ކ. މާލެ
|
19 ސެޕްޓެންބަރ 2020 | ހޮނިހިރު 13:51
ދީޕިކާ އަދި ކަރަން ޖޯހަރު
ދީޕިކާ އަދި ކަރަން ޖޯހަރު
ޓައިމްސް އޮފް އިންޑިއާ
ބޮލީވުޑް
ދީޕިކާ ޕަޑުކޯން، ކަރަން ޖޯހަރު އަދި ބޮލީވުޑްގެ ބޮޑެތި ތަރިންނަށް ޑްރަގް ބޭނުން ކުރިކަމުގެ ތުހުމަތު!
 
މަސްތުވާ ތަކެތީގެ މައްސަލަ ބޮޑަށް ފެންމަތިވެގެން އައިސްފައި މިވަނީ ސުޝާންތު ސިންގު ރާޖްޕުތުގެ މަރަށްފަހު
 
މި ޕާޓީގައި ބޮލީވުޑްގެ އޭ ލިސްޓުގައި މަސައްކަތް ކުރާ ތަރީން ހިމެނޭ

ކަރަން ޖޯހަރު ބޭއްވި ޕާޓިއެއްގެ ތެރެއިން މަސްތުވާތި ބޭނުންކުރި ކަމަށްބުނެ އިންޑިއާގެ ޝިރޮމަނި އަކާލީ ދާލް ގެ ލީޑަރުު މަންޖިންދަރު ސިންގު ސިރްސާ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި ޕާޓީގައި ދީޕިކާ ޕަޑޫކޯން، ވިކީ ކޯޝަލް، ޝާހިދު ކަޕޫރު، މަލައިކާ އަރޯރާ، އަރްޖުން ކަޕޫރު އަދި ވަރުން ދަވަން ފަދަ ބޮލީވުޑްގެ އޭ ލިސްޓުގައި މަސައްކަތް ކުރާ ތަރީން ހިމެނެއެެވެ. މި ހުރިހާ ތަރީންގެ މައްޗަށްވެސް މަސްތުާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތު ކޮށްފައިވެއެވެ.

ޕާޓީގައި ބައިވެރިވި ފަރާތްތައް

މަސްތުވާތަކެތީގެ މައްސަލަ ބޮޑަށް ފެންމަތިވެގެން އައިސްފައި މިވަނީ ސުޝާންތު ސިންގު ރާޖްޕުތުގެ މަރަށް ފަހުއެވެ. މި މައްސަލަ ރިޕޯޓްކޮށްފައި މިވަނީ ސުޝާންތު ގެ ލޯބިވެރިޔާ ރިއާ ޗަކްރަބޮރްތީ، ސާރާ އަލީ ހާން އަދި ރާކުލް ޕްރީތު ސިންގްއަށް މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތު ކޮށްފައިވަނިކޮށެވެ.

މި މައްސަލަ ރިޕޯޓްކުރުމަށްފަހު މަންޖިންދަރ ސިންގު ވަނީ އެންސީބީގެ ޗީފް ރާކޭޝް އަސްތަނާ އާއި ދެއްލީގައި ބައްދަލުކޮށްފައެވެ. މި ބައްދަލުކުރުމަށްފަހު އޭނާ އެންސީބީގެ ޗީފްއަށް ފޮނުވި ސިޓީވަނީ ޓްވިޓާގައި ޝެއާކޮށްފައެވެ. މި ސިޓީގައި "އަަހަރެން އެންސީބީގެ ޗީފް ރާކޭޝް އަސްތަނާއާއި ދިއްލީގެ ބީއެސްއެފް ހެޑްކުއާޓަރ ގައި ބައްދަލުކުރިން، އަދި ފިލްމު ޕްރޮޑިއުސަރ ކަރަން ޖޯހަރު އަދި ޕާޓީގައި ބައިވެރިވި ހުރިހާ ސްޓާރުންގެ މައްސަލަ ބަލައިދިނުމަށް އެދުނިން. އަދި އެ ޕާޓީގެ ވީޑިއޯވެސް ބަލައިދިނުމަށް އެދުނިން". މަހިންދުރަ ސިންގުވަނީ އޭނާގެ ޓުވިޓާގައި އެ ޕާޓީގެ ވީޑިއޯއެއް ވެސް ޝެއާކޮށްފައެވެ.

މަންޖިންދަރ ސިންގު ކޮށްފައިފވާ ޓްވީޓު

ކަރަން ޖޯހަރު މި ޕާޓީއާބެހޭ ގޮތުން ބުނެފައިވަނީ އޭނާ ވަރަށް ހައިރާންވިކަމަށެވެ. އަދި ދެންފަހަރަކުން މިކަހަލަ ތާކުންތާކު ނުޖެހޭ ތުހުމަތުތަކެއް ކުރާނަމަ އެމީހަކާ ދޭތެރޭ މަރަށް ހަރުކަށި ފިޔަވަޅު އަޅާނެކަމަށެވެ. އަދި މިކަހަލަ ކަމެއް ދެން ތަހައްމަލް ނުކުރެވޭނެކަމަށްވެސް ބުނެފައި ވެއެވެ.

އެންސިބީން ސުޝާންތު ސިންގު ރާޖްޕުތުގެ މަރާއި ގުޅިގެން މިހާތަނަށް 20 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
13%
25%
38%
13%
13%
0%
ކޮމެންޓް
ގުޅުންހުރި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ