ކ. މާލެ
|
16 ސެޕްޓެންބަރ 2020 | ބުދަ 05:57
ކަންގަނާ ރަނައުތު އާއި ޖަޔާ ބައްޗަން
ކަންގަނާ ރަނައުތު އާއި ޖަޔާ ބައްޗަން
ޒީ ނިއުސް
މުނިފޫހިފިލުވުން
ކަންގަނާގެ ރައްދެއް، މިފަހަރު އަމާޒުވީ ޖަޔާ ބައްޗަން އަށް
 
ޖަޔާ ބުނީ ބައެއްމީހުން ފިލްމް އިންޑަސްޓްރީން މަޝްހޫރުކަން ހޯދައިގެން، މިހާރު އިންޑަސްޓްރީގެ ނަން ހަޑިކުރަމުންދާ ކަމަށް
 
ބޮލީވުޑްގެ ބައެއް ތަރިން އަންނަނީ މި ހުރިހާ ހަމަނުޖެހުމެއް އުފައްދަނީ ކަންގަނާ ކަމަށް ބުނަމުން

ބޮލީވުޑް ތެރޭގައި ބޮޑުހަމަނުޖެހުމެއް އުފެދިގެން ގޮސްފައި މިވަނީ މިދިޔަ ޖޫން މަހުގެ 14ވަނަ ދުވަހު ބޮލީވުޑް ގެ މަޝްހޫރު އެކްޓަރު ސުޝާންތް ސިންގް ދަންޖެހި މަރުވެފައި ހުއްޓައި ފެނުމާއި ގުޅިގެން ހިންގާ ތަހުޤީގް ގެ ތެރެއިންނެވެ. މި މައްސަލައާއި ގުޅިގެން ބޮލީވުޑްގެ ކާމިޔާބު ބަތަލާ ކަންގަނާ ރަނައުތު އަންނަނީ ބޮލީވުޑަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑުކިޔަމުންނެވެ.

ބޮލީވުޑްގެ ބައެއް ތަރިން އަންނަނީ މި ހުރިހާ ހަމަނުޖެހުމެއް އުފައްދަނީ ކަންގަނާ ކަމަށް ބުނެފައެވެ. ބޮލީވުޑްގެ މި ހަމަނުޖެހުންތައް މިހާރު ވަނީ އިންޑިއާގެ ޕާލިމެންޓާ ހަމައަށް ވެސް ގޮސްފައެވެ.

މި ހަމަނުޖެހުމާ ގުޅިގެން ބޮލީވުޑް ގެ މަޝްހޫރު ތަރި އަދި އަމީތާބް ބައްޗަންގެ އަންހެނުން ޖަޔާ ބައްޗަން ވަނީ ނުރުހުން ފާޅުކޮށް ވާހަކަ ދައްކާފައެވެ.

ޖަޔާ ބުނެފައިވަނީ ފިލްމް އިންޑަސްޓްރީއަށް އައިސް މަޝްހޫރުކަން ހޯދައިގެން އެއްބަޔަކު ފިލްމް އިންޑަސްޓްރީ އަށް މިހާރު ފާޑުކިޔަމުންދާ ކަމަށެވެ. އަދި އެމީހުންގެ ސަބަބުން މުޅި އިންޑަސްޓްރީގެ ނަން ހަޑިވަމުންދާ ޖަޔާ ބުންޏެވެ.

ޖަޔާގެ މި ވާހަކަތަކަށް ކަންގަނާ ވަނީ ވަރަށް ހޫނު ރައްދެއް ދީފައެވެ. ރައްދުގައި ކަންގަނާ ބުނެފައިވަނީ ޖަޔާ ބައްޗަންގެ އަންހެން ދަރިފުޅު ނުވަތަ ފިރިހެން ދަރިފުޅު އަބީޝެއިކް ބައްޗަން އަށް މަސްތުވާތަކެތި ދީ ޖިންސީ ގޯނާ ކޮށްފައިވުމުގެ ސަބަބުން އަމިއްލަ އަށް ދަންޖެހި މަރުވި ނަމަވެސް ހަމަ އެފަދައިން ވާހަކަ ދައްކަން ކެރޭނެތޯ ބުނެ ސުވާލު އުފައްދާފައެވެ.

ކަންގަނާ މީގެ ކުރިންވެސް ވަނީ ބޮލީވުޑްގެ ހުރި މައްސަލަ ތަކުގެ ވާހަކަ އެކި ގޮތްގޮތައް މީޑިއާގައި ވާހަކަ ދައްކާފައެވެ. އަދި ބޮލީވުޑްގެ އޭ ލިސްޓްގެ ތަރިންނަކީ މަސްތުވާތަކެތި ބޭނުން ކުރާ ބައެއް ކަމަށް ކަންގަނާ ވަނީ މީގެ ކުރިން ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
50%
50%
0%
0%
0%
0%
ކޮމެންޓް