ކ. މާލެ
|
2 ސެޕްޓެންބަރ 2020 | ބުދަ 15:21
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަދި އިންްޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަދި އިންްޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ
ޙުސައިން މަޚްތޫމް
މަގޭ ރިޕޯޓް
އިދިކޮޅުން އިންޑިއާގެ ވާހަކަ ދައްކަނީ، ފަށައިގަންނަން އުޅޭ ބޮޑެތި މަޝްރޫއުތައް ހަޖަމްނުކުރެވިގެން؟
 
އިދިކޮޅުން ދައްކަ ވާހަކަތަކާއި، ކަމުގެ ހަޤީޤަތްތައް ނުބައްދަލު
 
އުމްރާނީ އެންމެ ބޮޑެތި ޕްރޮޖެކްޓުތައް ފަށައިގަންނަނީވެސް އިންޑިއާގެ އެހީގައި
 
އިންޑިއާ ސަރުކާރުގެ އެހީގައި މިހާރުވެސް ގިނަ ޕްރޮޖެކްޓުތަކެއް ކުރިއަށްގެންދޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމުގެ ވާހަކައަށްވުރެ ގަދަޔަށް އިދިކޮޅުގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުން މިފަހުން ދައްކާ ވާހަކައަކީ އިންޑިއާގެ ވާހަކަ އެވެ. އިންޑިއާއިން ރާއްޖެ އަޅުވެތިކުރަން އުޅޭކަމަށާއި، އިންްޑިއާއިން ރާއްޖޭގައި މިލިޓަރީ ބޭސްއެއް ހަދަ އުޅޭކަމަށް ބުނެ ރޯބުހުތާނު ވާހަކަތައް ފަތުރާ، އިންޑިއާ ރާއްޖެއިން ފޮނުވާލަން އަންނަނީ ގޮވާލަމުންނެވެ.

ސުވާލަކީ މި ދެތިން ހަފްތާއެއްގެ ތެރޭގައި މި އަޑު ގަދަކޮށްލައިން، ޔާމީންގެ ސަޕޯޓަރުން މި އުޅެނީ ކީއްވެތޯ އެވެ. ހަމަ ހަޤީޤަތުގައިވެސް އަހަރެމުންގެ އަވަށްޓެރިޔާ، އަހަރެމެންގެ ޤައުމު ހިފުމަށް މަސައްކަތް ކުރަނީތޯ އެވެ.

މި ސުވާލާ، ބައެއް ތާރީހްތަކާ ގުޅުވާލާނަމެވެ. ނިމުނު އޮގަސްޓު މަހުގެ 13 ވަނަ ދުވަހަކީ، ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް ހާއްސަ ދުވަހެކެވެ. ރާއްޖޭގެ ތާރީހްގައި ފަށައިގަންނަ އެންމެ ބޮޑެތި ޕްރޮޖެކްޓުތައް ފަށައިގަތުމަށް ދެ ޤައުމުން އެއްބަސްވެ، އެ ޕްރޮޖެކްތުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެކަން އިއުލާންކުރީ ނިމުނު އޮގަސްޓް މަހުގެ 13 ވަނަ ދުވަހު އެވެ. އެގޮތުން ރާއްޖޭގައި ފަށާ އުމްރާނީ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ، ގްރޭޓަަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތަށް 500 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް އެ ޤައުުމުން ނިންމިއުރު، ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދަށްކުރާ އަސަރުތަކުން އަރައިގަތުމަށް 250 މިލިއަން ޑޮލަރުގެ ލޯނު ދިނުމަށް އެ ޤައުމުން ނިންމި އެވެ.

އޭގެއިތުރުން 34 ރަށެއްގެ ފެނާ ނަރުދަމާގެ ނިޒާމް ގާއިމްކުރުމާއި، އައްޑޫ ސިޓީ ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން މަގު ހެދުމާއި އައްޑޫގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމާއި ބިން ހިއްކުމުގެ މަސައްކަތައް ބޭނުންވާ މަލީ އެހީތެރިކަން ފޯރުކޮށްދޭނެކަން އިންޑިއާ ސަރުކާރުން އެ ދުވަހު އިއުލާންކޮށްފައިވެއެވެ. ހަމަ އެ ދުވަހު އިއުލާންކުރި އިތުރު މަޝްރޫއުތަކުގެ ތެރޭގައި ހުޅުމާލޭގައި ކްރިކެޓް ސްޓޭޑިއަމެއް ގާއިމްކުރުމާއި، މާލޭ ވިޔަފާރިވެރިންގެ ބަނދަރު ގުޅީފަޅަށް ބަދަލުކޮށް، ބައިނަލްއަޤުވާމީ ފެންވަރުގެ ބަނދަރެއް ތަރައްޤީކުރުމުގެ މަޝްރޫއާ، ހުޅުމާލޭގައި 100 އެނދުގެ ކެންސަރަށް ހާއްސަ ހޮސްޕިޓަލެއް ގާއިމްކުރުމާއި، ގއ. ގެމަނަފުށި އަދި ފެލިވަރު މިފްކޯ ފެސިލިޓީ ތަރައްގީކުރުމުގެ އިތުރުން ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުން ހިމެެނެއެވެ.

މި މަޝްރޫއުތައް އިއުލާންކޮށް، ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅުގައި ފަށައިގަންނާކަން އިއުލާންކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިދިކޮޅުގެ އަދުގަދަވެ، އިންޑިއާ ބޭރުކުރަން ގޮވަން ފެށުން އެއީ ހަމަ އިއްތިފާޤެއްކަމާއި މެދު ސުވާލު އުފެދެ އެވެ. ނުވަތަ ހަމަ ހަޤީޤަތުގަައިވެސް އިންޑިއާއިން، ރާއްޖެ ހިފާތީ ކަންބޮޑުވެގެން އުޅޭ ބަޔެއް ކަމާމެދުވެސް ސުވާލު އުފެދެ އެވެ.

ދެން އޮތީ މި މަޝްރޫއުގެ ދަރަންޏާ ގުޅުވައި ދައްކާ ވާހަކަތަކެވެ. ކޮންމެ ރައްޔިތަކަށްވެސް ފެންނާނެގޮތަށް ވެބްްސައިޓްތަކުގައި ޝާއިރުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިންޑިއާ ސަރުކާރުންދޭ ލޯނުތަކުގެ އިންޓްރެސްޓް ރޭޓްތަކަކީ، ހުދުމުހުތާރު ވެރިޔާ އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނެގި ލޯނުތަކަށްވެސް އެތަށް ގުނަ އިންޓްރެސްޓް ކުޑަ ލޯނުތަކެވެ. އެއްބަސްވުންތައް ޤާއިމްކުރެވިފައިވަނީ ދިވެހިންނަށް ފަސޭހަވާނެގޮތަށެވެ. މަޝްރޫއުތަކަށްދޭ ބައެއް ލޯނާއި، ބަޖެޓް ސްޕޯޓަށްދޭ ފައިސާވެސް ދިނުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އެތެރޭގެ ދަރަނީގެ ގޮތުގައެވެ. ބައިނަލްއަޤުވާމީ ދަރަނީގެ ގޮތުގައެއް ނޫނެވެ. އެހެންކަމުން، އިންޑިއާއިންދޭ ލޯނާއި، އެހީތައް، އަބްދުﷲ ޔާމީންގެ ސަރުކާރުން ނެގި ލޯނުތަކާއި އަޅާކިޔޭނެ ޖާގައެއް ނެތެވެ.

އިދިކޮޅުން ދެން ދައްކާ ވާހަކައަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އަޅާ ފުލުހުންގެ ޓްރެއިނިިންގ ސެންޓަރުގެ ވާހަކައާއި، އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރު އަދި ހަދިޔާކުރުމަށް މަސައްކަތްކުރާ އަސްކަރީ މަތިންދާ ބޯޓު އޮޕަރޭޓްކުރުމަށް ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިއާ ސިފައިންގެ ވާހަކަ އެވެ. އެއީ ރާއްޖޭގައި މިލިޓަރީ ބޭސްއެއް ހެދުމަށް ހަރަކާތްތެރިވާ ބައެއްގެ ގޮތުގައި ދެއްކުމަށް އިދިކޮޅުން ކެނޑިނޭޅި މަސައްކަތްކުރެ އެވެ. ނަމަވެސް ކަމުގެ ހަޤީޤަތް އޮތީ ދިމާ އިދިކޮޅަށެވެ.

ފުރަތަމަކަމެއްގެ ގޮތުގައި މި ބުނެވުނު ދެ ކަމަކީވެސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާ ސަރުކާރާއެކުވީ އެއްބަސްވުމެއްގެ ދަށުން ކުރިއަށްދާ މަސައްކަތްތެވެ. އައްޑޫގައި ތަރައްޤީކުރާ ފުލުހުންގެ ޓްރެއިނިންގ ސެންޓަރު ޤާއިމްކުރުމުގެ އެއްބަސްވުމުގައިިވެސް ސޮއިކޮށް، މަސައްކަތް ފަށައިގަތީ އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެެ. ރާއްޖެއަށް އަސްކަރީ މަތިންދާބޯޓެއް ދިނުމަށް އެދި ހުށަހަޅާ މަސައްކަތް ފަށައިގަތީވެސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެނގިފައިވާގޮތުގައި މަތިންދާބޯޓު އޮޕަރޭޓްކުރުމަށް ބޭޭނުންްވާ ދިވެހިން ތަމްރީންކުރުމުގެ މަސައްކަތްތައްވެސް އިންޑިއާ ސަރުކާރުން އަންނަނީ ކުރިއަށްގެންދަމުންނެވެ. އަދި އެކަން ބޯޓު ހަވާލުކުރުމަށް ބާއްވާ ރަސްމިއްޔާތުގައި އިއުލާންކުރެވިގެންދާނެކަން އެނގިފައިވެއެވެ.

އެހެންކަމުން އަޑަށްބާރުލަފައިވާ އިންޑިއާ ބޭރުކުރުމުގެ ވާހަކައާއި، އިންޑިއާގެ އެހީގައި ކުރިއަށްގެންދާ މަސައްކަތްތައއް ހުއްޓާލުގެ ވާހަކަތައް އިދިކޮޅުން ދައްކަމުންދަނީ ހެޔޮ ނިޔަތެއް އޮވެގެން ނޫންކަން އެނގެ އެވެ. އެއީ ހާސިލްކުރަން ބޭނުންވާ ވަކި ސިޔާސީ މަންފާއެއް ހާސިލްކޮށް، ސަރުކާރުން ޤައުމުގެ ތަރައްޤީއަށް މަސައްކަތެއް ނުކުރާކަން ދެއްކުމަށް ކުރާ ކަމެއްކަމަށް ބުނުމުގެ ޖާގަ ބޮޑު އެވެ. އެހެން ނޫންކަމުގައިވާނަމަ، އިންޑިއާގެ އެހީގައި އެތަކެއް ތަރައްޤީގެ މަޝްރޫއެއް ފަށައިގަތުމަށް މަސައްކަތް ފަށާ ހިސާބުން އެ ވާހަކަތަކެއް ނުފަށާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
7%
27%
0%
47%
7%
13%
ކޮމެންޓް
7 ސެޕްޓެންބަރ 2020 | ހޯމަ 00:23
އިންޑި
ދެ އަހަރުވީ. އުޅޭ އުޅޭގަ. އިދިކޮޅޭ ގޮވަން ތިއްބަ ދައުރު ނިމޭނީ ދޯ
3 ސެޕްޓެންބަރ 2020 | ބުރާސްފަތި 21:38
ނުރަބޯ
ކޮބާތޯ ތިބުނާ ބޮޑެތި މަޝްރޫއު ތަކަކީ.
2 ސެޕްޓެންބަރ 2020 | ބުދަ 18:48
ދާއޫދު މުހައްމަދު
ލޯނު ތަކުގެ ތަފްސީލާއި އިންޓްރެސްޓް ރޭޓްތަށްވެސް ހިމަނާލީނަމަ ވަރަށް ފުރިހަމަވީސް ނޫސްވެރިކަމުގައި އޮޅުވާލުމަކީ އަދިމާ ބޮޑު ގޯހެއް އަސްލު ދަރަނީގެ ދަންތޫރަކީ ކޮ ބައިކަން ދިވެހީންނަށް އިގޭ ސުވާލަކީ މިދިޔަ 50 އަހަރު އިންޑިއާ ކޮކބައިތޯއެވެ. މިގައުމުގައި ސްކޫލެއް އަޅައިދިނަސް ކޮށްދީފޢިއޮތީ ޖަޕާނުން. މާދުރުގައި ހުންނަ ޤައުމުތަކުން އެހީވަމުން އައިއިރު އިންޑިއާ ކޮ ބައިތޯ މިއަދު ހަމަކުއްލިއަކަށް އިންޑިއާ ފެނިއްޖެ. ޢިންޑިއާ ދުވަހަކުވެސް ދިވެހިންނަށް ހެވެއްނޭދޭނެ އެދޭނަމަ މަލިކް ދިވެހިންނަށްދިނީސް