ކ. މާލެ
|
3 ސެޕްޓެންބަރ 2020 | ބުރާސްފަތި 07:11
ލޮކްޑައުންގައި ބްރޭކަޕްވި ބައެއް ސެލްބްރިޓީ ކަޕްލްސް
ލޮކްޑައުންގައި ބްރޭކަޕްވި ބައެއް ސެލްބްރިޓީ ކަޕްލްސް
ދަ ސަން
ލޮކްޑައުންއާއެކު 45ށް ވުރެ ގިނަ ބްރޭކަޕް
ލޮކްޑައުންއާއެކު 45ށް ވުރެ ގިނަ ބްރޭކަޕް، މިވީ ކިހިނެއް؟
 
ހޮލީވުޑްގެ ގިނަ ތަރިން ވަނީ ބްރޭކަޕް ވެފައި
 
ލޮކްޑައުންތެރޭގައި ވަރީގެ ރޭޓްވެސް ވަނީ ވަރަށް ބޮޑަށް މަތިވެފައި

ކޮވިޑް-19ގެ ބަލި މަޑުކަމާއެކު އެތައް ބައެއްގެ ދިރިއުޅުމަށް އެތަށް ބަދަލުތަކެއް ވަނީ އައިސްފައެވެ. ވައިރަހުން ރައްކާތެރިވުމަށް އެޅި ފިޔަަވަޅުތަކުން އެންމެން ގޭ ބަންދުވިއެވެ. އެތައް ގައުމުތަކެއް އަދިވެސް އޮތީ ލޮކްޑައުންގައެވެ. ދުނިޔެއަށް ބޮޑު ބަލިމަޑުކަމެއްގައި އެރި މި ރާޅު ވަނީ އެކި މީހުންގެ ގުޅުންތަކަށްވެސް ފޯރާފައެވެ. އޭގެ ތެރެއިން އެއް ބަޔަކީ، ސެލަބްރިޓީ ކަޕްލްސްއެވެ.

ރާޅުގެ އަސަރު ކުރި އެއް ބަޔަކީ ހޮލީވުޑް ތަރިންނެވެ. ބައެއް ގުޅުންތައް އިތުރަށް ބަދަހިވި އިރު، ގުޅުން ހީނަރުވެ، ބްރޭކަޕްވި ކަޕްލްސްވެސް މަދެއް ނޫނެވެ. އެގޮތުން ކޮވިޑް ކޭސްތައް މައްޗަށް ދިޔައިރު. ބްރޭކަޕްވި ކަޕްލްސްގެ އަދަދުވެސް ވަނީ ރިކޯޑު އަދަދަކަށް މައްޗަށް އަރާފައެވެ. މީޑީއާ ރިޕޯޓުތައް ބުނާ ގޮތުން ލޮކްޑައުންތެރޭ 45ށް ވުރެ ގިނަ ކަޕްލްސް ވަނީ ބްރޭކަޕްވެފައެވެ.

ހޮލީވުޑުން ބްރޭކަޕްވި މަޝްހޫރު ތަރިންގެ ތެރޭގައި މިލޭ ސީރަސް އާއި ކޮޑީ ސިމްޕްސޮން އިން ފެށިގެން ޕްރިޓީ ލިޓިލް ލަޔާސް އިން މަޝްހޫރުކަން ހޯދި އޭޝްލީ ބެންސަން އާއި މޮޑެލް ކާރާ ޑެލްވިން ހިމެނެއެވެ. މިލީ ސީރަސް އެއް އަހަރަށްފަހު ބްރޭކަޕްވިއިރު، ކަރާ ޑެލްވިން ވަކިވީ ދެއަހަރަށްފަހުއެވެ.

ދިރާސާތަކުން ދައްކާގޮތުން މި ލޮކްޑައުންތެރޭގައި ދުނިޔޭގެ ވަރީގެ ރޭޓްވެސް ވަނީ ވަރަށް ބޮޑަށް މަތިވެފައެވެ. ބޯއިޒޯންގެ ތަރި ޝޭން ލީންޗް އާއި އޭނާގެ އަންހެނުން 13 އަހަރަށްފަހު ވަނީ ވަރިވެފައެވެ. އޭގެ އިތުރުން މަޝްހޫރު ފެޝަން ޑިޒައިން އަދި ކުރީ އެކްޓްރެސް މޭރީ ކޭޓް އޮލްސަންއާ އޭނާގެ ފިރިމީހާ އޮލިޗާ ޝާކޯޒްވެސް ވަނީ ވަރިވެފައެވެ.

ސުވާލަކީ، އެހާ ގިނަ ދުވަހު އެކުގައި އުޅުމަށްފަހު ލޮކްޑައުން ތެރޭގައި ބްރޭކަޕްވި މީހުންނާއި ވަރިވި މީހުން އިތުރުވީ ކީވެއްގެން ހެއްޔެވެ؟ މިއީ ކިހިނެއް ވީ ކަމެއް ހެއްޔެވެ.

ލޮކްޑައުންވުމުގެ ސަބަބުން އެކަކު އަނެއްކަކު ދިމާނުވެ، ނުވަތަ އައިސޮލޭޝަނަށް ދާން ޖެހުމުންވެސް ބްރޭކްޕްވެފައި އެބަހުޓެވެ. އެގޮތުން ލަވް އައިލެންޑްގެ ތަރި ކްރިސް ހޫގޯސް އާއި ލިޓިލް މިކްސްގެ ތަރިވެސް އަހަރު ދުވަހަަށްފަހު ބްރޭކަޕްވީ ދެ މީހުން ވަކި ދެ ގެއެއްގައި އައިސޮލޭޓް ވެގެން ހުއްޓައެވެ. ގުޅުން ހީނަރުވެ، އެ ދެމީހުން ބްރޭކަޕްވީ އެންމެ ފޯން ކޯލަކުންނެވެ. ދެ ތަނެއްގައި ދެމީހުން އުޅެން ޖެހުމަކީވެސް ބްރޭކަޕްވުމުގެ ސަބަބެކެވެ.

ސެލެބްރިޓީ ކަޕުލްސް ބްރޭކަޕް ވުމުގެ ސިއްރެއްގެ ގޮތުގައި މަސައްކަތްތައް ހުންނަ ގޮތުން މީގެ ކުރިން އެކަކު އަނެކަކަށް އެކުގައި ގިނަ ވަގުތު ހޭދަނުކުރެވުމަކީ އެކަށީގެންވާ ކަމެކެވެ. ކޮންމެއަކަސް ލޮކްޑައުންގެ ސަބަބުން ހުރިހާ ވަގުތެއް އެކުގައި އުޅެން ޖެހުމުން އެކަކު އަނެކަކަށް ދަސްވަމުންދާވަރަކުން ދެމީހުންގެ މިޒާޖާއި ވިސްނުމުގައި ހުރި ތަފާތުކަން އެނގި ނުވަތަ ދެމީހުންގެ ދޭތެރޭގައި މައްސަލަތައްޖެހި ދުރުވުމަކީ ވެސް ވެދާނެ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
20%
0%
20%
20%
40%
0%
ކޮމެންޓް