ކ. މާލެ
|
12 އޯގަސްޓް 2020 | ބުދަ 12:16
ވުލްވްސް އާއި ސެވިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސެވިއްޔާ މޮޅުވީ 1-0 ން
ވުލްވްސް އާއި ސެވިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސެވިއްޔާ މޮޅުވީ 1-0 ން
ގެޓީ އިމޭޖަސް
ޔުއެފާ ޔޫރޮޕާ ލީގު
ސެމީގެ ފަހު ދެ ޖާގަ ސެވިއްޔާ އާއި ޝަޚްތަރަށް
 
ބަސެލް އަތުން ޝަޚްތަރު މޮޅުވީ 4-1 ން
 
ވުލްވްސް އަތުން ސެވިއްޔާ މޮޅުވީ 1-0 ން

ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީފައިނަލް ފަހު ދެ ޖާގަ ސެވިއްޔާ އާއި ޝަޚްތަރު ޑޮނެސްކުން ހޯދައިފިއެވެ.

ކުއާޓާއިން ފެށިގެން ޖަރުމަންގައި ޔުރޮޕާ ލީގުގެ މެޗުތައް ކުރިއަށްދާއިރު، ސެވިއްޔާ ފައިނަލަށް ދަތުރުކުރީ ކުއާޓާގައި އަންގާރަ ދުވަހުގެރޭ ވުލްވްސް އަތުން 1-0 ން މޮޅުވެގެންނެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގެ ކުރީކޮޅު ވުލްވްސްއަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިއާ ތެރެއިން ވުލްވްސްގެ އެޑަމާ ޓްރައޯރޭއަށް ސެވިއްޔާގެ ޑިއޭގޯ ކާލޯސް ކުރި ފައުލަކަށް ރެފުރީ ޕެނަލްޓީއެއް ދިން ނަމަވެސް، ރައުލް ހިމެނޭޒް ފޮނުވާލި ޕެނަލްޓީ ސެވިއްޔާ ގޯލްކީޕަރު ބޯނޯ ވަނީ މަތަކޮށްފައެވެ.

މި މެޗުގައި ސެވިއްޔާއިން ލީޑު ނަގާފައިވަނީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. އެވާ ބަނޭގާ ނަގައިދިން ހުރަހަކުން މި ލަނޑު ސެވިއްޔާއަށް ކާމިޔާބުކޮށްދިނީ ލޫކަސް އޮކަމްޕޯސްއެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 17 ވަނަ ލަނޑެވެ.

ޝަޚްތަރާއި ބަސެލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޝަޚްތަރު މޮޅުވީ 4-1 ން

މީގެ އިތުރުން މި މުބާރާތުގެ ސެމީއަށް ޝަޚްތަރު ދަތުރުކުރީ އަންގާރަ ދުވަހުގެރޭ ކުޅުނު ކުއާޓާގެ މެޗުގައި ބަސެލް އަތުން 4-1 ން މޮޅުވެގެންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ޝަޚްތަރުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ދެވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ޖޫނިއާ މޮރާއެސްއެވެ. އަދި މެޗުގެ 22 ވަނަ މިނެޓުގައި ޓައިސަން ވަނީ ޝަޚްތަރަށް ލީޑު ފުޅާކޮށްދީފައެވެ.

ދެވަނަ ހާފުގައި ވެސް ޝަޚްތަރުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 75 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެލާން ޕެޓްރިކް ވަނީ އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ޝަޚްތަރުގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ޑޯޑޯއެވެ. މި މެޗުގައި ބަސެލްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ރިކީ ވޯލްފްސްވިންކަލްއެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ ސެވިއްޔާ އާއި ޝަޚްތަރު ސެމީއަށް ދަތުރުކުރިއިރު، ސެމީގައި ސެވިއްޔާ ބައްދަލުކުރާނީ މެންޗެސްޓާ ޔުނައިޓެޑާއެވެ. އަދި ސެމީގައި ޝަޚްތަރު ނުކުންނާނީ އިންޓަ މިލާނާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި