ކ. މާލެ
|
3 ސެޕްޓެންބަރ 2020 | ބުރާސްފަތި 14:59
އެސްއެމްއީ ޑިވަލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން
އެސްއެމްއީ ޑިވަލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން
ޔޫސުފް ސޮފްވާން ރަޝީދު
އެސްޑީއެފްސީ
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް 263.3 މިލިއަން ރުފިޔާ ދޫކޮށްފި
 
އަމިއްލަ މަސައްކަތްކުރާ 478 މީހުންނަށް 14.4 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައި
 
1،122 ވިޔަފާރި އަށް 248.9 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައި
 
އެސްޑީއެފްސީ އިން ވަނީ މިހާތަނަށް 1،600 ފަރާތަކަށް ލޯނު ދޫކޮށްފައި

ކޮވިޑް-19 އާއި ގުޅިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެސްއެމްއީ ޑިވަލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރާ އިކޮނޮމިކް ރިކަވަރީ ސްކީމްގެ ލޯނުގެ ގޮތުގައި 263.3 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އެސްޑީއެފްސީ އިން ވަނީ މިހާތަނަށް 1،600 ފަރާތަކަށް ލޯނު ދޫކޮށްފައެވެ. އޭގެތެރޭގައި 1،122 ވިޔަފާރި އަށް 248.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު، އަމިއްލަ މަސައްކަތް ކުރާ 478 މީހުންނަށް 14.4 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ފިނޭންސްގެ ތަފާސް ހިސާބުތަކުގައިވާ ގޮތުން އޮގަސްޓް 29 ގެ ނިޔަލަށް 3،243 ފަރާތަކުން ވަނީ ލޯނަށް އެދި ހުށައަޅާފައެވެ. އެއީ 513.1 މިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 1،701 އަކީ ވިޔަފާރިތަކެވެ. އަދި 1،542 އަކީ އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކެވެ.

ލޯނަށް އެދި ހުށައަޅާފައިވާ ފޯމުތަކުގެ ތެރެއިން 1،827 ފޯމު އެޕްރޫވް ކޮށްފައިވާ އިރު، 508 ފޯމު ވަނީ ރިޖެކްޓުކޮށްފައެވެ. އަދި 1،806 ފޯމު ވަނީ ސޭންކްޝަން ކޮށްފައެވެ.

މީގެ އިތުރުން ލޯނަށް އެދި ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން 736 ފޯމަކީ އަންހެނުން ހުށައަޅާފައިވާ ފޯމުތަކެވެ. އެގޮތުން 389 އަންހެނުންގެ ވިޔަފާރިއަށް ލޯނު ދޫކޮށްފައިވާ އިރު، އަމިއްލަ މަސައްކަތް ކުރާ 91 އަންހެނުންނަށް ވަނީ ލޯނު ދޫކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން މިހާރު ހިނގަމުންދާ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ ހަރަދުތައް ހަމަޖައްސައި ދިނުމަށާއި އެ ވިޔަފާރިތައް ދެމެހެއްޓުމަށް އަމާޒުކޮށްގެން، އެސްޑީއެފްސީ އިން ތައާރަފުކުރި މި ލޯނަކީ ވިޔަފާރީގެ ވޭތުވެދިޔަ އަހަރުގެ އާމްދަނީ 10 މިލިއަން ރުފިޔާއަށް ވުރެ ދަށްވުމާއި ކޮވިޑް-19 އާ ގުޅިގެން އަދި ލޯނު އެހީދޭ މުއްދަތުގެ ތެރޭގައި ވެސް އެ ވިޔަފާރީގެ އެއްވެސް ދިވެހި މުވައްޒަފެއް ވަކިނުކުރާ ފަރާތްތަކަށް ދޫކުރާ ލޯނެކެވެ. މި ލޯނު ދޫކުރަނީ ހަ އިންސައްތައިގެ އިންޓެރެސްޓް އަކާއި އެކު ތިން އަހަރުގެ ތެރޭގައި ދައްކާ ގޮތަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް