ކ. މާލެ
|
6 ސެޕްޓެންބަރ 2020 | އާދީއްތަ 10:52
ސަފާރީއެއް: ގިނަ ސަފާރީތައް މިހާރު ވަނީ ހިދުމަތައް ނިކުމެފަ
ސަފާރީއެއް: ގިނަ ސަފާރީތައް މިހާރު ވަނީ ހިދުމަތައް ނިކުމެފަ
ރާއްޖެ އެމްވީ
ސަފާރީ
ރާއްޖޭގެ 84 އިންސައްތަ ސަފާރީތަކުން ހިދުމަތްދޭން ފަށައިފި
 
މިނިސްޓްރީ އިން ވަނީ 101 ސަފާރީއަކަށް ފަތުރުވެރިންނަށް ހިދުމަތް ދިނުމުގެ ހުއްދަ ދީފަ
 
97 ސަފާރީއަކުން ވަނީ ފަތުރުވެރިންނަށް ހިދުމަތްދޭން ފަށާފަ

ރާއްޖޭގެ 84 އިންސައްތަ ސަފާރީތަކުން މިހާރު ފަތުރުވެރިންނަށް ހިދުމަތްދޭން ފަށައިފިއެވެ.

ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހާއި ހަމައަށް 97 ސަފާރީއަކުން ވަނީ ފަތުރުވެރިންނަށް ހިދުމަތްދޭން ފަށާފައެވެ.

ޓޫރިޒަމް މިނިސްޓްރީ އިން 101 ސަފާރީއަކަށް ފަތުރުވެރިންނަށް ހިދުމަތް ދިނުމުގެ ހުއްދަ ދީފައިވާ އިރު، މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭގައި ހަރަކާތްތެރި ވަނީ 116 ސަފާރީ އާއި ތިން ޔޮޓް މެރީނާއެވެ.

އެންބީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިނިސްޓްރީގެ ހުއްދަ ލިބި ހިދުމަތްދޭން ނުފަށާ ތިބި ސަފާރީތަކުގެ ތެރެއިން އެއްސަފާރީއެއް ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ފަތުރުވެރިންނަށް ހިދުމަތްދޭން ފަށާނެއެވެ. އަދި ސެޕްޓެމްބަރު 10 ވަނަ ދުވަހު އިތުރު ސަފާރީއަކުން ހިދުމަތްދޭން ފަށާއިރު، އިތުރު ދެ ސަފާރީއެއް އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު ހިދުމަތްދިނުމަށް ފަށާނެއެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ބޭއްވުމަށްފަހު އަލުން ބޯޑަރުހުޅުވާލާފައިވާ އިރު، ބައްޔާދެކޮޅަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ސަރުކާރުން ނިންމާފައިވަނީ ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖެ އައުމުގެ 72 ގަޑި އިރު ކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓު ނެގަޓިވް ކަމުގެ ލިޔުން ހުށައަޅަންޖެހޭ ގޮތަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް