ކ. މާލެ
|
12 އޯގަސްޓް 2020 | ބުދަ 14:59
މާރުކޭޓް
މާރުކޭޓް
މާލެ ސިޓީ ކައުންސިލް
ވިޔަފާރިތަކަށް ލޯނު ދޫކުރުން
ބޮޑެތި ވިޔަފާރިތަކަށް 486 މިލިއަން ރުފިޔާ ދޫކޮށްފި
 
ބީއެމްއެލް މެދުވެރިކޮށް ދޫކުރާ ލޯނަށް އެދި 552 ވިޔަފާރިއަކުން ވަނީ ހުށަހަޅައިފައި
 
ވިޔަފާރިތަކަށް 6.5 މިލިއަން ޑޮލަރު ވެސް ލޯނުގެ ގޮތުގައި ވަނީ ދޫކޮށްފައި
 
މިހާތަނަށް އައިއިރު 335 ވިޔަފާރިއަކަށް 486 މިލިއަން ރުފިޔާ ދޫކޮށްފައިވޭ

ކޮވިޑް-19 އާ ގުޅިގެން ބީއެމްއެލް މެދުވެރިކޮށް މިހާތަނަށް އައިއިރު 335 ވިޔަފާރިއަކަށް 486 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކަށް 6.5 މިލިއަން ޑޮލަރު ވެސް ލޯނުގެ ގޮތުގައި ވަނީ ދޫކޮށްފައެވެ. ބީއެމްއެލް މެދުވެރިކޮށް ދޫކުރާ ލޯނަށް އެދި 552 ވިޔަފާރިއަކުން ވަނީ ހުށަހަޅައިފައެވެ. މިހާތަނަށް 368 ވިޔަފާރިއަކަށް ލޯނު ދޫކުރަން އެޕްރޫވް ކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކަ އެވެ.

މީގެ އިތުރުން 15 އެޕްލިކޭޝަނެއް ރިޖެކްޓް ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑް19 ރިކަވަރީ ލޯން ސްކީމްގެ ދަށުން ބޮޑެތި ވިޔަފާރިތަކުގެ ތެރެއިން ރިސޯޓް ވިޔަފާރިތަކަށް 7.7 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ. އަދި ރިސޯޓް ނޫން ވިޔަފާރިތަކަށް 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް