ކ. މާލެ
|
12 އޯގަސްޓް 2020 | ބުދަ 19:09
ބަޔާންގެ މިޑްފިލްޑަރު ހަވީ މާޓިނޭޒް: އޭނާ ބަޔާނާ ގުޅުނީ 2012 ވަނަ އަހަރު
ބަޔާންގެ މިޑްފިލްޑަރު ހަވީ މާޓިނޭޒް: އޭނާ ބަޔާނާ ގުޅުނީ 2012 ވަނަ އަހަރު
ގެޓީ އިމޭޖަސް
ބަޔާނުން މާޓިނޭޒް ދޫކޮށްލުން
ސީޒަން ނިމުމުން ބަޔާނުން މާޓިނޭޒް ދޫކޮށްލަނީ
 
މާޓިނޭޒްއަށް ރަނގަޅު އޮފާއެއް ލިބިއްޖެނަމަ، ސީޒަން ނިމުމުން ދޫކޮށްލާނެ
 
މާޓިނޭޒް ބަޔާނާއެކު ހަދާފާއިވާ އެއްބަސްވުމުގައި ބާކީ އޮތީ އެއް އަހަރު

މި ސީޒަން ނިމުމުން ބަޔާން މިއުނިކަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރު ހަވީ މާޓިނޭޒް އެ ކުލަބު ދޫކޮށްލަން ބޭނުންވާ ކަމަށް ބަޔާންގެ ޗެއާމަން ކާލް-ހެއިންޒް ރުމެނިގާ ވިދާޅުވެއްޖެއެވެ.

އެތުލެޓިކް ބިލްބާއޯ ދޫކޮށް 2012 ވަނަ އަހަރު ބަޔާނާ ގުޅުނު މިޑްފީލްޑަރު އެޓީމާއެކު ހަދާފާއިވާ އެއްބަސްވުމުގައި ބާކީ އޮތީ އެއް އަހަރެވެ.

ރުމެނިގާ ވިދާޅުވީ ކުލަބު ދޫކޮށްލަން މާޓިނޭޒް ބޭނުންވާ ކަމަށާއި، އޭނާއަށް ރަނގަޅު އޮފާއެއް ލިބިއްޖެނަމަ، މި ސީޒަން ނިމުމުން އޭނާ އެހެން ކުލަބަކަށް ބަދަލުވާނެ ކަމަށެވެ. އަދި އެކަމަށް ބަޔާނުން ދެކޮޅު ނަހަދާނެ ކަމަށްވެސް ރުމެނިގާ ވިދާޅުވިއެވެ.

ބަޔާން ދޫކޮށްލަން މާޓިނޭޒް ބޭނުންވާ ކަމަށް ރުމެނިގާ ވިދާޅުވި ނަމަވެސް، މިއަހަރު ޖޫން މަހު މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި މާޓިނޭޒް ވަނީ އޭނާ ބަޔާން ދޫކޮށްލަން އަދި ނުވިސްނާ ކަމަށް ބުނެފައެވެ. އެކަމަކު ކުރިއަށް އޮތްތާގައި އޭނާގެ ކުރީގެ ކުލަބު އެތުލެޓިކް ބިލްބާއޯއަށް ކުޅެން ބޭނުންވާ ކަމަށްވެސް މާޓިނޭޒް ބުންޏެވެ.

މާޓިނޭޒް އިތުރަށް ބުނީ އޭނާ ކޮންމެ ކުލަބަކަށް ދިޔަޔަސް އޭނާގެ އެންމެ މޮޅު ކުޅުން ދެއްކޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، އެގޮތުން އެމެރިކާ ކުލަބަކަށް ވިޔަސް، އޮސްޓްރޭލިއާ ކުލަބެއް ނުވަތަ ސްޕެއިންގެ ކުލަބަކުންވެސް މުސްތަގުބަލުގައި ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް މާޓިނޭޒް ބުންޏެވެ.

2006 ވަނަ އަހަރު އެތުލެޓިކް ބިލްބާއޯއިން ކެރިއަރު ފެށި މާޓިނޭޒް ވަނީ އެ ކްލަބަށް ކުޅެދިން 201 މެޗުން 22 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އެތުލެޓިކް ބިލްބާއޯ ދޫކޮށް 2012 ވަނަ އަހަރު ބަޔާނަށް ބަދަލުވި މާޓިނޭޒް ވަނީ އެކްލަބާއެކު ހޭދަކުރި 8 އަހަރުގެ ތެރޭގައި 146 މެޗު ކުޅެދީ ނުވަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި ވަނީ އެކްލަބާއެކު ޖުމްލަ 19 ތަށި ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް