ކ. މާލެ
|
18 ސެޕްޓެންބަރ 2020 | ހުކުރު 13:57
ސަލްމާން ޙާން - ސިދާތް ޝުކްލާ
ސަލްމާން ޙާން - ސިދާތް ޝުކްލާ
ގޫގުލް
މުނިފޫހިފިލުވުން
ބިގް ބޮސް ގެ ޝޫޓިން ފަށައިފި
 
ކޮންމެ ސީޒަން އެއްވެސް ފަށާއިރު ކުރީ ސީޒަންގެ ތަރިންގެ ހުށަހެޅުމެއް ދައްކާލާނެ
 
ސަލްމާން ހާން ހޯސްޓްކޮށް ގެނެސްދޭ މި ޝޯ ގެ ޓީޒަރ މިހާރު ދައްކާލައިފި

ކޮންމެ އަހަރަކުވެސް ކަލާސް އިން ގެނެސްދޭ މަޤްބޫލް ރިއަލިޓީ ޝޯ ބިގް ބޮސް ސީޒަން 14 ގެ ޝޫޓިން ފަށައިފިއެވެ.

ސަލްމާން ހާން ހޯސްޓްކޮށް ގެނެސްދޭ މި ޝޯ ގެ ޓީޒަރ މިހާރު ދައްކާލާފައިވާއިރު ސަލްމާނާއި އެކުގައި މި ނިމުނު ސީޒަން ކާމިޔާބުކުރި އެކްޓަރު ސިދާތު ޝުކުލާ ވެސް ހޯސްޓް ކުރާނެކަމަށް އިންޑިއާ ގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ. ނަމަވެސް މިކަން އަދި ކަށަވަރުކޮށް ދީފައެއް ނުވެއެވެ.

ބިގް ބޮސްގެ ކޮންމެ ސީޒަން އެއްވެސް ފަށާއިރު ކުރީ ސީޒަންގެ ތަރިންގެ ހުށަހެޅުމެއް ދައްކާލައެވެ. އެގޮތުން ސިދާތް މިހާރުވަނީ ބިގް ބޮސްގެ ޕްރޮމޯ ޝޫޓެއް ކޮށްފައެވެ. ސިދާތުއަކީ މިހާތަނަށް ބިގް ބޮސް އިން އެންމެ ބޮޑަށް ބެލުންތެރިންގެ މަގްބޫލުކަން ހޯދި އެއް އެކްޓަރެވެ. އަދި މިއާއެކު މިފަހަރުގެ ސީޒަން ގެ ފުރަތަމަ އެޕިސޯޑުން މައިގަނޑު ގޮތެއްގައި ސިދާތް ފެނިގެންދާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް