ކ. މާލެ
|
12 އޯގަސްޓް 2020 | ބުދަ 20:34
އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އޮފީސް
އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
އިކޮނަމިކް މިނިސްޓަރ ފައްޔާޒްގެ މަސައްކަތްތައް ގިނަ މުވައްޒަފުން ބަލައިގަނޭ
 
ބަލިމަޑުކަމުގެ ތެރޭގައިވެސް މުވައްޒަފުންނަށް ހިތްވަރު ދެއްވާ މަސައްކަތުގައި ހުއްޓުމެއް ނެތި ކުރިއަށް ވަޑައިގެންނެވި
 
ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ފައްޔާޒު ކުރެއްވީ އިޚްލާސްތެރިކަމާއެކު، ހެޔޮ ނިޔަތުގައި
 
ފައްޔާޒް ބޭނުންފުޅުވަނީ މި ދަނޑިވަޅުގައި ވެސް ރައްޔިތުންނަށް ހެޔޮ ގޮތްތައްވާން

އިތުބާރުނެތް ކަމުގެ ވޯޓެއް ނަގަން އުޅޭ ވާހަކަ ކުއްލިއަކަށް ފެންމަތިވުމާއެކު، އިކޮނޮމިކް މިނިސްޓްރީގެ ބައެއް މުވައްޒަފުންނަށްވެސް އެކަންވީ ބޮޑު ހައިރާންކަން ގެނުވި ކަމަކަށެވެ. އަވަދި ނެތި ވަރަށް ބުރަކޮށް މަސައްކަތުގައި އުޅުއްވަނިކޮށް ހީވެސް ނުކުރާ ފަދަ ޚަބަރެއް އައުމުން މުވައްޒަފުންނަށްވެސް ލިބިގެން ދިޔައީ ބޮޑު ޝޮކެކެވެ.

އިކޮނޮމިކް މިނިސްޓަރ ކަމުގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް، ޚުދު އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، އެމްޑީޕީގެ ބައެއް ޕާލިމެންޓް މެމްބަރުން މަަސައްކަތް ކުރައްވަމުން ގެންދަވާ ޚަބާރާ ގުޅިގެން ރާޢްޖެއެމްވީއާ ވާހަކަ ދެއްކި އެ މިނިސްޓްރީގެ ބައެއް މުވައްޒަފުން ބުނީ، މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ މަސައްކަތްތައް މިނިސްޓްރީގެ ގިނަ މުވައްޒަފުން ބަލައިގަންނަކަމަށާއި، އެމަނިކުފާނަކީ އިޚްލާސްތެރި ކަމާއެކު ޚިދުމަތް ކުރައްވަމުން ގެންދަވާ ވަޒީރެއް ކަމަށެވެ. މުވައްޒަފުން ބުނާ ގޮތުގައި މިނިސްޓަރ ފައްޔާޒަކީ އެންމެންނާވެސް ގުޅޭ، އެންމެންގެ ކަންކަމުގައިވެސް އުޅުއްވާ ބޭފުޅެކެވެ. ފައްޔާޒަކީ، ވަކި ޕާޓީގެ ކުލައަށް ބެއްލެވުމެއް ނެތި ރައްޔިތުންނަށް ޚިދުމަތް ކުރައްވާ ވަޒީރެއްކަން ރާޢްޖެއެމްވީ އާ ވާހަކަ ދެއްކި މުވައްޒަފުން ފާހަގަ ކުރިއެވެ.

ރާއްޖެއެމްވީ އާއި ވާހަކަ ދެއްކި ބައެއް މުވައްޒަފުން ބުނި ގޮތުގައި، މިނިސްޓަރ ފައްޔާޒް މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ވީހާ ވެސް ރަނގަޅަށް ޚިދުމަތް ފޯރުކޮށްދެއްވުމަށެވެ. މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި، ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމުގައިވާ ލިޔެކިޔުންނެތް ބިދޭސީންގެ މައްސަލަ ހައްލު ކުރެއްވުމަށް ފައްޔާޒު ކުރެއްވި މިންނެތް މަސައްކަތްފުޅު ޚާއްސަ ގޮތެއްގައި މިނިސްޓްރީގެ މުވަައްޒަފުން ފާހަގަ ކުރެއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރެއްވުމުގައި ދުވަހަކުވެސް މީގެކުރިން މިނިސްޓަރަކު މަސައްކަތް ނުކުރައްވާ ވަރަށް ފައްޔާޒު މަސައްކަތް ކުރައްވާފައިވާކަން މުވައްޒަފުން ފާހަގަ ކުރެއެވެ. އެއީ ރާއްޖޭގެ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ މަސައްކަތެއް ކަމަށާއި، އެފަދަ މަސައްކަތެއް ކުރެއްވި ދެވަނަ މިނިސްޓަރަކު ފެނިފައި ނުވާ ކަމަށް މިނިސްޓްރީގެ މުވައްޒަފުން ގަބޫލު ކުރެއެވެ.

"ލިޔެކިޔުން ނެތް ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ފައްޔާޒު ކުރެއްވީ އިޚްލާސްތެރިކަމާއެކު، އެކަން ކުރެއްވުމުގެ ހެޔޮ ނިޔަތުގައި، އެކަން ވަރަށް ގިނަ ބަޔަކު ބަލައިގަތް، ބިދޭސީންގެ މައްސަލަ ތަކުގައި އުޅުއްވާ ފަރާތްތަކުން ވެސް ފާހަގަކުރޭ، ކުރިއާ އަޅާ ބަލާއިރު ކަން ކަން ކުރުމުގައި ފަސޭހަ ގޮތްތަކެއް ހުރިކަމަށް"
އިކޮނަމިކް މިނިސްޓްރީގެ މުވައްޒަފެއް

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިދަތި އުނދަގޫ ދަނޑިވަޅުގައިވެސް ގަވައިދާ ޚިލާފަށް އުޅޭ ކަމަށް ރެކޯޑް ކުރެވިފައިވާ ހަތަރު ހާހަށްވުރެ ގިނަ ބިދޭސީން އެމީހުންގެ ގައުމަށް ވަނީ ފޮނުވާލާފައެވެ.

މީގެ އިތުރުން ކޮވިޑް19ގެ މި ދަނޑިވަޅުގައި ވެސް މިނިސްޓަރ ފައްޔާޒު މަސައްކަތް ކުރެއްވީ މިނިސްޓްރީގެ މަސައްކަތްތަކަށާއި، އާއްމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވީހާވެސް ރަނގަޅަކަށް ފޯރުކޮށްދެވޭތޯ ކަމަށް ރާއްޖެއެމްވީ އާ ވާހަކަ ދެއްކި މުވައްޒަފުން ފާހަގަކުރި އެވެ.

"މަދު މުވައްޒަފުން އޮފީހަށް ނެރެ، ގޭގައި ވެސް މުވައްޒަފުން ލައްވާ މަސައްކަތް ކޮށް ފައްޔާޒް ބޭނުންފުޅުވެލެއްވީ ރައްޔިތުންނަށް ރަނގަޅު ގޮތްތަކެއް ވާން"ނަން ހާމަ ނުކުރުމަށް އެދި ރާއްޖެއެމްވީ އާއި ވާހަކަ ދެއްކި އިކޮނަމިކް މިނިސްޓްރީގެ ސީނިއާ މުވައްޒަފެއް ބުންޏެއެވެ.

ފައްޔާޒް އަކީ ރައްޔިތުންނަށް ހެޔޮގޮތްތަށް ވުމަށް އަބަދުވެސް އެދޭ ވަޒީރެއް ކަމަށާއި، މަޤާމުގެ ނާޖާއިޒު ފައިދާ ނަންގަވާނެ ބޭފުޅެއް ނޫން ކަމަށް ވެސް މުވައްޒަފުން ފާހަގަކުރި އެވެ.

"މަގާމުގެ ނާޖާއިޒު ފައިދާ ނެގުމާއި، ކޮރަޕްޝަން އާއި ދެކޮޅު ވަޒީރެއް"މުވައްޒަފު ބުންޏެއެވެ.

ފައްޔާޒްގެ މަސައްކަތްތައް ގިނަ މުވައްޒަފުން ބަލައިގެންފައިވާއިރު، ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަންގަވަން އުޅޭކަމުގެ ވާހަކަތަކާއި އެކު، ބައެއް މުވައްޒަފުން މާޔޫސްވެ އެފަދަ ކަމެއް ކުރައްވަނީ ކީއްވެތޯ ބުނެ ސުވާލު އުފައްދާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
25%
67%
0%
0%
8%
0%
ކޮމެންޓް
13 އޯގަސްޓް 2020 | ބުރާސްފަތި 02:47
އަހުމަދު
ކޮންމަސައްތްކަތެއްތޯ
12 އޯގަސްޓް 2020 | ބުދަ 21:07
މޫސަ
ބަލަ ބިދޭސީންގެ މައްސަލަ ހައްލުކުރާތީއޭ ބޭރު ކުރަން އެއުޅެނީ. ޥިސްނަބަލަ ބޭފުޅުންނޭ.