ކ. މާލެ
|
14 ސެޕްޓެންބަރ 2020 | ހޯމަ 19:46
ކުރީގެ ހައުސިންގ މިނިސްޓަރ މުއިއްޒުއާއި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި
ކުރީގެ ހައުސިންގ މިނިސްޓަރ މުއިއްޒުއާއި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި
ޕީޕީއެމް
މުއިއްޒުގެ ކަރަޕްޝަން
އަދުރޭގެ އާއިލާއަށް ފުޑްކޯޓުގެ ސްޓޯލެއް ދިނުމަށް މުއިއްޒުގެ ހީލަތްތެރި ރޭވުމެއް ފަޅާއަރައިފި
 
ސޯޝަލް ކްލަބުން އެތަން ބިޑު ކުރުމެއްނެތި ދިނީ އަދުރޭގެ އާއިލާއަށް
 
ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންގެ ސޯޝަލް ކުލަބުގެ ތަނަކަށް އެތަން ބަދަލު ކުރި
 
ބޭ ބުލޫ އަށް އެވޯޑް ލެޓަރ ދިނުމަށްފަހު ތަން އެމީހުންނަކަށް ނުދިން

މާލޭ ހުޅަނގު ދެކުނުގައި ތަރައްޤީ ކޮށްފައިވާ 960 އަކަފޫޓުގެ ފުޑް ކޯޓުގެ ސްޓޯލެއް 5 އަހަރު ދުވަހަށް މެނޭޖްކޮށް ބެލެހެއްޓުމަށް ބިޑު ކޮށްގެން އެތަން ކާމިޔާބު ކުރި ފަރާތައް ނުދީ ކުރީގެ ހައުސިންގ މިނިސްޓަރ މުއިއްޒު ބޭނުންވި ފަރާތަކަށް އެތަން ދިނުމަށް ރޭއްވެވި ހީލަތްތެރި ރޭވުމެއް ފަޅާއަރައިފިއެވެ.

ބިޑު ކާމިޔާބު ކުރި "ބޭ ބުލޫ" ކިޔާ ބަޔަކަށް ތަން ނުދީ އުސޫލުގެ ބޭރުން ކުރީގެ ހައުސިންގ މިނިސްޓަރ މުއިއްޒު އެތަން ދެއްވީ މިހާރުގެ ޕީއެންސީގެ ރައީސް އަބްދުއްރަޙީމު އަބްދުﷲ ގެ އާއިލާ އަށް ކަން ހާމަވާ ލިޔުންތައް ރާއްޖެއެމްވީ އަށް ވަނީ ލިބިފައެވެ. އަދި އެކަން ކުރުމުގައި ނުފޫޒުގެ ބޭނުންކުރައްވައި މިނިސްޓަރ އެތައް ގޯހެއް ހައްދަވާފައިވާކަން ލިއެކިއުންތަކަށް ބަލާލުމުން އެނގިގެންދެއެވެ.

ފުރަތަމަ އެވާރޑްކުރި ކުންފުނި އަތުން ކޮންޓްރެކްޓް ނެގީ އުސޫލުން ބޭރުން!

އެކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މިނިސްޓްރީން އެ ސްޓޯލް ކުއްޔަށް ދޫކުރުމަށް ކުރި އިއުލާނާ ގުޅިގެން ބިޑު ހުށަހަޅާ ބިޑު ކާމިޔާބު ކުރީ ބޭ ބްލޫ ކޭޓަރިންގ ކިޔާ ބައެކެވެ. އެގޮތުން ބޭ ބްލޫއަށް ކޮންޓްރެކްޓް އެވާރޑް ކުރުމަށް މިނިސްޓްރީން ނިންމައި، 20 މެއި 2018 ގައި ސޮއިކޮށްފައިވާ ލިއުން ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ. އެ ލިއުމުގައި ކުންފުންޏަށް ކޮންޓްރެކްޓް އެވާރޑް ކޮށްފައިވާ ކަމަށާއި، އެގްރީމަންޓުގައި ސޮއި ކުރުމަށް މިނިސްޓްރީން ގުޅާނެކަން ބަޔާން ކޮށްފައިވެއެވެ. އަދި އޭރު ތަނުގެ ކުއްޔަކީ 21،520 ރުފިޔާ ކަމަށްވެސް ލިޔުންތަކުން ހާމަވެއެވެ.

އެހެން ނަމަވެސް، ބޭ ބްލޫ ކޭޓަރިންގ އިން އެތަން ހިންގުމުގެ ފުރުސަތު ދިނުމަށް ހައުސިންގ މިނިސްޓަރ ބޭނުންފުޅެއް ނުވިއެވެ. އަދި މަޝްވަރާ ކޮށްގެންވެސް އެކަން ކުރިއަށް ގެންދިއުމަށް މުއިއްޒު ފުރުސަތު ނުދެއްވި ކަމަށް އެކަމުގައި އުޅުނު ހައުސިންގ މިނިސްޓްރީގެ މުއައްޒަފުން ވަނީ ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދީފައެވެ.

ކޮންޓްރެކްޓް ބޭ ބްލޫއަށް އެވާރޑް ކުރުމަށް ހައުސިންގ މިނިސްޓްރީގެ ބިޑު ކޮމިޓީން ނިންމާފައި ވަނިކޮށް އެ ނިންމުން ކެންސަލް ކުރުމަށް ޚުދު މުއިއްޒު އެންގެވިއެވެ. ނަމަވެސް މިނިސްޓްރީގެ ބިޑު ކޮމިޓީން ނިންމާފައިވަނިކޮށް، އުސޫލުގެ ދަށުން އެކަން އެހެން އެކަން ނުކުރެވޭނެކަމަށް މިނިސްޓްރީގެ އޭރުގެ ވެރިން މުއިއްޒަށް ލަފާ ދެއްވިކަން ރާއްޖެއެމްވީ އަށް ވަނީ އެނގިފައެވެ.

ކޮންޓްރެކްޓް ދެން ޙަވާލުކުރީ އަބްދުއްރަހީމްގެ އާއިލާގެ ކުންފުންޏަށް

ބޭ ބްލޫ ކޭޓަރިންގ އަށް ކޮންޓްރެކްޓް އެވާރޑް ކޮށްފައި ވަނިކޮށް މިނިސްޓަރ މުއިއްޒު ވަނީ ކުއްލި ގޮތަކަށް އެގްރީމަންޓުގައި ސޮއި ކުރުމުގެ ކަންކަން މިނިސްޓަރުގެ އެންގެވުމަށް ހުއްޓުވިއެވެ. އަދި އެއަށްފަހު އެތަން 30،000 ރުފިޔާގެ ކުއްޔަކަށް އަބްދުއްރަޙީމްގެ އަނބިމީހާ އާއި ދަރިއެއް ކަމަށްވާ ފައިސަލް އިބްރާހިމްގެ ހިއްސާ އޮންނަ ކުންފުންޏަކަށް ދީފައިވާކަން ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ. މި ގޮތައް ތަން ދިނުމަށް ހެދި އެއްބަސްވުމުގެ ކޮޕީވެސް ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ.

މިކަން މިހެން އޮއްވާ، ފުޑް ސްޓޯލްގެ ކުލި ކުޑަކޮށް ދިނުމަށް މި ކުންފުނިން އެދުނެވެ. އެއާ އެކު ކުލި ކުޑަކޮށް ދިނުމަށް މިނިސްޓަރާ އެކު މަޝްވަރާ ކުރެވުނުކަންވެސް ރާއްޖެއެމްވީ އަށް ވަނީ އެނގިފައެވެ.

ކޮންމެއަކަސް ނިމިދިޔަ ރިޔާސީ އިންތިޚާބަށް ވޯޓުލީއިރުވެސް އެ ތަން ހުޅުވާފައެއް ނުވެއެވެ. އެއާއެކު ވޯޓުގެ ނަތީޖާ އައި ގޮތުން ސަރުކާރު ބަދަލުވާނެ ކަން އެނގުމުން އަވަސް އަރުވާލުމަށްފަހު މިނިސްޓަރ މުއިއްޒުގެ އެންގެވުމަކަށް ތަނުގެ ކުލި 12،000ށް ބަދަލުކޮށް ކުރިން އެކުލަވާލި އެގްރީމަންޓު ނަންބަރާއި އެ ތަރީޚުގައި އަނެއްކާވެސް އެގްރީމަންޓު އެކުލަވާލިއެވެ. އެގޮތުން ފަހުން އެކުލަވާލި އެގްރީމަންޓުގެ ކޮޕީވެސް ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ.

ބިޑް ކޮމިޓީންވެސް އޮންނާނެ ޤަވާއިދުގެ ދަށުން ވަކި ބަޔަކަށް އެވާރޑު ކުރުމަށް، އެހިސާބުން މިނިސްޓަރ މުއިއްޒު އޭތި ބަދަލުކޮށްލީ، ސީދާ މިނިސްޓަރ މުއިއްޒު ބުނެގެން ހަމަ ބަދަލުކުރީ އަދުރޭގެ ދަރިފުޅުގެ ކުންފުންޏަށް، އެމީހުންނަށް އެތަން ލިބޭ އުސޫލެއްވެސް ފެންނާކަށް ނެތް ލިއެކިއުމަކުން،
ރާއްޖެއެމްވީއަށް މައުލޫމާތު ދިން ފަރާތެއް

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ބޭ ބްލޫ ކޭޓަރިންގ އަށް މި ކޮންޓްރެކްޓް ނުދީ އަނބުރާ ނެގުމަށް ފަހު، ފަހުން މިނިސްޓްރީން އެގްރީމަންޓު އެކުލަވާލިއިރު ކޮންޓްރެކްޓް ޙަވާލު ކޮށްފައިވަނީ މިނިސްޓްރީގެ ދަށުން އޮންނަ ސޯޝަލް ކްލަބެއްގެ ނަމުގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
12%
9%
0%
23%
2%
53%
ކޮމެންޓް
9 ޖުލައި 2021 | ހުކުރު 09:44
ޤާދިރު
ފިތުނަ އުފައްދަން ކިތައްމެ ވާހަކައެއް ފެތުރިޔަސް މިހާރު ތި ކިޔާއެއްޗެއް ބަލާނެ އަޑުއަހާނެ ބަޔަކުނެތް
14 ސެޕްޓެންބަރ 2020 | ހޯމަ 21:41
އަދުރޭ
ތިމުައިއްޒު ޖަލަށް ލާންމާލަސްވެއްޖެ