ކ. މާލެ
|
13 އޯގަސްޓް 2020 | ބުރާސްފަތި 15:50
ކޯޓާ އައުކުރި ތަކެތީގެ ތެރޭގައި ފުށް ހިމެނޭ
ކޯޓާ އައުކުރި ތަކެތީގެ ތެރޭގައި ފުށް ހިމެނޭ
ރާއްޖެއެމްވީ
އިންޑިއާ - ރާއްޖެ
ޒަރޫރީ ހަތް ބާވަތެއްގެ ކޯޓާ އިންޑިއާއިން އައުކޮށްދީފި
 
މިދިޔަ އަހަރަށްވުރެ ކޯޓާ އިތުުރު ކޮށްދީފައިވާނެ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ވިދާޅުވި
 
ޝަހީދު ވަނީ އިންޑިއާ އަށް ޝުކުރު އަދާކުރައްވާފައި
 
އިމާރާތް ކުރުމަށް ބޭނުންވާ ހަތް ސާމާނެއްގެ ކޯޓާ ވަނީ އައު ކޮށްދީފައި

ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް އިންޑިއާ ސަރުކާރުން ދީފައިވާ ކޯޓާ އައު ކޮށްދީފިއެވެ.

ކާބޯތަކެތީގެ ޒަރޫރީ 7 ބާވަތެއްގެ އިތުރުން އިމާރާތްކުރުމިގެ ދާއިރާއަށް ބޭނުންވާ ހިލަޔާ ހިލަވެލި އިންޑިއާއިން އެތެރެކުރުމަށް ދީފައިވާ ކޯޓާވެސް ވަނީ އައު ކޮށްދީފައެވެ. ކޯޓާ އައުކޮށްދީފައިވާ ކާބޯތަކެތީގެ ބާވަތްތަކަކީ، ހަނޑޫ، ހަކުރު، ފުށް، ފިޔާ، ބިސް އަދި އަލުވިގެ އިތުރުން މުގެވެ. ކޯޓާ އައު ކޮށްދީފައިވާ އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ތަކުގެ ތެރޭގައި ހިމެނެނީ ހިލަ އަދި ހިލަވެލި އެވެ.

ކޯޓާ އައުކޮށްދިނުމާ ގުޅޭ ގޮތުން ވީޑިއޯ ކޯލް މެދުވެރިކޮށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ވާހަކަ ދައްކަވަމުން އިންޑިއާ ގެ ހާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު ވިދާޅުވީ މިދިޔަ އަހަރަށްވުރެ އިތުރަށް މިއަހަރު ކޯޓާ ދޫކޮށްފައިވާނެ ކަމަށާއި، އެކަމުގެ ސަބަބުން ކޮވިޑް-19ގެ މިހާލަތުގައި ރާއްޖެއަށް ޒަރޫރީ ބާވަތްތައް އިމްޕޯޓްކުރުމަށް އިތުރު ޔަގީންކަމެއް ލިބިގެންދާނެ ކަމަށެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް އިންޑިއާއިން ދީފައިވާ ކޯޓާ އައު ކޮށްދެއްވާފައިވާތީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކޮވިޑާ ގުޅިގެން އިންޑިއާއިން ޒަރޫރީ ގިނަ ބާވަތްތަކެއް ބޭރުކުރުން މަނާކޮށްފައި އޮތްނަމަވެސް، ހާއްސަ އުސޫލެއްގެ ދަށުން މެދުނުކެނޑި ރާއްޖެއަށް އެ ބާވަތްތައް ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވި ކަމަށްޓަކައިވެސް އިންޑިއާ ސަރުކާރަށް ޝުކުރެއް އަދާކުރެއްވިއެވެ.

ކޮވިޑް-19 ފެތުރެން ފެށުމާއެކު އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް މެދުނުކެނޑި ރާއްޖެއަށް ލިބޭނެކަމުގެ ޔަޤީންކަންދީ، ލޮކްޑައުންގެ ސަބަބުން ރާއްޖެއަށް ތަކެތި ގެނައުމަށް ދިމާވި ދަތިތަކަށްވެސް ހައްލު ހޯދައިދީފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
0%
0%
0%
50%
ކޮމެންޓް