ކ. މާލެ
|
5 ސެޕްޓެންބަރ 2020 | ހޮނިހިރު 18:52
ފިއުލް ސަޕްލައިސްގެ ޕެޓްރޯލް ޝެޑެއް
ފިއުލް ސަޕްލައިސްގެ ޕެޓްރޯލް ޝެޑެއް
ރާއްޖެއެމްވީ
ޕެޓްރޯލާއި ޑިސަލް
އެސްޓީއޯ އިން ތެޔޮ އަގު ބޮޑު ކުރި ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް!
 
ހަމަ އެ އަގުގައި މިހާރު ވެސް ތެޔޮ ވިއްކަމުން ދަނީ
 
މާރޗް މަހުން ފެށިގެން ޕެޓްރޯލާއި ޑީސަލްގެ އަގު ވަނީ ހެޔޮކޮށްފައި

ޕެޓްރޯލް ޝެޑްތަކުން ވިއްކާ ޕެޓްރޯލާއި ޑިސަލްގެ އަގު ބޮޑެއް ނުކުރާ ކަަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

އެސްޓީއޯ އިން މިހެން ބުނެފައިވަނީ އެ ކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފައިވާ ކަަމަށް ބުނެ ބައެއް މީޑިއާތަކުން ދޮގު ޚަބަރު ފަތެރުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު ނޫހުގައި ޖަހާފައިވަނީ ވަރަށް ބޮޑު ދޮގު ޚަބަރެއް ކަަމަށާއި ވަގުތު ނޫހުން ވެސް އެ ހެޑްލައިން ކޮޕީ ޕޭސްޓު ކޮށްފައިވާ ކަމަށެވެ. އަދި ނޫސްވެރިންކަން ކުރި އަރާނީ ޒިންމާދާރު ގޮތެއްގައި ނޫސްވެރިކަން ކޮށްގެން ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

އަމްރު އިތުރަށް ވިދާޅުވީ މިހާރު އެ ނޫހުން މި ޚަބަރު ނަގާފައިވާ ކަަމަށެވެ.

އެސްޓީއޯ އިން ބުނީ މި ކޮވިޑުގެ ހާލަތުގައި އެ ކުންފުނީގެ ބަލްކްކޮށް ޕެޓްރޯލާއި ޑީސަލް ގަންނަ ކަސްޓަމަރުންނަށް ވަރަށް ބޮޑު ޑިސްކައުންޓެއް ދިން ކަމަށެވެ. އަދި ދެ ފަހަރެއްގެ މަތިން އަގު ބަދަލުކޮށް ޑިސްކައުންޓް އެއްކޮށް ކަނޑާލާފައިވާ ކަަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ އިން ބުނީ ޕެޓްރޯލް ޝެޑްތަކުން ޑީސަލް ލީޓަރެއް މިހާރު ވެސް ވިއްކަމުން ދަނީ 8.71ރ އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދަނީ 8.07ރ އަށެވެ. މި އަގުގައި ޕެޓްރޯލާއި ޑީސަލް އެސްޓީއޯ އިން ވިއްކަން ފަށާފައިވަނީ މިއަހަރުގެ މާރޗް މަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ.

0%
67%
33%
0%
0%
0%
ކޮމެންޓް
5 ސެޕްޓެންބަރ 2020 | ހޮނިހިރު 22:32
ކެޔޮޅު
ކަނޑައެޅިގެން ބޮޑު ދޮގެއް، ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކީ 6.99ލާރިއައް މިހާރު ވިއްކަނީ7.29 ލާރިއައް،،،،،، ިިުިިިުިިިުިިިުިިުިިިުިިިުިިިިިު