ކ. މާލެ
|
18 ސެޕްޓެންބަރ 2020 | ހުކުރު 18:32
އިންތިގެ ކުރެހުންތަކެއް
އިންތިގެ ކުރެހުންތަކެއް
އިމްތިޔާޒް ފަހުމީ
އިންތިގެ ކުރެހުން
ކްލާހުގައި އިންނެވިޔަސް، މަޖިލީހުގައި އިންނެވިޔަސް އިންތި ކުރަހާ: އެކަމުގެ ސިއްރަކީ މިއީ!
 
ކުރެހުމަކީ މުހިއްމު ވަގުތުތަކުގައި ކުރާ ކަމެއް ނޫން
 
އަބަދުވެސް ކުރެހުމަށް ޝައުގުވެރިކަން ހުރޭ

ތަސްވީރުން ފެނުނީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ސީރިއަސް ބައްދަލުވުމެއް ކުރިއަށް ދާ ތަނެވެ. ފެންނަ ފެނުމަށް ބައްދަލުވުމުގެ ބައިވެރިން ވެސް ތިއްބެވީ މުހިއްމު މަޝްވަރާ އަކަށް ތައްޔާރުވެގެންނެވެ. މުޅި ތަސްވީރުން ވެސް ފެނިގެން ދިޔައީ ބައްދަލުވުމުގެ ސީރިއަސް ކަމެވެ. އެހެންނަމަވެސް، ބައްދަލުވުމުގައި އިންނެވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް މުޅި މީސްމީޑިއާގެ ސަމާލުކަން ހުއްޓިގެން ދިޔައީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. މި ތަސްވީރުން ފެންނަ ގޮތުގައި އިންތި އިންނެވީ ހުސްގަނޑެއްގައި ކުރެހުމަށެވެ. މިއާއި އެކު މީސްމީޑިއާގައި ބަންޑުންވެގެން ދިޔައީ އާއްމުންގެ އެކި ޝުއޫރުތަކެވެ.

އެއް ބަޔަކު އިންތިއަށް މަލާމާތުގެ ބަސް ރައްދު ކުރަމުން ދިޔައިރު އެމީހުން ބުނަމުން ދިޔައީ އިންތިގެ ތަސްވީރުން ފެނިގެން ދިޔައީ ކަންކަން ސީރިއަސް ކޮށް ނުނަންގަވާ މިންވަރު ކަމަށެވެ. މަސައްކަތަށް ސަމާލުކަމެއް ނުދީ އިންނަވާ ކަން ކަމަށެވެ. އެހެންނަމަވެސް އަނެއް ބަޔަކަށް އިންތިގެ މަސައްކަތް ވަރަށް ކަމުދިޔައެވެ. އެ މީހުން ބުނާ ގޮތުގައި ކުރެހުމުން ކަންކަމަށް ސަމާލުކަންދެވޭ މިންވަރު އިތުރުވެގެން ދެއެވެ. އެއީ އެމީހުން ބޯ ހަމަޖައްސާލަން ކުރާ ކަމެކެވެ.

އިންތި ވެސް ވިދާޅުވީ މިހެންނެވެ. 'ރާއްޖެއެމްވީ' އަށް ދެއްވި އިންޓަރވިއުއެއްގައި އިންތި ވިދާޅުވީ ކުރެހުމުން އޭނާއަށް ކަންކަމަށް ދެވޭ ސަމާލުކަން އިތުރުވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރެހުމަކީ އޭނާގެ ހޮބީއެވެ. ހުސްވަގުތުގައި ފޫހިފިލުވާލަން ކުރާ ކަމެކެވެ. ކުރެހިޔަސް 'ކޮންސެންޓްރޭޓް ކުރަން އެނގިވަޑައިގަންނަވާނެ ކަމަށް އިންތި ވިދާޅުވިއެވެ. 'ރާއްޖެ އެމްވީ' އަށް އިންތި ވިދާޅުވީ ކުރެހުމަކީ އޭނާ މުހިއްމު ވަގުތުތަކުގައި ކުރައްވާ ކަމެއް ނޫން ކަމަށެވެ.

ސްކެޗެއް ކުރިޔަސް އަޅުގަނޑުމެންނަށް ކޮންސެންޓްރޭޓް ކުރަން އެނގޭނެ. ކަން ކުރަންވީގޮތުގެ މެޗުއާރިޓީ ހުންނާނެ އިރާދަކުރެއްވިއްޔާ. އަޅުގަނޑުމެންނަށް އެނގޭނެ މީޓިންގްސް ތައް ހޭންޑްލްކުރާނެ ގޮތް. އަނެއްކާ އެއީ އެހެން ތިބޭއިރުވެސް ފަންސުރުން ވަރަށް ފަސޭހައަށް ޓަކައި އެއް ބަޔަކު ސްކެޗް ކުރާނެ. މީޓިންގް ގައި އަޅުގަނޑުމެންގެ ކޮންސެންޓްރޭޝަން ހުންނާނެ، މީޓިންގް ގެ އެންމެ އިމްޕޯޓެންޓް ވަގުތުތަކުގައިވެސް ނޫން. އެހުންނަނީ މީޓިންގް ފެށުމުގެ ކުރިންނާއި ނިމެން ކައިރިވީމައާއި ހުރިހާ އިމްޕޯޓެންޓް ބައިތަކެއް ދާ ފަހުން.
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)

މީސްމީޑިއާގައި އެމްޑިޕީން ހިއްސާ ކޮށްފައިވާ ފޮޓޯގައި އިންތިގެ އެ ސްކެޗުގެ މާބޮޑު ބައެއް ނިމިފައެއް ނުވެ އެވެ. އެހެންނަމަވެސް މި ފޮޓޯ އާއި ގުޅިގެން އައި ފާޑުކިއުންތަކަށް އިންތި ރައްދު ދެއްވާފައިވަނީ މި ކުރެހުމުގެ 'އެންޑް ރިސަލްޓް' ހިއްސާ ކުރައްވަމުންނެވެ.

އިންތިގެ މި ކުރެހުން ހިއްސާ ކުރެއްވުމާއި އެކު ގިނަ ބަޔަކަށް ކަމުދިޔައެވެ. ސޯޝަލް މީޑިއާގައި ތައުރީފުގެ ބަސްތައް އޮއްސިގެން ދިޔައިރު، ދެން އުފެދުނު ސުވާލަކީ އެ ކުރެހުމުގައި އެ ފެންނަ އަންހެން ކުއްޖާ އަކީ ކާކުބާއެވެ. މި ސުވާލުގެ ޖަވާބުދެއްވަމުން އިންތި ވިދާޅުވީ އެއީ ހިޔާލީ ކުއްޖެއް ކަމަށެވެ.

އިންތި ވިދާޅުވަނީ އިންތި އަކީ އަބަދުވެސް ކުރެހުމަށް ވަރަށް ޝައުގުވެރިވާ މީހެއް ކަމަށެވެ. އެގޮތުން ސްކޫލް ދައުރުގައި ވެސް ފޮތްތައް ހުންނާނީ ވަރަށް 'ހަޑިކޮށް' ކަމަށް އޭނާ ވިދާޅުވިއެވެ. އަބަދުވެސް ފޮތުގެ ބަނޑޭރި ގަނޑުގައި ކުރަހާ ކަމަށް ވިދާޅުވިއެވެ. ސްކޫލް ދައުރުގެ ހަނދާންތައް އައު ކުރައްވަމުން އޭނާ ވިދާޅުވީ ސްކޫލްގައި ބާއްވާ އާޓް މުބާރާތްތަކުގައި ވެސް ބައިވެރިވާ ކަމަށެވެ.

އިންތިގެ ކުރެހުމެއް

ރައްޔިތުންގެ މަޖިލީހުގައި އިންނަވާއިރު ވެސް ކުރަހާ ކަމަށް އިންތި ވިދާޅުވިއެވެ. އެގޮތުން މޭޒުމަތީގައި ހުންނަ ފޮތްތަކުން ވެސް އިންތިގެ ކުރެހުންތައް ފެންނާނެ ކަމަށް އޭނާ ބުނެއެވެ. އެހެންނަމަވެސް އެއީ މުހިއްމު މަސައްކަތްތަކުގައި އުޅުއްވާއިރު ކުރައްވާ ކަމެއް ނޫންކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

މަޖިލީހުގައި އުޅޭއިރު ވަރަށް ގިނައިން ކުރަހަން. އެކަމަކު މުހިއްމު ކަންތައްތައް ކުރާއިރުއެއް ނޫން.
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)

ކްލާހުގައި އިންނެވިޔަސް، މަޖިލީހުގައި އިންނެވިޔަސް، އަދި މީޓިންގް ތަކުގައި އިންނަވާއިރު ވެސް އިންތި އަކީ ކުރަހާ ބޭފުޅެކެވެ. އިންތިގެ އެ ކުރެހުމުގެ ފަހަތުގައިވާ ސިއްރަކީ މިއީއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
7%
46%
0%
37%
4%
6%
ކޮމެންޓް
19 ސެޕްޓެންބަރ 2020 | ހޮނިހިރު 23:29
މުހައްްމަދު25
އިންތި ބޮޑުކަމުދިޔަސް ތި ރީދޫ ބައިގަޑައް ރީތިވާނެ..
18 ސެޕްޓެންބަރ 2020 | ހުކުރު 21:25
ޖަނާ
ޢަދި އޮރިޔާން ނުފޮރުވާ ތިބި މީހުންނޭ މި ކުރަހަނީވެސް.
18 ސެޕްޓެންބަރ 2020 | ހުކުރު 21:18
ސިފަ ކުރެހުމަކީ ކޮން ކަހަލަ ކަމެއްބާ
Narrated `Aisha: I stuffed for the Prophet (ﷺ) a pillow decorated with pictures (of animals) which looked like a Namruqa (i.e. a small cushion). He came and stood among the people with excitement apparent on his face. I said, "O Allah's Messenger (ﷺ)! What is wrong?" He said, "What is this pillow?" I said, "I have prepared this pillow for you, so that you may recline on it." He said, "Don't you know that angels do not enter a house wherein there are pictures; and whoever makes a picture will be punished on the Day of Resurrection and will be asked to give life to (what he has created)?" Sahih al-Bukhari 3224