ހޯމަ 26 އޮކްޓޯބަރ 2020
09 ހެއި
1442 ރަބީއުލް އައްވަލް 09
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
އިރުއޮއްސޭ 17:52
އިޝާ 19:04
ޗައިނާގެ ބެކްޓީރީއާ ލީކްވުން

ޗައިނާގެ ފެކްޓްރީއަކުން ލީކްވި ބެކްޓީރިއާ އަށް ހާހެއްހާ މީހުން ޕޮޒިޓިވް

  • 3245 މީހަކަށް ވަނީ ޖެހިފައި
  • އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ހުޅުހުޅުގައި ރިއްސުން ހިމެނޭ

ކ. މާލެ | 19 ސެޕްޓެންބަރ 2020 | ހޮނިހިރު 09:08 | 23,028

3245 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައި - ރޮއިޓަރސް

ޖަނަވާރުންގެ ވެކްސިން އުފައްދަ ޗައިނާގެ ސަރުކާރު ހިއްސާވާ ބަޔޯ ޕާމަސޫޓިކަލް ޕްލާންޓަކުން މިދިޔަ އަހަރު ލީކްވި ބޭކްޓީރިއާ ބައްޔަކަށް އެ ގައުމުގެ ހުޅަނގު އުތުރުގެ ހާހެއްހާ މީހުން ޕޮޒިޓިވްވެއްޖެ އެވެ.

ލަންޖޯ ސިޓީގެ އޮފިޝަލުން ވިދާޅުވީ، ޖަނަވާރުންނާއި ޖަނަވާރުގެ މަހުގެ ބާވަތްތަަކާއި ކްލޯސް ކޮންޓެކްޓުވުމުން ޖެހޭ ''ބްރީސަލޯސެސް'' ބަލި 3245 މީހަކަށް ޖެހިފައިވާ ކަމަށެވެ. މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހުން އައުމާއި، ހުޅުހުޅުގައި ރިއްސުމުގެ އިތުުރުން ބޮލުގައި ރިއްސުން ހިމެނެއެވެ.

މި ބައްޔަށް އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ 1401 މީހުން ކަމަށް ހެލްތް އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުން ރިޕޯޓް ކުރެއެވެ. އެކަމަކު މިހާތަނަށް އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ބަލި އަރާފައިވާ ކަމުގެ ހެއްކެއް ނެތް ފެންނަން ކަމަށް ސިއްހީ އޮފިޝަލުންނާއި ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ޗައިނާގެ އޮފިޝަލުންނަށް ވަނީ ބަޔޯފާމަސޫޓިކަލް ޕްލާންޓް ތެރޭގައި ޖަނަވާރުންނަށް ދޭން ބޭނުން ކުރާ ބްރުސަލާ ވެކްސިންގެ މުއްދަތު ހަމަވެފައި ހުރި ޑިސްއިންފެކްޓެންޓްތަކެއް ފެނިފައެވެ. މި ބޭނުން ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހާ ދެމެދުއެވެ. އެހެން ކަމުން ފެކްޓްރީން ބެކްޓީރިއާ އެއްކޮށް ނައްތާ ނުލެވޭ ކަމަށް އޮފިސަރުންނަށް ގަބޫލު ކުރެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.