނާނެ ކަމަށް ކަންގަނާ ވަނީ ޓްވީޓްގައި ބުނެފައެވެ. އޭނާގެ ވާހަކަތައް އެއީ ދޮގެއް ކަމަށް ސާބިތު ކޮށްދީފިނަމަ އޭނާ ޓްވިޓަރ އާއި ދުރަށްދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ކަންގަނާ އިތުރަށް ބުނީ އޭނާ ދުވަހަކުވެސް އެއްވެސް ޒުވާބެއް ފަށާފައި ނުވާ ކަމަށެވެ. ނަމަވެސް ކޮންމެ ޒުވާބެއް ވެސް ނިންމަނީ އޭނާ ކަމަށެވެ.

ކަންގަނާ އަންނަނީ ސުޝާނަތް ސިންގް ރާޖުޕްތްގެ މަރުގެ މައްސަލައިގައި މުމްބައި ޕޮލިހަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. މި ފާޑުކިޔުމުގައި ކަންގަނާ ވަނީ މުމްބާއީ އަކީ އިންޑިއާގެ ކަޝްމީރުގެ ގޮތުގައި ވެސް ސިފަ ކޮށްފައެވެ. މި މައްސަލައިގެ ތެރެއިން ކަންގަނާގެ އޮފީސް ވެސް ވަނީ ތަޅާލާފައެވެ. އަދި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކަންގަނާ ވަނީ ބޮމްބޭ ހައި ކޯޓަށް މައްސަލަ ވެސް ހުށަހަޅާފައެވެ.

މި މައްސަލައިގެ ތެރެއިން އިންޑިއާގެ މަޝްހޫރު އެތަކެއް ތަރިންނަކީ މަސްތުވާތަކެތި ބޭނުން ކުރާ ބައެއްގެ ގޮތުގައި ކަންގަނާ ވަނީ ފާހަގަކޮށްފައެވެ. އަދި ބައެއް ފިލްމީ ތަރިންނާއި ކަންގަނާ އާއި ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް