raajjemv logo
ސްޓެލްކޯގެ ކަރަންޓުގެ މަޝްރޫއު
ކަރަންޓުގެ ބިޔަ މަޝްރޫއު: ސްޓެލްކޯ ތާރީހުގެ ތެރެއަށް
 
މަޝްރޫއު ކުރިޔަށް ގެންދަނީ ޗައިނާގެ ޑޮންފެންގް ކުންފުނިން
 
މަސައްކަތަށް 44 މިލިއަން ޑޮލަރު ހަރަދުވޭ
 
50 މެގަވޮލްޓުގެ އިންޖީނުގެ އެއް ވަނީ ހުޅުމާލޭގައި އަޅާފައި
އަލީ ސަމާޚް
11,099
ކ. މާލެ |
16 ސެޕްޓެންބަރ 2020 | ބުދަ 22:20
ޓްރާންފޯމަރު ބަހައްޓަން ސްޓެލްކޯ އިން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ސަބް ސްޓޭޝަން
ސްޓެލްކޯ

ޒަމާނަށް އަންނަމުން މިދާ ބޮޑެތި ބަދަލްތަކާއިއެކު، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ފެންވަރަށް ވެސް މި އަންނަނީ ވަރަށް ބޮޑެތި ބަދަލްތަކެއް އަންނަމުންނެވެ. ބަވަނަ ވެފައިވާ މި ދުނިޔޭގައި މިވަގުތަށްވެސް ގައުމުތައް ހިންގުމަށް އެންމެ މުހިންމު އެއް ސެކްޓާ އަކަށް ވަނީ އެނާޖީ ސެކްޓާ އެވެ. އެގޮތުން ޒަމާނަށް އަންނަ ބަދަލުތަކާއި، ކަރަންޓަށް އިތުރުވަމުންދާ ޑިމާންޑާއެކު، އެންމެ ބޮޑު ގޮންޖެހުމަކާއި ކުރިމަތިލާން ޖެހޭނެ ބަޔަކީ ރާއްޖޭގައި ނަމަ، ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ އަދި ރާއްޖޭގެ އެންމެ ބޮޑު އެނާޖީ ނުވަތަ ކަރަންޓު ކުންފުނި ސްޓޭޓް އިލެކްޓްރިކް ކުންފުނި ސްޓެލްކޯ އެވެ.

ސްޓެލްކޯއަށް މިކަން ގޮންޖެހުމަކަށް ވަނީ ޑިމާންޑަށް އަންނަ ހަލުވި ބަދަލުގެ ސަބަބުންނެވެ. އެކުންފުނީގެ ހިސާބުތަކުން ދައްކާ ގޮތުން ގްރޭޓާ މާލޭ ރީޖަން ނުވަތަ މާލެ ސަރަހައްދުގެ ޑިމާންޑު އެކަނިވެސް ކޮންމެ އަހަރަކު ހަތް އިންސައްތައާއި ނުވަ އިންސައްތައާއި ދެމެދުގެ އަދަދަކަށް އެބަ އުފުލެއެވެ. އެ ޑިމާންޑާއި އެއްވަރަށް ކޭޓާ ކުރުމަށްޓަކައި މާލޭގެ ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމަށް ސްޓެލްކޯ އިން އަންނަނީ ކޮންމެ ފަސް އަހަރަކުން މެގަ ޕަވަ ޕްރޮޖެކްޓެއް ހިންގަމުންނެވެ. އާބާދީގައި ލައްކައެއްހާ މީހުން ދިރިއުޅޭ ފުރަ މާލެ އަށް ބޭނުންވާ ކަރަންޓުގެ ކެޕޭސިޓީ ކޮންމެ ފަހަރަކު ވެސް ޖެނެރޭޓް މި ކުރެވެނީ އެފަދަ ޕްރޮޖެކްޓް ހިންގައިގެންނެވެ.

ޓްރާންސްފޯމަރުތައް އުފުލުމުގައި ވެހިކަލް އެއް ހަރަކާތްތެރިވަނީ. ފޮޓޯ: ސްޓެލްކޯ

މާލީ ގޮތުންނާއި، އެކި ގޮތްގޮތުން ދިމާވާ ސަބަބުތަކާއި ހުރެ ޕްރޮޖެކްޓް ނުހިންގޭ ފަހަރުތަކުގައި ސްޓެލްކޯއިން އައީ ކުދި ކުދި އިންޖީނު ސްޓެލްކޯގެ ބައުންޑަރީ ތެރޭގައި ބަހައްޓައިގެން އެއިރެއްގެ ޑިމާންޑާއި އެއްވަރަށް ކެޕޭސިޓީ އިތުރު ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

ސްޓެލްކޯއިން އެންމެ ފަހުން މާލޭގައި ހިންގި ފޯތް ޕަވަރ ޕްރޮޖެކްޓްގެ ދަށުން 26 މެގަވޮޓުގެ ކެޕޭސިޓީ މާލޭގައި އޭރު ގާއިމްކުރި އެވެ. އެހެން ނަމަވެސް، އެގޮތަށް މަދު ކެޕޭސިޓީއެއް ޖެނެރޭޓް ކުރުމުގެ ބަދަލުގައި ދުރަށް ވިސްނައި ސްޓެލްކޯއިން ނިންމީ މާލެ ސަރަހައްދަށް ބޭނުންވާވަރަށް ކޭޓާ ކުރުމަށް 100 މެގަވޮޓްގެ ޕަވަރ ޕްލާންޓެއް ފިފްތް ޕަވަރ ޕްރޮޖެކްޓްގެ ދަށުން ގާއިމް ކުރާށެވެ. ފުރިބާރުވެފައިވާ މާލޭގައި ހާއްސަކޮށް، ރެސިޑެންޝަލް އޭރިއާއެއްގައި އެވަރުގެ ޕްރޮޖެކްޓެއް ހިންގާނެ ޖާގަ ނެތުމާއެކު، ސްޓެލްކޯއަށް ޖެހުނީ އެޕްރޮޖެކްޓް ހުޅުމާލެއަށް ބަދަލު ކުރާށެވެ. އަދި ފިފްތް ޕަވަރ ޕްރޮޖެކްޓްގެ ފޭސް އެކެއް ނިމި މިހާރު ހުޅުމާލެއަށް ކަރަންޓު ދެމުން އެގެންދަނީ އެ ޕްރޮޖެކްޓްގެ ދަށުން އަޅާފައިވާ 50 މެގަވޮޓްގެ ބޮޑު އިންޖީނުގެއިންނެވެ.

މާލެ، ހުޅުލެ އަދި ހުޅުމާލެ ކަރަންޓު ވިއުގާއަކުން ގުޅާލާ ސްޓޭލްކޯގެ ތާރިހުގެ ތެރެއަށް

މާލެ އާއި، ހުޅުމާލޭގެ އިތުރުން ހުޅުލޭ ކަރަންޓު ވިއުގާއަކުން ގުޅާލުމަކީ ސްޓެލްކޯއިން ވަރަށް ކުރީއްސުރެ ދެކެމުން އައީ ހުވަފެނެކެވެ. އޭރު ސިނަމާލެ ބްރިޖު އެޅިފައި ނެތުމުން ސްޓެލްކޯއިން ވިސްނުނު ގެންގުޅެމުން އައީ ސަބްމެރިން ކޭބަލް މެދުވެރިކޮށް އެކަން ކުރާށެވެ. އަދި އެކަމަށްޓަކައި އެމެރިކާގެ ކުންފުންޏަކާއި އެކު ދިރާސާތަކެއްވެސް ހެދިއެވެ. އެކަމަކު އެ މަޝްރޫއުއަކީ އެކަމަށް ބޮޑު ހަރަދެއް ދާނެ މަޝްރޫއު އަކަށްވާތިވެ އާއި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަކަށް އޭރު އޮތީ ސިފަ ކުރެވިފައެވެ. ނަމަވެސް ސިނަމާލެ ބްރިޖް ވުޖޫދަށް އައުމާއެކު ސްޓެލްކޯ އިން ދެކެމުން އައި ހުވަފެނުގައި ކުލަ ޖެހުނެވެ. ހުޅުމާލޭގައި ބެހެއްޓި 50 މެގަ ވޮޓުގެ ޕަވާ މާލޭ ގެނައުމަށްޓަކައި ފެށި އިންޓަ ކަނެކްޝަން ޕްރޮޖެކްޓުގެ ދަށުން މާލެ އަދި ހުޅުމާލޭގައި ބަހައްޓަނީ 95 އެމްވީއޭގެ ދެ ޓްރާންސްފޯމަރެވެ.

ހުޅުމާލޭގައި ސްޓެލްކޯއިން ގާއިމް ކުރަމުންދާ

އަދި ހުޅުލޭގައި 8 އެމްވީއޭގެ 2 ޓްރާންސްފޯމަރު ބަހައްޓާނެ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރާއްޖެ ގެނެސްފައިވާ އެންމެ ބޮޑެތި ޓްރާންސްފޯމަރުތަކެވެ. އަދި މި ޓްރާންސްފޯމަރުތައް އެބަހައްޓަން ހަދާފައިވާ ބެޑްތަކަށް ގެންދެވިފައިވަނީ ވެސް އެކަމަށް ހާއްސަކޮށްގެން ރާއްޖެ ގެނައި އުޅަނދުތަކެއްގައެވެ. މީގެ ކުރިން ރާއްޖޭގައި ގެންގުޅެމުން ދިޔައީ 1 ނޫނީ 2 އެމްވީއޭގެ ޓްރާންސްފޯމަރުތަކެވެ. ހުޅުމާލޭގައި ބެހެއްޓި 50 މެގަ ވޯލްޓުގެ ޕަވާ ޕްލާންޓްތަކުން ސަބްސްޓޭޝަންތަކާއި ގުޅާލުމުގެ މަސައްކަތް މި މަހުގެ 20 ވަނަ ދުވަހު ފަށަން ސްޓެލްކޯއިން އަންނަނީ ތައްޔާރީތައްވަމުންނެވެ. އެކަމަށްޓަކައި ހޮޅި ވަޅުލާފައިވާ އިރު، އެ ހޮޅިތަކުގެ ތެރެއިން 100 މެގަވޮޓްގެ ޕަވާރ ޓްރާންސްފާރ ކުރެވޭ ވަރުގެ ދެ ސާކިއުޓު ނުވަތަ ހަ ކޭބަލެއް އަޅާނެއެވެ. މި ކޭބަލްތައް ގުޅާލުމަށް ހާއްސަ އިކުއިޕްމެންޓްތަކެއް ގެންނަން ޖެހޭއިރު، އެ ކޭބަލް ތަކަކީ 400 ސްކޭއާ އެމްއެމްގެ ކޭބަލްތަކައެވެ. މި ކޭބަލްތަކަކީ ސްޓެލްކޯއިން މިހާތަނަށް ބޭނުން ކުރި ކޭބަލްތަކުގެ ތެރެއިން އެންމެ ފަލަ ކޭބަލްތަކެވެ. މީގެ އިތުރުން ހައިވޭ ހުރަސްކޮށް އަދި ބުރިޖް ހުރަސްކޮށް ކޭބަލް އަޅަން ޖެހޭ އިރު، ތާރަގަނޑު ކެނޑުމުގެ ބަދަލުގައި ސްޓެލްކޯއިން ވަނީ ބިމު އަޑިން ތޮރުފައިގެން އެކަން ކުރުމަށް ނިންމާފަ އެވެ. އެކަމަށް ހާއްސަ މެޝިނަރީތަކެއް ގެންނަން ނިންމާފައިވާއިރު، މި މަސައްކަތާއި އެކުވެސް ސްޓެލްކޯ ތާރީހުގެ ތެރެއަށް އެބަ ވަދެގެންދެއެވެ.

ދެވަނަ ފޭސް: ސްޓެލްކޯ ތާރީހުގެ ތެރެއަށް ވަދެ އެދާއިރާއިން ރާއްޖެ ކުރިޔަށް އަޅާނެ ބޮޑު ފިޔަވަޅެއް

މާލެ ހުޅުމާލެ އަދި ހުޅުލޭ އެއް ވިއުގައަކުން ގުޅާލުމަށް ފަހު ސްޓެލްކޯއިން ދެން އަމާޒު ހިފާފައިވަނީ އެ ގްރިޑްގެ ދެވަނަ ފޭސްގެ ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅުވެސް ހަމަ އެގްރިޑާއި ގުޅާލާށެވެ. އެގޮތުން އެ މަސައްކަތް ވެސް ސަރުކާރުން މިހާރު ފަށާފައިވާ ބުރިޖް ޕްރޮޖެކްޓާއެކު ފެށިގެންދާނެ ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ. މީގެ އިތުރުން، މި ގްރިޑް މެދުވެރިކޮށް މާލެ ސަރަހައްދުގެ ޕްވަރ ސެކިއުރިޓީ ވަރުދަގަ ކުރުމަށްޓަކައި ފިފްތު ޕަވާރ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ 50 މެގަވޮޓްގެ އިތުރު 50 މެގަވޮޓްގެ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ފަށާނެ އެވެ. މި މަސައްކަތް އަންނަ އަހަރު ފަށައިގަތުމަށް ނިންމާފައިވާ އިރު، ތިލަފުއްޓާއި، ގުޅީފަޅުގައިވެސް އިންޖީނުގެތަކެއް އެޅުމުގެ ވިސްނުން ސްޓެލްކޯއިން ގެންގުޅެ އެވެ.

ހުޅުމާލޭގައި ހުންނަ ސަބް ސްޓޭޝަންގައި ހަރުކޮށްފައިވާ ކެމެރާތަކުން ފެންނަ މަންޒަރުތަކެއް. ފޮޓޯ: ސްޓެލްކޯ

ކަރަންޓު ކެނޑުމުގެ ޗާންސް ކުޑަވެގެންދާނެ

ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑާއެކު، ސްޓެލްކޯގެ ބައެއް ހިދުމަތްތައް ވެސް އަޕްޑޭޓްވެގެންދާނެ އެވެ. އެގޮތުން އެ ޕްރޮޖެކްޓާއެކު ސްޓެލްކޯއިން އަންނަނީ "އޮޓޯމޭޓިވް ޑިސްޓްރިބިއުޝަން ސްކާޑާ" ސިސްޓަމެއް ގާއިމް ކުރަމުންނެވެ. މި ސިސްޓަމުގެ ސަބަބުން މާލޭގެ ކޮންމެ ސަރަހައްދަކުން ކަރަންޓު ކެނޑުނު ކަމުގައިވިޔަސް މިހާރު ކަރަންޓް ދޭން އެނަގާ ވަގުތުކޮޅު ވަރަށް ބޮޑުތަން ކުޑަ ކުރެވިގެންދާނެ އެވެ. އެގޮތުން އެ ސިސްޓަމް މެދުވެރިކޮށް، ޓްރާންސްފޯމަރުތަކާއި ހަމަޔަށް ނުގޮސް، އޮފީހުގައި ތިބެގެން އެ ޓްރާންސްފޯމަރުތައް އެނަޖައިޒް ކޮށްލެވޭނެއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޢުނީ ވިދާޅުވީ، ގްރޭޓާ މާލެ ސަރަހައްދު ކަރަންޓު ވިއުގާއަކުން ގުޅާލުމުން ސަބަބުން ކަރަންޓު ކަރަންޓު ކެނޑުމުގެ ފުރުސަތު ކުޑަވެގެންދާނެ އެވެ.

''މި ޗާންސް ކުޑަވެގެން ދިޔުމަކީ އާއްމު ރައްޔިތުންނަށް އެ މީހުން މިހެން ތިބޭއިރުގައި މީގެ މުހިއްމުކަން އަސްލުގައި ނޭގިދާނެ. އެކަމަކު އަޅުގަނޑުމެންގެ އިންޖިނިއަރުން ރެއާ ދުވާލު މިކުރާ މަސައްކަތުގެ ސަބަބުން މިގޮތަށް މި ހިދުމަތް މެދުނުކެނޑި މި ދެވެނީ
ަސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ - ހަސަން މުޢުނީ
ސްޓެލްކޯގެ މޭނެޖިން ޑިރެކްޓަރު މުޢުނީ އާއި އެ ކުންފުނީގެ މެނޭޖަރު އަބްދުލް މާލިކު: މަސައްކަތް ކުރިޔަށް ގެންދާ ގޮތް ބައްލަވާ ލައްވަނީ. ފޮޓޯ: ސްޓެލްކޯ

ޗައިނާގެ ޑޮންފެންގު ކުންފުންޏާއި ހަވާލުކޮށްގެން ހިންގާ މި މަޝްރޫއު އަކީ ސްޓެލްކޯއިން 44 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހިންގާ މަޝްރޫއުއެކެވެ. މީގެ ކުރިން މި ޕްރޮޖެކްޓް ނިންމަން ކަނޑައަޅާފައި އޮތީ މި އަހަރުގެ ނޮވެމްބަރު މަހުއެވެ. ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ޕްރޮޖެކްޓް އަށް ކޮންމެވެސް ވަރެއްގެ މެދުކެނޑުމެއް އައުމާއި ގުޅިގެން ސްޓެލްކޯއިން މިހާރު އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ކުރީކޮޅަށެވެ. މުޅި ޕްރޮޖެކްޓުގެ 70 އިންސައްތަ މަސައްކަތް ނިންމާލާފައިވާއިރު މިހާރު ބާކީ އޮތީ ކޭބަލް ވަޅުލުމުގެ މަސައްކަތާއި ކޮމިޝަން ކުރުމުގެ މަސައްކަތެވެ. ކޭބަލް ވަޅުލަން ދެ މަހެއްހާ ދުވަސް ނަގާނެއެވެ. މި މަސައްކަތަށް ބޭނުންވާ އިންޖިނިއަރުން ދިވެހި ސަރުކާރުގެ އެހީއާއެކު ޗާޓާރޑް ފްލައިޓެއްގައި ރާއްޖެ ގެނެސްފައިވާއިރު، އެމަސައްކަތަށް ބޭނުންވާ ސާމާނުވެސް ގެނެސްފައިވަނި ބަލްކް ވެސެލްއެއްގަ އެވެ. އަދި މި މަސައްކަތް އިތުރަށް ހަލުވި ކުރުމަށްޓަކައި އިތުރު އިންޖިނިއަރުން ބޭރުން ގެނައުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
17%
އަންތަރީސް ވެއްޖެ
50%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
33%
ލިޔުން ރަނގަޅު
ކޮމެންޓް
16 ސެޕްޓެންބަރ 2020 | ބުދަ 23:38
ޙާސިމް
ބޭނުންވަނީ އެންމެ ކަމެއް، ދަރު ބާރުގެއާއި ކުޑަކުދިންގެ ބަގީޗާ ދެމެދު އޮންނަ މަގު ސްޓެލްކޯ ގެ އަތްދަށުނުވެ ރައްޔިތުންނަށް ލި ބުން. މުޅި ހިސާ ބުގަނޑުގެ މަގުތައް ހިސޯރުކޮށްގެން ވެސް ކަރަންޓުގެ ޚަރަދު ކުޑަނުކުރެވޭ. މުޅި ހުރިހާ މަގެއް ހިސޯރުކުރުން މަޑުޖައްސާލަން ޖެހޭ