ކ. މާލެ
|
5 ސެޕްޓެންބަރ 2020 | ހޮނިހިރު 17:38
ދިރާގު ސްޓީމިންގ ބަންޑްލް ޕޯސްޓަރ
ދިރާގު ސްޓީމިންގ ބަންޑްލް ޕޯސްޓަރ
ދިރާގު
ދިރާގު
ދިރާގު ސްޓްރީމިންގ ބަންޑަލްތަކުގައި މިހާރު ޓިކްޓޮކް ހިމެނޭ
 
މި ބަންޑަލްތައް ދިރާގު މޯބައިލް އެޕްލިކޭޝަނުން ވެސް އެކްޓިވޭޓް ކުރެވޭނެ
 
މި ބަންޑަލްތައް މަދުވެގެން 65 ރުފިޔާ އަށް އެކްޓިވޭޓް ކުރެވޭނެ

ދިރާގު މޯބައިލް ކަސްޓަމަރުންނަށް ޚާއްސަ ސްޓްރީމިންގ ބަންޑަލްސް އިން މިހާރު ދިވެހިންގެ މެދުގައި މަޝްހޫރު ސޯޝަލް މީޑިއާ މޮބައިލް އެޕްލިކޭޝަނެއް ކަމަށް ވާ "ޓިކްޓޮކް" ވެސް ބަލާލެވޭނެ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން ބުނީ މި ސްޓްރީމިންގ ބަންޑަލްގައި ހިމެނޭ އެހެން އެޕް ތަކުގައި ނެޓްފްލިކްސް އަދި ޔޫޓިއުބު ފަދަ މަޝްހޫރު ސްޓްރީމިންގ އެޕްލިކޭޝަންތައް ހިމެނޭ ކަމަށެވެ. އަދި މި ބަންޑަލްތައް މަދުވެގެން 65 ރުފިޔާ އަށް 5 ސެޕްޓެމްބަރ 2020ން ފެށިގެން އެކްޓިވޭޓް ކުރެވޭނެ ކަަމަށް ވެސް ދިރާގުން ބުންޏެވެ.

ސްޓީމިންގ ބަންޑްލްތަކުގެ ތަފްސީލު:

މި ބަންޑަލްތައް ދިރާގު މޯބައިލް އެޕްލިކޭޝަން ނުވަތަ 343 އަށް "ކީވޯރޑް" އެސްއެމްއެސް ކުރުމުން އެކްޓިވޭޓް ކުރެވޭނެއެވެ.

ޓިކްޓޮކް އަކީ ދުނިޔޭގެ އެކި އުމުރު ފުރާތަކުގެ މީހުންގެ މެދުގައި ވެސް ވަރަށް މަޤުބޫލު އެޕެކެވެ. މި އެޕްލިކޭޝަނަކީ ހަމައެކަނި ފަރި ހަރަކާތް ތަކާއި ތަފާތު ހުނަރު ދައްކާލާ އެޕްލިކޭޝަނެއް އެކަންޏެއް ނޫނެވެ. މި އެޕްގައި ކޮންޓެންޓް ތައްޔާރު ކުރާ ބައެއް ފަރާތްތަކަށް އެޕް މެދުވެރިކޮށް ފައިސާ ވެސް ހޯދެއެވެ. ޓިކްޓޮކް އަކީ މިހާރު އެންމެ ފުޅާ ދާއިރާ އެއްގައި ކުރު މޮބައިލް ވިޑިއޯ ހިމެނޭ އެޕްލިކޭޝަނެވެ.

ދިރާގުން އަބަދު ވެސް މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަކޮށް، އެންމެ ފުރިހަމަ ޑޭޓާ ބަންޑަލްސް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

Advertisement
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
އިނގިރޭސި ލީގު ބަލަން ވަން މީހުންގެ 28 ޕަސެންޓަކީ އަންހެނުން