ކ. މާލެ
|
5 ސެޕްޓެންބަރ 2020 | ހޮނިހިރު 23:57
އެމްޕީއެލް އިން ބަލަހައްޓަމުން ގެންދާ މާލެ ޕޯޓް ސަރަހައްދު
އެމްޕީއެލް އިން ބަލަހައްޓަމުން ގެންދާ މާލެ ޕޯޓް ސަރަހައްދު
މުހައްމަދު ޝަރުހާން
އެމްޕީއެލް
އެމްޕީއެލްގެ ޙިދުމަތްތަކުން ނަގާ 30 އިންސައްތަ ސާޗާޖު އުވާލަނީ
 
އެމްޕީއެލް އިން ވަނީ ރޭގަނޑު 23:30ން ހެނދުނު 07:30 އާއި ދެމެދު ދެވޭ ހިދުމަތްތަކުން ނަގާ 30 އިންސައްތައިގެ ސާޗާޖް 13 ސެޕްޓެމްބަރު 2020 އިން ފެށިގެން އުވާލުމަށް ނިންމާފައި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނަގަމުން އައި ޓެރިފް އަށް ސެޕްޓެމްބަރު 13ން ފެށިގެން ބަދަލު ގެނައުމަށް އެ ކުންފުނިން ނިންމައިފިއެވެ.

އެމްޕީއެލް އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން ރޭގަނޑު 23:30ން ހެނދުނު 07:30 އާއި ދެމެދު ދެވޭ ހިދުމަތްތަކުން ނަގާ 30 އިންސައްތައިގެ ސާޗާޖް 13 ސެޕްޓެމްބަރު 2020ން ފެށިގެން އުވާލުމަށް ނިންމާފައިވާ ކަމަށެވެ.

އެމްޕީއެލް އިން އިތުރަށް ބުނީ އެ ކުންފުނީގެ ބެލުމުގެ ދަށުގައިވާ ބަނދަރުތަކުން ނަގާ ހޭންޑަލިންގް އަދި ވޯފޭޖް ޗާޖުތައް ވެސް އުވާލާން ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، އެމްޕީއެލް އިން ނަގާ ޗާޖުތައް ޓެރިފް ފޮތެއްގައި އާންމުކޮށް ޕަބްލިޝް ކޮށްފައިވާނެ ކަމަށާއި އެ ފޮތުގައި ނަގާނެ ކަމަށް ބަޔާން ކޮށްފައިވާ ޗާޖުތައް ފިޔަވައި އިތުރު އެއްވެސް ޗާޖެއް އެމްޕީއެލް އިން ނުނަގާނެ ކަމަށެވެ. އަދި ޗާޖެއް ނަގާނަމަ، ވަރަށް ސާފުކޮށް އެ ޗާޖު ނަގަނީ ކޮންބައެއްގެ އަތުން ކަމާއި، ކޮންކަމާ ގުޅިގެންކަން ވެސް އެ ފޮތުން އެނގެން އޮންނާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ އެ ފޮތް އެމްޕީއެލްގެ ވެބްސައިޓުން ވެސް ފެންނާނެ ކަމަށާއި އެ ފޮތުގައި އެމްޕީއެލް އިން ނަގާނެ ޗާޖުތައް ވަރަށް ސާފުކޮށް އިނގެން ހުންނާނެ ކަމަށް ފާހަގަ ކުރައްވާފައެވެ.

ޝާހިދު ވަނީ އެޑިޝަނަލް ޕޯޓްސް ރިކަވަރީ، އިކުއިޕްމަންޓް އިމްބެލެންސް ރިކަވަރީ އަދި އޮޕަރޭޝަން ޕޯސްޓް ރިކަވަރީ ފަދަ ޓެރިފް ތަކަކީ ޕޯޓުގެ ތެރެއިން ހިނގާ ހަރަދުތަކަށް ނަގާ ފީތަކެއް ނަމަވެސް އެއީ އެމްޕީއެލް އިން އެކުންފުންޏަށް ނަގާ ފީތަކެއް ނޫން ކަމަށް ވެސް ވިދާޅުވެފައެވެ.

ޝާހިދު މިހެން ވިދާޅުވެފައި މިވަނީ މިފަދަ ނަން ނަމުގައި ބޮޑެތި ފީތައް ނަގަމުން އަންނަ ކަމުގެ ޝަކުވާ ވިޔަފާރިވެރިން ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް