ކ. މާލެ
|
17 އޯގަސްޓް 2020 | ހޯމަ 19:10
ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ޤާނޫނީ ޓީމުގެ ބައެއް މެންބަރުން
ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ޤާނޫނީ ޓީމުގެ ބައެއް މެންބަރުން
މިހާރު
ރައީސް ޔާމީން
ރައީސް ޔާމީންގެ ވަކީލުން ބޭނުންވަނީ އުސޫލުގެ ބޭރުން ހުރިހާ ކަމެއް ކުރަން
 
ކޮވިޑް -19 އާ ގުޅިގެން ޖަލަށް މީހުން ވެއްދުން ވަނީ ހުއްޓާލާފައި
 
ވަކީލުންނާއި ބައްދަލު ކުރުމުގެ އިންތިޒާމްތައް ހަމަޖައްސަން ޖެހޭނީ ކަރެކްޝަންސް އިން ކަމަށް ޤާނޫނީ ޓީމުން ބުނޭ
 
ހޯމަ ދުވަހު ޔާމީންގެ ޤާނޫނީ ޓީމަށް މާފުއްޓަށް އެރިފައެއްނުވޭ

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންނަށް އެމަނިކުފާނާއި ބައްދަލު ވުމުގެ ފުރުސަތު ނުލިބޭކަމަށް ބުނެ އިދިކޮޅުން ގެންދަނީ އެކަމުގެ ކަންބޮޑުވުން ތަކުރާރުކޮށް ފާޅުކުރަމުންނެވެ. މީސް މީޑިއާ އާއި ޕޯޑިއަމްތަކުގައި އެވާހަކަ ތަކުރާރުކޮށް ގޮވަމުންދާއިރު އެކަމުގެ ހަޤީގަތަކީ ކޮބައިކަން އެނގެން ހުރިހާ ރައްޔިތުން ޚާއްސަކޮށް ރައީސް ޔާމީންގެ ސަޕޯޓަރުން ތިބީ ބޭނުންވެފައެވެ.

ރައީސް ޔާމީނާ ބައްދަލުކުރުމަށް ހޯމަދުވަހުގެ މެންދުރު 14:00ށް ހަމަޖެހިފައިވާ ކަމަށް ކަރެކްޝަނުން ލިޔުމުން ޖަވާބު ދިނުމުން އެ ލިޔުމާ އެއްގޮތަށް މާފުށްޓަށް ދިއުމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ފުރި ނަމަވެސް، އެރަށަށް އަރައި ބައްދަލުކުރެވޭނޭ އިންތިޒާމު ކަރެކްޝަނުން ހަމަޖައްސާފައި ނުވާތީ އެމަނިކުފާނާއި ބައްދަލުވެފައި ނުވާކަމަށް ޔާމީންގެ ޤާނޫނީ ޓީމުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅޭ ގޮތުން ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީންގެ ޤާނޫނީ ޓީމުގައި ހިމެނި ވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ އެބޭފުޅުންގެ މުވައްކިލަކީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިލްސް ބެލުގެ ދަށުގައި ޤައިދީއެއްގެ ގޮތުގައި ހުންނެވި ބެފުޅެއް ކަމަށް ވުމުން ރައީސް ޔާމީނާއި ޤާނޫނީ ޓީމުން ބައްދަލު ކުރުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަވަން ޖެހޭނީ އެމަނިކުފާނު ހިފަހައްޓަވައިގެން އުޅުއްވާ ބަޔަކު ކަމަށެވެ.

އަޅުގަނޑުމެން އިންތިޒާމްގެ ތެރޭގައި އާންމު ގޮތެއްގައި މި އޮންނަނީ ޓްރާންސްޕޯޓާއި އެކަހަލަ ކަންތައްތައް ހަމަޖެއްސުން. އެކަންތައްތައް ހަމަޖައްސައިގެން އަޅުގަނޑުމެން ދިޔައީ. ރައީސް ޔާމީނާއި ބައްދަލު ކުރުމަކީ އަސާސީ ހައްގެއް. އެ ހައްގު ހަނިކޮށް ފުޅާކޮށް ގޮތްގޮތަށް ހެދުމުގެ އިހްތިޔާރެއް ލިބިގެނެއް ނުވޭ. އަސާސީ ހައްގަކީ އޮންނަ މިންވަރަކުން ދޭން ޖެހޭ އެއްޗެއް. އެއީ ހެޔޮކަމުން ކޮށްދޭން ޖެހޭ ކަމެއް ނޫން. އެފަރާތަކާއި ބައްދަލު ކުރމުގެ ހުއްދަތައް ހަމަޖައްސަން ޖެހޭނީ އެމީހަކު ނަގައިގެން ހިފަހައްޓައިގެން އުޅޭ ފަރާތަކުން.އަޅުގަނޑުމެންގެ ކަމަކީ އެހުއްދައެއް އޮންނަ އުސޫލުގެ ދަށުން ހުއްދައަށް އެދުން . އެހުއްދަ ދެއްވައިފި ކަމަށް ވިދާޅުވީ އެހެންވެ އަޅުގަނޑުމެން ދިޔައީ
ޑރ. މުހައްމަދު ޖަމީލު އަހުމަދު

ޑރ. ޖަމީލް ވިދާޅުވީ ކައުންސިލުން ނަގަން ޖެހޭ ހުއްދަ އާއި އެޗްޕީއޭއިން ނަގަން ޖެހޭ ހުއްދަ އަކީ ދައުލަތުގެ ތެރެއިން ނަގަން ޖެހޭ ހުއްދަތަކެއް ކަމަށާއި، ވަކީލާއި ހަމައަށް ދިއުމަށް ޓަކައި ކޯޓުން އަމުރު ކޮށްފައިވާ ގޮތަށް ނަގަންޖެހޭ ހުރިހާ ހުއްދައެއް ނަގައިގެން މުވައްކިލާ ހަމައަށް ދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަކީ ކަރެކްޝަނަލް ސާރވިސްގެ ޒިންމާއެއް ކަމަށެވެ.

ޑރ. ޖަމީލް އެހެން ވިދާޅުވިނަމަވެސް ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނު ކޮށްފައިވާ މި ދަނޑިވަޅުގައި އެޗްޕީއޭގެ އުސޫލްތަކާއި ޚިލާފަށް ކަރެކްޝަންސް އިން ނުވަތަ އެހެން މުއައްސަސާއަކުންވެސް އަމަލު ކުރުން ވާނީ ޤާނޫނީ ކުށަކަށެވެ. އެއާއި އެކު މާފުއްޓަށް އެރުމުގެ ކުރިން ކައުންސިލުން ހުއްދަ ނަގަން ޖެހޭނީވެސް އަމިއްލައަށެވެ.

ޖަލަށް މީހުން ވެއްދުން ހުއްޓާލާފައިވަނީ ކޮވިޑް -19 އާ ގުޅިގެން ނެވެ. އަދި އުސޫލުތަކާ ޚިލާފަށް ރައީސް ޔާމީންގެ ވަކީލުން ޖަލަށް ވައްދައިފިނަމަ ޤައިދީންނާއި ބައްދަލު ކުރުމަށް އެހެން ފަރާތްތަށް ވެސް ޖަލަށް ވެއްދުމުގެ ޙައްޤު އޮންނަން ވާނެއެވެ.

ޤައިދީ އާ ބައްދަލު ކުރުމަށް ރަށަށް އަރަން ޖެހޭ ހުއްދަތައް ހަމަޖެއްސުމަކީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ކުރަންޖެހޭ ކަމެއް ނޫންނެވެ. ޖަލު ދޮރާއި ހަމައަށް ދިއުމަށް ހޯދަން ޖެހޭ ހުރިހާ ހުއްދަ އަކީ ޤާނޫނީ ޓީމުން ހޯދަންޖެހޭ ހުއްދަތަކެކެވެ.

ނަމަވެސް ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުން މަސައްކަތް ކުރަމުންދަނީ ހަމަޖެހިފައިވާ އުސޫލްތަކުގެ ބޭރުން އެމަނިކުފާނާއި ބައްދަލު ކުރުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
44%
44%
11%
0%
0%
ކޮމެންޓް