ކ. މާލެ
|
20 ސެޕްޓެންބަރ 2020 | އާދީއްތަ 13:21
ރިއާ ޗަކްރަބޯޓީ އާއި ކޮއްކް ޝޮވިކް
ރިއާ ޗަކްރަބޯޓީ އާއި ކޮއްކް ޝޮވިކް
ޕީޓީއައި
މުނިފޫހިފިލުވުން
ރިއާގެ ކޮއްކޮ ޝޮވިކް އަބަދުހެން ހުންނަނީ މަސްތުވެގެން: ސުޝާންތުގެ ފާމްހައުސް މެނޭޖަރު
 
ކުރިން ފާމްހައުސް ބެލެހެއްޓުމުގެ ކަނތަކާ ހަވާލުވެގެން ހުރީ ސުޝާންތުގެ ކުރީގެ އެކުވެރިއެއް
 
ސުޝާންތުގެ ހަޔާތަށް ރިއާ އައިފަހުން ބޮޑެތި ބަދަލުތަކެއް އައިސްފައިވޭ

ދާދި ފަހުން ދަންޖެހި މަރުވެފައި ހުއްޓާފެނުނު ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖުޕްތުގެ މަރުގެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ފެންމަތިވި ޑުރަގްގެ މައްސަލައާއި ގުޅިގެން ސުޝާންތުގެ ފާމްހައުސްގެ މެނޭޖަރު މިވަނީ މީޑިއާ އާއި ވާހަކަ ދައްކާފައެވެ.

އިންޑިއާގެ "ރިޕަބްލިކް ޓީވީ" އާއި ވާހަކަ ދައްކަމުން މެނޭޖަރު ބުނެފައިވަނީ ސުޝާންތުގެ ފާމްހައުސް ދެ އަހަރު ދުވަސް ވަންދެން އޭނާ ބަލަހައްޓައި ދިންކަމަށެވެ. އަދި ސުޝާންތުގެ ހަޔާތަށް ރިއާ އައިފަހުން ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށެވެ. އެގޮތުން މި ނިމުނު 2019 ވަނަ އަހަރުގެ ޖުލައިގައި ރިއާގެ ޕާޓީއެއް ވެސް ފާމްހައުސްގައި ބޭއްވިކަމަށް މެނޭޖަރު ބުނެފައިވެއެވެ. އަދި ރިއާ އާއި އޭނާގެ ކޮއްކް ޝޮވިކް ފާމްހައުސްއަށް އައުން އާންމުވިކަމަށެވެ.

އެޔަށްފަހު ފާމްހައުސް ބެލެހެއްޓުމާ ހަވާލުވެގެން ހުރީ ރިއާކަމަށްވެސް މެނޭޖަރު ވަނީ ބުނެފައެވެ. ރިއާ ފާމްހައުސް ބެލެހެއްޓުމާ ހަވާލުވިފަހުން ގޭގެ މެއިންޓެނެންސް ކަންކަމަށް ފައިސާ ހޯދަން ދަތިވެގެން ދިޔަކަމަށްވެސް މެނޭޖަރު ބުނެފައިވެއެވެ. އަދި ރިއާ ހަވާލުވުމުގެ ކުރިން ފާމްހައުސް ބެލެހެއްޓުމުގެ ކަނތަކާ ހަވާލުވެގެން ހުރީ ސުޝާންތުގެ ކުރީގެ އެކުވެރިއެއް ކަމަށްވާ ކުޝާލް ޒަވޭރީއެވެ. އަދި އޭރު ވަރަށް ފަސޭހައިން ހުރިހާކަމެއްވެސް ވާކަމަށް މެނޭޖަރު ބުނެފައިވެއެވެ.

މީގެ އިތުރުން މެނޭޖަރު ބުނެފައިވަނީ އޭނާއަށް ރިއާގެ ކޮއްކޮ ޝޮވިކް ފެނުނު ކޮންމެ ފަހަރެއްގައިވެސް ހުންނަނީ މަސްތުގެ ހާލަތުގައިކަމަށެވެ. އަދި ރިއާވެސް އެ ފާމްހައުސްގައި ގިނަ އަދަދަކަށް ޕާޓީކޮށްފައިވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ރިއާ އާއި އޭނާގެ ކޮއްކޮ ޝޮވިކް އާއި މުމްބާއީގައި ހުންނަ ސުޝާންތުގެ ގޭގެ މެނޭޖަރުވެސް މިހާރު ވަނީ ހައްޔަރު ކޮއްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް