ކ. މާލެ
|
13 އޯގަސްޓް 2020 | ބުރާސްފަތި 15:45
ރައީސް ޞާލިހު އާއި ރައީސް ނަޝީދު
ރައީސް ޞާލިހު އާއި ރައީސް ނަޝީދު
އެމްޑީޕީ
މަގޭ ރިޕޯޓް
މިއުޅެނީ ސަރުކާރާއި، މަޖިލިސް، އަދި އެމްޑީޕީގެ ވެސް މައްސަލައެއް ނޫން!
 
ސަރުކާރުގައި އެމްޑީޕީއަށް އޮތީ 40 ޕަސެންޓް، އަނެއް 60 ޕަސެންޓް އޮތީ އެމްޑީޕީގެ ވެރިކަން ބަޣާވާތަކުން ވައްޓަލި ކޯލިޝަން
 
ސަރުކާރާއި ދައުލަތުގެ އިދާރާތައް ޒިންމާދާރު ކުރުމަކީ މަޖިލީހުން ކުރަންޖެހޭ ކަމެއް
 
ސަރުކާރު ޒިންމާދާރު ކުރުމަށް ހަރުދަނާ އިދިކޮޅު ސިޔާސީ ޕާޓީއެއް ނެތް

މިހާރަކަށް އައިސް ރާއްޖޭގެ ރައްޔިތުންގެ މެދުގައި އެންމެބޮޑު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވަނީ، ސަރުކާރާއި ރައްޔިތުންގެ މަޖިލީހާ ދެމެދު ހިނގަމުންދާ ކަންތައްތަކާމެދުގަ އެވެ. ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ދެމެދު އޮތް ޒަމާންވީ ރަހްމަތްތެރިކަމުގެ ގުޅުމަށްވެސް ބުރޫއަރާފައިވާކަން ދެއްކުމަށެވެ.

ނަމަވެސް އެނގޭ ހަގީގަތަކީ ރައީސް ޞާލިހުއާއި ރައީސް ނަޝީދުއާ މިދެބޭފުޅުންނަކީ، ދުރުނުކުރެވޭހާ ގާތް ދެބޭފުޅުން ކަމެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ މެދުގައި އެންމެ މަޤްބޫލް ދެ ސިޔާސީ ލީޑަރުން ކަމެވެ. ރައީސް ޞާލިހުއާއި ރައީސް ނަޝީދުއާ ދެ ބޭފުޅުންނާ ވާދަކުރެވޭވަރުގެ ސިޔާސީ ލީޑަރެއް މިވަގުތަކު ރާއްޖެއަކު ނެތެވެ. މި ދެބޭފުޅުން އެކައްޗެއްކިޔައި، އެއް އަމާޒަކަށް ވާސިލްވާން މަސައްކަތް ކުރާނަމަ، މިއޮތީ ރަނުގެ ފުރުސަތެއް އެ ދެބޭފުޅުންނަށް ލިބިވަޑައިގަންނަވާފަ އެވެ.

ދިވެހިރައްޔިތުން ދެކެން ބޭނުންވަނީ، މި ދެ ބޭފުޅުންގެ ފަރާތުން އިހުލާސްތެރި މަސައްކަތެއް ފެނުމެވެ.

ދިވެހި ރައްޔިތުން ބޭނުން ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ދިވެހި ރަައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ، އަސާސީ ހައްގުތައް އެރައްޔިތުންނަށް ލިބިދިނުމެވެ. ބޯހިޔާވަހިކަމާއި އަދުލްއިންސާފު ގާއިމުވެ، ރާއްޖެ ތަރައްގީގެ އާއުސްމިންތަކަކަށް ގެންގޮސް ދިނުމެވެ. އެމްޑީޕީގެ ލީޑަރުންގެ ގޮތުގައި ތިއްބެވި ރައީސް ޞާލިހުއަށާއި ރައީސް ނަޝީދުއަށް މިކަންކަން ނުވެ، ދެން މިރާއްޖޭގައި މިކަންކަން ކުރެއްވޭނެ ވެރިޔެއް މިވަގުތަކު ހުރިހެނެއް ހިޔެއް ނުވެއެވެ. ހަމައެކަނި، ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލައަށް ހައްލެއް ގެނެސް، މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ދުރުކޮށް، އަދުލްއިންސާފު ގާއިމުކޮށްދިން ކަމަށް ވިޔަސް އެއީ ދިވެހިިރައްޔިތުން ނުހަނު ލޯތްބާއެކު ބަލައިގަންނާނެ ކަންކަމެވެ.

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިފައިވާއިރު، "ފަހަތުފަޔަށް ބުރަވެ" ރައްޔިތުން ދެކެމުންއައި ހުވަފެން، އަދި އެމްޑީޕީން ރައްޔިތުންނަށް ދެއްކި ހުވަފެން ހަގީގަތަކަށް ނުވެ، ދިގުލައިގެން ދިއުމަކީ ހަމަ ހަގީގަތުގައިވެސް ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު ކަންބޮޑުވާ ކަމެކެވެ. ހާއްސަކޮށް، ދައުލަތުގެ އެންމެ އިސްވެރިޔާގެ މަގާމަށް ރައީސް ޞާލިހު އިންތިހާބު ކުރުމަށް ވޯޓު ދިން ދިވެހި ރައްޔިތުންނާއި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި ކެންޑިޑޭޓުންނަށް ވޯޓުދީ އެމްޑީޕީއަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދިން ދިވެހިރައްޔިތުން ވަރަށް ބޮޑަށް މާޔޫސްވާނެ ކަންކަމެވެ އެވެ.

ކަންކަން ނުވެ، ދިގުލައިގެންދާ ސަބަބުތަކެއް ވެސް އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ސަބަބަކީ، ރާއްޖޭގައި މިވަގުތު ހަރުދަނާ އިދިކޮޅު ސިޔާސީ ޕާޓީއެއް ނެތުމެވެ. ސަރުކާރަށް ފާރަވެރިވެ، ސަރުކާރު ޒިންމާދާރު ކުރުވާނެ ހަރުދަނާ އިދިކޮޅު ސިޔާސީ ޕާޓީއެއް ނެތުމެވެ.

އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާއިރު، ސަރުކާރު ޒިންމާދާރު ކުރުމަށް ސިޔާސީ ހަރަކާތްތައް ވަރަށް ފުޅާދާއިރާއެއްގައި ހިންގަ އެވެ. ޕާޓީގެ ހުރިހާ ގުނަވަންތައް ބަރާބަރަށް ފަންކްޝަން ވެއެވެ. އެގޮތުން، އެމްޑީޕީގެ އެތެރޭގައި އޮންނަ އިގްތިޞާދީ ކޮމެޓީތަކާއި އިޖުތިމާއީ ކޮމެޓީތައް ހަރަކާތްތެރިވެ، ސަރުކާރާއި ދައުލަތުގެ އިދާރާތައް ޖަވާބުދާރީ ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން ދިޔަ އެވެ. އަދި އެހަމަ އެގޮތަށް ރާއްޖެއިން ބޭރުން ކުރަންޖެހޭ ކަންކަން ކުރުމުގައި އެމްޑީޕީއަކީ ފާހަގަ ކޮށްލެވޭ ޕާޓީއެކެވެ. ބޭރު ދުނިޔެއާއި ގުޅުން ބޮޑެވެ.

ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ކެބިނެޓަށް ވަޑައިގަންނަވާ ބޭފުޅުންނަށް ވުރެ، ރައްޔިތުންގެ ޝައުގުވެރިކަން ބޮޑުވެފައި އޭރު އޮންނަނީ އެމްޑީޕީގެ ހިޔަނި ކެބިނެޓަށް ވަޑައިގަންނަވާ ބޭފުޅުންނާމެދުގަ އެވެ. އެހާވެސް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ހަރަކާތްތެރިވާއިރު، ސިޔާސީ ހަރަކާތްތައް ހިންގައެވެ.

މިހާރު ދިމާވެގެން މިއުޅެނީ، މިމައްސަލަ އެވެ. ސަރުކާރު ހިންގާ މައިޕާޓީއަކީ އެމްޑީޕީއެވެ. ސަރުކާރު ޒިންމާދާރު ކުރަން އޮތީވެސް ހަމަ އެމްޑީޕީއަށްވުމުން ދިމާވެގެން އުޅޭ މައްސަލަ އެކެވެ. ސަރުކާރާއި ދައުލަތުގެ އިދާރާތައް ޒިންމާދާރު ކުރުމުގައި އެންމެ އިސްދައުރެއް އޮތީ ރައްޔިތުންގެ މަޖިލީހުގަ އެވެ. ރައްޔިތުންގެ ސުޕަރ މެޖޯރިރިޓީ އޮތީވެސް އެމްޑީޕީގަ އެވެ. ކަން މިހެން އޮތްއިރު، ހަރުދަނާ އިދިކޮޅު ސިޔާސީ ޕާޓީއެއް މިގައުމުގަ ފެންނަން ނެތުމުން، މިހާރު ސަރުކާރު ޒިންމާދާރު ކުރުވަންވެސް މިޖެހުނީ ހަމަ އެމްޑީޕީއަށެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ކޯލިޝަން ޕީޕީއެމް-ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގައި ތިއްބަވަނީ 9 މެމްބަރުން ނެވެ. މި މެމްބަރުން ސަރުކާރު ޒިންމާދާރު ކުރުމަށް ކުރާ އެއްވެސް ކަމެއް ނުފެނެއެވެ. މުޅިން ވެސް އުޅުއްވަނީ، ދައުލަތުގެ މާލިއްޔާ، އަމިއްލަ ގެކޮޅަށް ވައްދައިގެން، ފައިސާ ގުނަން އުޅުއްވި ވެރިޔާ ޖަލުން ސަލާމަތް ކުރެވޭތޯ އެވެ. އެކަންވެސް އެންމެ ރަނގަޅަކަށް ނުކުރެވެއެވެ. އެހެންކަމުން ސަރުކާރުން ޒިންމާދާރު ކުރުމުގެ ހުރިހާ މަސައްކަތްތެއް ކުރަން މިޖެހެނީ ހަމަ އެމްޑީޕީއަށެވެ.

އެމްޑީޕީން އެމްޑީޕީގެ ސަރުކާރު ޒިންމާދާރު ކުރަންޖެހުމުން، ފާޑުކިޔުންތައްވެސް ހުންނާނީ ހަމަ އެމްޑީޕީގެ ތެރޭގަ ނޫންތޯ އެވެ. މިހާރު ދިމާވެގެން މިއުޅޭ މައްސަލައަކީ މަޖިލީހުގައި އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮވެފައި، ސަރުކާރު ކޯލިޝަންގައި އެމްޑީޕީއަކީ މައިޕާޓީކަމަށް ވިޔަސް، އެހެންގޮތަކަށް ބުނާނަމަ މައިނޯރިޓީ އެވެ. ސަރުކާރު ކޯލިޝަނުން އެމްޑީޕީއަށް އޮތީ 40 ޕަސެންޓެވެ. އަނެއް 60 ޕަސެންޓަކީ އެމްޑީޕީގެ ކުރީގެ ސަރުކާރު އާދެ، ރައީސް ނަޝީދުގެ ސަރުކާރު ބަޣާވާތަކުން ވައްޓާލި ކޯލިޝަނެވެ.

މިގަައި އަދިއެހެންކަމެއް ފާހަގަކޮށްލެވެއެވެ. އާ ގާނޫނުއަސާސީއާއެކު ބޭއްވި ތިން ރިޔާސީ އިންތިހާބު ވެސް، ކާމިޔާބުވާ މީހަކަށް ކާމިޔާބުވެފައި ވަނީ ސިޔާސީ ޕާޓީތަކެއް ކޯލިޝަން ހަދައިގެންނެވެ. އެކަމަކު، ކޯލިޝަނަކީ ރިޔާސީ ނިޒާމާ ވަރަށް ބީރައްޓެހި އެއްޗެކެވެ. ރާއްޖެ މިހާރު ތަޖުރިބާ ކުރަމުންމިދަނީ އެކަމުގެ ހިތި ނަތިޖާ އެވެ. ކޯލިޝަން ސަރުކާރު "ވޯކް" ނުކުރާތަނެވެ. ކޯލިޝަނެއް ހަދައިގެން ސަރުކާރެއް ގެނެސް، ހަމަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކޯލިޝަންގައި ހިމެނޭ ޕާޓީތައް ކޯލިޝަނުން ވަކިވެ، އިދިކޮޅަށް މަސައްކަތްކޮށް ބަޣާވާތްވާތެއްވެސް ކޮށްފައިވާއިރު، މިހާރު ކޯލިޝަނުގައި ތިއްބެވީ، އެއްކަލަ ބަޣާވާތަކުން ވައްޓާލި ސަރުކާރާއި ބަޣާވާތްކުރި ސިޔާސީ ޕާޓީތަކެވެ.

އިހުލާސްތެރިކަމާއެކު ސަރުކާރު ކޯލިޝަނުން މަސައްކަތް ކުރާނެ ކަމާމެދު ޝައްކު އުފެދެއެވެ. އެހެނެއް ނޫނެވެ. މަގާމުތަކާއި ވިޔަފާރީގެ ފައިދާ ނުވަތަ އަމިއްލަ މަންފާއަށް ރިޔާސީ އިންތިހާބު އަންނަންދެން މިކޯލިޝަން ދެމިއޮވެދާނެ އެވެ. ކޯލިޝަނުގެ ހިމެނޭ ޕާޓީތަކަށް އެހެން ގޮތެއް އޮތް ހެނެއް ވެސް ހިޔެއް ނުވެއެވެ.

ކޯލިޝަނުގައި ހިމެނޭ އެއްޕާޓީން މިހާރުވެސް ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކުރަން ފަށާފަ އެވެ. ކޮވިޑް-19އާއެކު ކެމްޕެއިން ހަރަކާތް މަޑުޖައްސާލާފައިއޮތަސް ރިޔާސީ އިންތިހާބާ ކައިރިވާވަރަކަށް އަނެއްކާވެސް، ދިވެހިންނަށް ކުރިން ފެނުނު މަންޒަރުތައް ފެންނަން ފަށާނެ އެވެ. އެކުގައި ތިއްބަވާނީ ހަމަ ރައީސް ޞާލިހުއާއި ރައީސް ނަޝީދު އެވެ. ރައީސް ޞާލިހުއާއި ރައީސް ނަޝީދު ދެ ބޭފުޅުން ދެބޭފުޅުންނާ ހަނގުރާމަ ކުރަން ވަކި ސިޔާސީ ދެ ޕާޓީއަކުން ނިކުމެވަޑައިގަންނަވަފާނެ ކަމާމެދު ޝައްކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
8%
48%
6%
8%
23%
8%
ކޮމެންޓް
14 އޯގަސްޓް 2020 | ހުކުރު 13:32
ޟޮކް
ސުކެއްގެ ވާހަކަ އެއް
14 އޯގަސްޓް 2020 | ހުކުރު 06:20
ޢަހްޒަމް
މީ ހަމަ އަސްލެއްތަ ނުނީ ސަލާމަތް ވާން ހަދާ ދޮގެއްތަ!😂😂
13 އޯގަސްޓް 2020 | ބުރާސްފަތި 23:26
ސަލީމް
ފަޒީން މީ ނޫސްވެރ IU އެއްތަ ބޮޑަށް ވައްތަރީ ގުންޑާއަކާ ނޫނީ ސަލީމް ެެެެެ ބޭނުންފުއްދަން ގެންގުލޭ ބޯއިއެއްހެން ހީވަނީ
13 އޯގަސްޓް 2020 | ބުރާސްފަތި 21:57
މުޖޫ
މިކިޔުނީ ލިޔުމެއްކަމެއް، ޅެމެއް ކަމެއް، ފަރިއްސެއްކަމެއްވެސް ނޭނގެއެވެ.
13 އޯގަސްޓް 2020 | ބުރާސްފަތި 21:51
އަހައްމާ
ކުޑަކުދިންނަށް ކިޔާދިނަސް މިވާހަކަ މިހާރު ގަބޫލު ނުކުރާނެ. އަމިއްލަ އަށް އަމިއްލަ ލިޔުން ވެސް ގަބޫލު ނުކުރާނެ. ގުނބޯ. ވަރަށް ސަލާމް އިނގޭތަ ވެލާ އަޑީގަ އޮނަނައިރު ނޭވާލަނީ ފޫކޮޅުން.
13 އޯގަސްޓް 2020 | ބުރާސްފަތި 21:21
ާއިބރާހިމްއަހުމަދު
ޢަސްލުވެސްވަރައްތއދުވާހަކައެއް
13 އޯގަސްޓް 2020 | ބުރާސްފަތި 18:42
ޙުސެން
ޢެމްޑީޕީ އަކީ އަންނިއަށް ނިކަމެތި ބަސްބުނާ މީހުން މިފހަރު ފެންނާނެ.
13 އޯގަސްޓް 2020 | ބުރާސްފަތި 18:13
ތެދެކެވެ. އެމްޑީޕީ އަކީ ސަރުކަރެއް ހިންގަން އެނގޭބަޔަކު ތިބި ޕާޓީ އެއްނޫނެވެ. ނަމަވެސް އިދިކޮޅުގައިތިބެ ބޭރުދުނިޔޭގައިރާއްޖޭގެ އަގުވައްޓާލުމަށް ނުހަނު ގިނަ މަސައްކަތްކުރިޕާޓީ އެކެވެ. ވެރިކަން ކިބުނީމަވެސް ގައުމުދަރުވާލައި ރިޒާވު ހުސްކޮށްލުމަށްފަހު އިސްތިއުފާދީ ގައުމުގައި ހުޅުޖެހީއެވެ. މިހާރުވެގެން އުޅޭގޮތަކީ 2 އަހަރުބަޖެޓް ބަހައި ކައިނިމުނުއިރު ގައުމަށް ކޮށްދެވުނު ކަމެއް ނެތްކަމަށްބުނެ އަންނި ވެރިކަމަށް އައުމަށް ކުރާ މަސައްކަތްތަކެއް ފެށިގެން ކުރިއަށް ދަނީ އެވެ. މި ދެމީހުންކުރެ އެއްވެސް މީހަކީ އަދި އެމްޑީޕީ އަކީ ގައުމެއް މެނޭޖުކޮށް ހިންގުމުގެ ގާބިލުކަން ހުރި ބައެއްނޫނެވެ.
13 އޯގަސްޓް 2020 | ބުރާސްފަތި 16:05
އަލީ
ތިޔަބުނާ ކޮމެޓީތައް އެމްޑީޕީ ތެރޭގައި އޮވެގެން...ރާއްޖޭގެ ތާރީހުގައި ހުރިހާ ބާރެއް ދީ 65 ސާ ފު އަޤުލަބިއްޔަތު އޮވެގެން ރައްޔިތަކަށް ވީ އެއްވެސް ކަމެއްނެތް ..ކަންމަތީ ފިހާރައެއްގެ ވަތް ޖަޑަށްވުރެ ދަށަށް އެމް އެމް އޭ ވެއްޓި...ޑޮލަރު 19 އަށް އަރާ 7000 ފުލެޓްގައި ފެހި ޖެހި އިރުވެސް ނަތީޖާ އެއް ނު ފެނެއެވެ....އަގައިން ތަރައްޤީކޮށް އިންޑިޔާގެ ކެރެލާ ސުޓޭޓް ހެން ޤައުމު ހިގީމަ ބޮޑުތަކުރު ފާނު ޖިހާދު ކޮށް ހޯދި މިނިވަންކަމުގެ އަގު ދެވުނީތޯ....21 ޤަރުނުގައި ކޮން ޤައުމެއްތޯ އެހެން ޤައުމެއްގެ އަޅުވެތިކަމަށް އެދި ގޮވަނީ....