ކ. މާލެ
|
12 އޯގަސްޓް 2020 | ބުދަ 20:00
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
ސޭފް ޓްރެވަލް ލިސްޓް
ސޭފް ޓްރެވަލް ލިސްޓުގައި ރާއްޖެ ނެތުމުގެ ކަންބޮޑުވުން ރައީސް ނަޝީދު ފާޅުކުރައްވައިފި
 
މިއަހަރު ނިންމެންވާއިރަށް 8 ލައްކަ ފަތުރުވެރިން ރާއްޖެ ގެނައުމަކީ ސަރުކާރުގެ އަމާޒެއް
 
ރާއްޖެ އަދިވެސް ޔޫރަޕްގެ އެތައް ގައުމެއްގެ ސޭފް ޓެރެވަލް ލިސްޓުގައި ނުހިމެނޭ

ރާއްޖޭގެ ބޯޑަރުތައް ހުޅުވާލިނަމަވެސް، ޓޫރިސްޓުންނަށް ކޮވިޑް-19 އިން ރައްކާތެރިތަނެއްގެ ގޮތުގައި ޔޫރަޕްގެ ގައުމުތަކުން ރާއްޖެ ހިމަނާފައި ނުވާތީ އެކަމާމެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ޖަލްސާގައި ވަޒީރުންނާއި ސުވާލުކުރުމުގެ ދަށުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އާ ވަނީ މެމްބަރުން ސުވާލުކުރައްވާފަ އެވެ. ސުވާލުތައް ނިމުމުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެންމެންގެވެސް ބޭނުމަކީ ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދިޔުން ކަމަށެވެ. އާންމު ސިއްހަތު ސަލާމަތްވެ ތިބެ އާންމު ދިރިއުޅުން ދިރިއުޅެވޭނެ ގޮތެއްވުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާވެގެން ހިނގަމުންދާ ގައުމަކަށްވާއިރު ރާއްޖެ އަދިވެސް ޔޫރަޕްގެ އެތައް ގައުމެއްގެ ސޭފް ޓެރެވަލް ލިސްޓުގައި ނުހިމެނޭކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އަޅުގަނޑު ހިތުގައި އުފެދޭ ސުވާލެއް އެއީ ކޮންކަމެއް ކޮން ގޮތަކަށް ގޯސްކޮށް މިސާލަކަށް ހިމެނިފައި ހުރި އެހެންގައުމެއް ބަލާފައި ރާއްޖެ ނުހިމެނި މިއޮތޯ ކީއްވެތޯ؟ ހައިރާންވޭ މިމައްސަލަޔާ ގުޅިގެން އިނގިރޭސިވިލާތަށް ނުވަތަ ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރާ ކިތަންމެ ގައުމަކުން ދަތުރުކުރާ މީހުން އެގައުމުގައި ކަރަންޓީނުވާން ނުޖެހޭ. އެހެންނަމަވެސް ރާއްޖެއަށް އައިސް އަލުން އަނބުރާ ޔޫރަޕަށް ދިޔައީމާ ކަރަންޓީނުވާން އެބަޖެހޭ. އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި މިއީ ކަންބޮޑުވުމެއް.
ރައްޔިތުންގެ މަޖިލީހުގެ ރައީސް/ ރައީސް މުހައްމަދު ނަޝީދު

މިނިސްޓަރ މިކަމާމެދު ވިސްނަވާ މަސައްކަތް ކުރައްވާނެ ކަމާމެދު ޝައްކެތް ނުއުފެދޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ބޯޑަރުތައް ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލިނަމަވެސް ކުރިން ޓޫރިޒަމް މިނިސްޓްރީން އަންދާޒާކުރި ވަރަށް ޓޫރިސްޓުން ރާއްޖެއަށް އަންނަމުންނެއް ނުދެއެވެ.

އިމިގްރޭޝަނުން ޖުލައި 15ން ޖުލައި 31 ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސް ހިސާބު އެންމެ ފަހުން ހާމަކޮށްފައިވާއިރު އެމުއްދަތުގައި ރާއްޖެ އައިސްފައިވަނީ 1769 ފަތުރުވެރިންނެވެ.

މިއަހަރު ނިންމެންވާއިރަށް 8 ލައްކަ ފަތުރުވެރިން ރާއްޖެ ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
33%
33%
0%
33%
ކޮމެންޓް
ގުޅުންހުރި
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި