ކ. މާލެ
|
12 އޯގަސްޓް 2020 | ބުދަ 12:48
މިއީ މި ހަފްތާގައި ގަލޮޅު ދަނޑު ސަރަހައްދަށް އެއްވި ބިދޭސީންތަކެއް: ދެ ލައްކައަށްވުރެ ގިނަ ބިދޭސީން ރާއްޖޭގައި އުޅޭ
މިއީ މި ހަފްތާގައި ގަލޮޅު ދަނޑު ސަރަހައްދަށް އެއްވި ބިދޭސީންތަކެއް: ދެ ލައްކައަށްވުރެ ގިނަ ބިދޭސީން ރާއްޖޭގައި އުޅޭ
ޓްވިޓަރ
ބިދޭސީންގެ މައްސަލަ
ބިދޭސީންގެ މައްސަލާގައި ބޭއްވި ކޮމެޓީ ބައްދަލުވުން ސިއްރުކޮށްފި
 
ރާއްޖޭގައި އިއްތިހާއަށް ބިދޭސީން އުޅޭއިރު، އުޅޭ ބިދޭސީންގެ ސީދާ އަދަދު ދައުލަތުގެ އެއްވެސް އިދާރާއަކަށް ނޭނގޭ

ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީން ބުދަ ދުވަހު ހެނދުނު ބޭއްވި ބައްދަލުވުން ސިއްރު ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި އެޖެންޑާ ކޮށްފައިވަނީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ފަރާތުން ހިންގަމުންދާ ތަފާތު ހަމަނުޖެހުންތަކާއި ގުޅޭ މައްސަލައާ ގުޅޭގުތުން ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކާއި ބައްދަލު ކުރުމެވެ.

ކޮމެޓީއަށް ވަޑައިގެންނެވި، އެމްއެންޑީއެފްގެ ވެރިންގެ އެދިވަޑައިގެންނެވުމުގެ މަތިން ކޮމެޓީގެ ބައްދަލުވުން ވަނީ ސިއްރުކޮށްފައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރާއްޖެއިން ފޮނުވާލުމާއި މީހުން ޓްރެފިކް ކުރުމުގެ މައްސަލަތަކުގައި ކޯޓުގައި އެ މައްސަލަތައް ސާބިތު ކުރުމުގައި ގާނޫނީ ގޮތުން ދިމާވާ ދަތިތަކެއް ހުރި ކަމަށް ކަމާގުޅޭ ބައެއް މުއައްސަސާތަކުން ވަނީ މީގެކުރިން ކޮމެޓީގައި ފާހަގަ ކުރައްވާފައެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ ސީދާ އަދަދު ދައުލަތުގެ އެއްވެސް އިދާރާއަކަށް ނޭނގޭއިރު، ދެ ލައްކައަށްވުރެ ގިނަ ބިދޭސީން ރާއްޖޭގައި އުޅޭކަމަށް ވެއެވެ. އަދި އޭގެތެރެއިން ގަވާއިދާ ހިލާފަށް ލައްކައެއްހާ ބިދޭސީން ރާއްޖޭގައި އުޅޭ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދެއެވެ.

ބިދޭސީން ރާއްޖޭގައި ގަވާއިދާ ހިފާލަށް އުޅެ، ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ޖިނާއީ ބޮޑެތި ކުށްތަކުގައި ވެސް ޝާމިލުވާއިރު، ބިދޭސީންގެ މައްސައަކީ ގައުމީ ބޮޑު މައްސަލައަކަށް މިވަނީ ވެފައެވެ.

އަދި މިހާރަކަށް އައިސް ބިދޭސީ މަސައްކަތްތެރިން މުޒާހަރާކޮށް، ހަމަނުޖެހުންތައް ހިންގަމުންދާއިރު، ގައުމީ ސަލާމަތީ ހިދްމަތްތުގެ އޮފިސަރުންނާ ކުރިމަތިލުންތައް ހިންގާފައިވެއެވެ. އަދި ހަދަމުން ދިޔަ ރިސޯޓެއްގައި ތިބި ދިވެހިންތަކެއް ރަހީނު ކުރި މައްސަލައެއް ފެންމަތިވެފައިވާއިރު، ބިދޭސީންގެ ހައްގުތަކަށް ވެސް އެމީހުންނާ ހަވާލުވެ ހުންނަ ދިވެހިި ކުންފުނިތަކުން އިހުމާލުވަމުންދާކަން ވެސް ފާހަގަކުރެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
100%
0%
ކޮމެންޓް