ކ. މާލެ
|
12 އޯގަސްޓް 2020 | ބުދަ 13:46
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ރާއްޖެއެމްވީ
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް
ބަޖެޓަށް ބޭނުންވާ މައުލޫމާތުތައް ފޮނުވަން އަންގައިފި
 
މިމައުލޫމާތުތައް ފޮނުވަންޖެހޭނީ 31 އޮގަސްޓްގެ ކުރިން
 
ނިއު ޕޮލިސީ އިނިޝިއޭޓިވްސް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ޕޯޓަލް މެދުވެރިކޮށް

ދައުލަތުގެ ބަޖެޓުގައި އޮފީސްތަކުން ހިމަނަން ބޭނުންވާ ކަންތައް ހުށަހަޅަން ޖެހޭނީ އައިލްސް ޕޯޓަލް މެދުވެރިކޮށް ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން މިކަމާއި ގުޅިގެން ނެރެފައިވާ ސަރކިއުލަރ ގައި ބުނެފައިވަނީ 2021 ވަނަ އަހަރުން 2023 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓް ނިއު ޕޮލިސީ އިނިޝިއޭޓިވްސް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

އަދި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ މައުލޫމާތުތަކަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ހިމެނޭ ކަންތައްތައް ހާސިލުވާނެހެން އެކުލަވާލާ ކަންތައް ކަމުގައި ވަންވާނެ ކަމަށް ވެސް އެ ސަރކިއުލަރ ވެއެވެ.

މި މައުލޫމާތުތައް ފޮނުވަންޖެހޭނީ 31 އޮގަސްޓްގެ ކުރިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް